ޕީޖީ އައްބާސް
ހަބަރު
03 Aug 2026 | 12:22
އަންހެނެއްގެ ޖަންގިޔަލު ތެރެއިން ޑްރަގް ފެނުނު މައްސަލަ: އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު ސާފުކޮށްދީފި

އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.

މި ހާދިސާއަކީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ލ. އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހިނގި ކަމެކެވެ. އެ އޮޕަރޭޝަނުގައި ހައްޔަރުކުރި ހއ. ހޯރަފުށްޓަށް ނިސްބަތްވާ އަންހެންމީހާ ބަލައި ފާސްކުރިއިރު، އޭނާ ލައިގެން ހުރި ޖަންގިޔަލުގައި ހަރުކޮށްފައި އޮތް ޕެޑެއްގެ މަތީގައި ޓޭޕް އަޅައި ފޮރުވާފައި ހުރި 9.2 ގްރާމްގެ ޑައިމޯފިން ފެނިފައިވެއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ އުފުލީ އެ އަންހެންމީހާއާއި އޭނާގެ ފިރިމީހާ (ލ. މާވަށު މީހެއް) ގެ މައްޗަށެވެ. ދެމީހުންގެ މައްޗަށްވެސް އުފުލީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. މީގެ އިތުރުން ފިރިހެންމީހާގެ މައްޗަށް ކެނެބިސް ބޭނުންކުރުމުގެ ދައުވާވެސް އުފުލިއެވެ.

މި މައްސަލައިގެ ޝަރީއަތް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދިޔައިރު، ފިރިމީހާ ވަނީ އެ ތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް އިއުތިރާފުވެފައެވެ. އޭނާ ބުނި ގޮތުގައި ފުލުހުން އެމީހުން ހުއްޓުވި ވަގުތު ކުއްލިއަކަށް އޭނާ އެ ތަކެތި އަނބިމީހާ އަތަށް ދިނީ ފޮރުވުމަށެވެ. އަދި އެއީ މަސްތުވާތަކެތިކަން އަނބިމީހާއަށް ނޭނގޭނެ ކަމަށްވެސް އޭނާ ބުންޏެވެ. އަނބިމީހާވެސް ބުނެފައިވަނީ ފިރިމީހާ ކުއްލިއަކަށް ދިން އެތި ފޮރުވައިދިނީ ކަމަށާއި، އޭގައި ހުރީ ކޯއްޗެއްކަން އޭނާއަށް ނޭނގޭ ކަމަށެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، އަނބިމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ނިންމީ ފިރިމީހާ ޝަރީއަތުގައި ކުށަށް އިއުތިރާފުވެ، އޭނާގެ މައްޗަށް ހުކުމްކޮށް ނިމުމުންނެވެ. ފިރިހެންމީހާއަކީ ކުށުގެ ދިގު ރެކޯޑެއް އޮތް މީހެއް ނަމަވެސް، އަންހެންމީހާގެ އެފަދަ ރެކޯޑެއް ނެތެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ، އާންމު އުސޫލެއްގެ ގޮތުން އެހެން މީހަކު ކުށުގެ ޒިންމާ ނެގުމަކީ އަނެކާ ކުށުން ބަރީޢަވާނެ ކަމެއް ނޫން ނަމަވެސް، ހާދިސާ ހިނގާފައިވާ ގޮތަށް ބަލާއިރު މި މައްސަލައިގައި ހާލަތު ތަފާތު ކަމަށެވެ. ދައުލަތުން އެދުމުން ކޯޓުން މިހާރު ވަނީ އަންހެންމީހާގެ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.