މިދިޔަ އަހަރު ބޭއްވި އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން.. ފޮޓޯ: ވޮއިސް
ހަބަރު
03 Aug 2026 | 15:12
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އުފެއްދުންތެރިކަމުގެ މައުރަޒުގައި އިންސާފުކޮށްދޭނޭ ފަނޑިޔާރުން ހޯދުމަށް އިއުލާނުކޮށްފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މައުރަޒުގައި ބައިވެރިކުރާ އުފެއްދުންތަކަށް އިންސާފުކޮށް ފަނޑިޔާރުކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާކަމަށެވެ. ބީސީސީން ވަނީ މިކަމަށް އެދި ހުށަހަޅާ މީހުްނގެ ކިބާގައި ހުންނަން ޖެހޭ ޝަރުތުތައްވެސް ބަޔާންކޮށްފައެވެ. 

ފުރަތަމަ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދިވެހި ރައްޔިތަކަށް ވުމާއި، އުމުރުން 21 އަހަރު ވުމެވެ. ފާހަގަކޮށްލެވޭ އިތުރު ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނެއެވެ.

މައުރަޒުގައި ބައިވެރިކުރާ ތަކެއްޗަށް އިންސާފްކުރުމަށް ފަނޑިޔާރުން ހޯދުމުގެ މަސައްކަތް ބީސީސީން ފަށާފައިވާއިރު، މިދިޔަ އަހަރު ބޭއްވި މައުރަޒުގައި ބައެއް ތަކެތިން ވަނަތައް ދިންގޮތުން ބައެއް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. މިގޮތުން އެންމެ ހޫނުވެގެން ދިޔައީ ލިޔެލާޖެހުމަށް އެންމެ ފާހަގަކޮށްލެވޭ ތުޅާދޫއިން ބައިވެރިކުރި އެއްޗަކަށް ވަނަ ދިންގޮތުން އުފެދިގެންދިޔަ ހިޔާލް ތަފާތުވުމެވެ. 

އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ބައިެވރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިފަހަރު ވަނީ ޤައުމީ މައުރަޒުގައި ފުރަތަމަ ފަހަރަށް ދީނީ ކޮންޓެންޓް އުފެއްދުމުގެ ފުރުސަތު ދީފައެވެ. ދީނީ ކޮންޓެންޓް، އޯޑިއޯ އަދި ވީޑިއޯ ފޯމެޓުގައި ހުށަހެޅުމުގެ ފުރުޞަތު މިފަހަރު ބާއްވާ މައުރަޒުގައި ހުޅުވާލާފައިވާއިރު، މީގެ ތެރޭގައި އިސްލާމީ ތީމްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީތަކާއި، ރިޕޯޓްތަކާއި، އަދި ދީނީ ރޫޙު އާލާކުރުމަށް ތައްޔާރުކޮށްފައިވާ މަލްޓިމީޑިއާ އުފެއްދުންތައް ހިމެނެއެވެ. މިފަދަ އުފެއްދުންތައް ހުންނަންވާނީ ކަނޑައެޅިފައިވާ ދީނީ އުޞޫލުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ