ބްރޫނޯ ގިމަރޭސް.. ފޮޓޯ: ގެޓީ
ކުޅިވަރު
04 Aug 2026 | 08:51
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި

ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލްއިން ހުށަހެޅި ފުރަތަމަ ބިޑް ނިއުކާސަލުން ބޭރުކޮށްލައިފިއެވެ.

ޕްރިމިއާ ލީގުގެ ޗެމްޕިއަން އާސެނަލުން ދަނީ ނިއުކާސަލްގެ ކެޕްޓަން ގިމަރޭސް ހޯދުމާ ގުޅޭގޮތުން އެ ކްލަބާއެކު ސީދާ މަޝްވަރާތައް ކުރަމުންނެވެ. ގިމަރޭސް މިވަގުތު ހުރީ ޕްރީ-ސީޒަން ތަމްރީނުތަކަށް ސްޕެއިންގެ ލަމަންގާގައި ހުރިއިރު، އޭނާ ވަނީ ނިއުކާސަލް އާއެކު ހުރިކަން ހާމަކޮށް އިންސްޓަގްރާމްގައި ފޮޓޯއެއް ހިއްސާކޮށްފައެވެ. އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.

ގިމަރޭސް އާސެނަލަށް ދާން ބޭނުންނަމަވެސް ނިއުކާސަލް އިން ވަނީ ޓީމްގެ ކެޕްޓަނެއްގެ ގޮތުގައި އޭނާ ބަހައްޓާށެވެ. ގިމަރޭސް އާ ނިއުކާސަލްގެ އެއްބަސްވުމުގެ އެގްރީމެންޓް ބުނާގޮތުން އަދި ދެ އަހަރު އެބައޮތެވެ. އަދި ނިއުކާސަލް އިން ބޭނުންނަމަ، އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާކުރުމުގެ އިޚުތިޔާރު ކްލަބަށް ލިބިގެންވެއެވެ.

އާސެނަލްއިން ހުށަހެޅި ބިޑް ނިއުކާސަލުން ބޭރުކޮށްލުމާ ގުޅިގެން އެ ކްލަބުން އަންނަނީ، އެއަށްވުރެ ރަނަގޅު ހުށަހެޅުމެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. 

ގިމަރޭސް އެންމެ ބޮޑަށް ފާހަގަކީ ފްރާންސްގެ ލިޔޯނުންނެވެ. އޭނާ ލިޔޯނުން ނިއުކާސަލަށް ބަދަލުވީ، 40 މިލިއަން ފައުންޑްގެ އަގަކަށެވެ. މިހާތަނަށް ނިއުކާސަލްއާ ކުޅެދިން 195 މެޗުގައި އޭނާ ވަނީ 31 ލަނޑު ޖަހާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.