ވޭތުވެދިޔަ ހަފުތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށާއި މިއަހަރު މިހާތަނަށް ހިމަބިހީގެ 199 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހާމަކޮށްފި އެވެ.
އެޗްޕީއޭއިން މިއަދު ހާމަކުރި ހިމަބިހީގެ ކޭސްތަކުގެ އަދާހަމައިގައިވާ ގޮތުން މިހާތަނަށް 12,971 ފަރާތަކަށް ވަނީ ވެކްސިން ދެވިފައެވެ.
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
ހިމަބިހި (މީސްލްސް) އިން ރައްކާތެރިވުމަށް ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމަށާއި އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
އަދި ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށްވެސް އެޗްޕީއޭއިން އެދިފައިވެއެވެ.
ބަލިތަކާ ގުޅޭ މައުލޫމާތު ހޯދުމުގައި ރަސްމީ ވަސީލަތްތަކުން ފޯރުކޮށްދޭ މައުލޫމާތަށް ބަރޯސާވުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists