މެސީ މީގެ ކުރިން ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗެއްގައި ޕީކޭ އާއެކު.. ފޮޓޯ: ގެޓީ
ކުޅިވަރު
05 Aug 2026 | 08:33
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް

ސްޕެއިނުގެ ވެރިރަށް މެޑްރިޑު ކައިރީ އޮންނަ ޖަންގަލީގައި ރޯވެ ފެތުރުނު އަލިފާންގަނޑުގެ ސަބަބުން ގެއްލުން ލިބުނު ސަރަހައްދު އަލުން ބިނާކުރުމަށް ލިއޮނެލް މެސީގެ ފަރާތުން މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މެޑްރިޑްގެ ކޮމިޔުނިޓީގެ ރައީސާ އިޒަބެލް ޑިއާޒް އަޔޫސޯ ވަނީ މެސީގެ ފަރާތުން މާލީ އެހީ ލިބުނުކަން ކަށަވަރުކޮށްދީފައެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ މެސީގެ ފަރާތުން 80،000 ޔޫރޯ ހަދިޔާކޮށްފައިވާކަމަށާއި އެކަން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ. 

މެސީ އަކީ އިޖުތިމާޢީ ޚިދުމަތުގައި ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެކެވެ. ޞިއްޙީ ތަޢުލީމީ އަދި ކުޅިވަރުގެ ދާއިރާއިން ކުޑަކުދިންނާއި ޒުވާނުންނަށް އެހީތެރިވުމުގެ ބޭނުމުގައި 2007 ވަނަ އަހަރު އޭނާ ވަނީ ލިއޯ މެސީ ފައުންޑޭޝަން އުފައްދައިފައެވެ. މީގެ އިތުރުން މެސީއަކީ ޔުނިސެފްގެ އެމްބެސެޑަރެކެވެ.

ފުޓްބޯޅައިގައި މެސީ އާއި ސްޕެއިންގެ ވާދަވެރިކަން އޮތްނަމަވެސް މެސީއަކީ ސްޕެއިނާ ވަރަށް ގާތް ގުޅުމެއް އޮންނަ އެތްލީޓެކެވެ. މެސީގެ ހަޔާތުގެ ބޮޑުބައެއް އަދި އެންމެ މުހިންމު ދުވަސްތައް ހޭދަކޮށްފައިވަނީ ސްޕެއިންގައެވެ. މެސީ 20 އަހަރު ސްޕެއިންގައި ހޭދަކުރިއިރު، އޭނާގެ އަތުގައި ސްޕެއިންގެ ރައްޔިތުކަންވެސް އޮވެއެވެ.

މެޑްރިޑް އަލިފާނުގެ ހާދިސާގައި އަޅިއަށްވި އަވަށެއް.. ފޮޓޯ: އޭއެފްޕީ

މެޑްރިޑުގެ ހުޅަނގުގައި އޮންނަ ސިއެރާ އޮއެސްޓޭ ސަރަޙައްދުގައި ރޯވި އަލިފާނުގެ ސަބަބުން ބިންތަކާއި މުދަލަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބި އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ތަންތަނަށް ބަދަލުކުރަން ޖެހުނެވެ.

މެޑްރިޑްގެ ހުޅަނގުން އެތައް ހާސް ހެކްޓަރެއްގެ ބިމަށް ފެތުރިގެންދިޔަ އަލިފާނުގެ ހާދިސާތައް މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އޮފިޝަލުން ބުނާގޮތުގައި މިދިޔަ ޖުލައިމަހުގެ ފަހުކޮޅު ތިން ސަރަހައްދެއްގައި ރޯވި ބޮޑު އަލިފާންގަނޑު އެކުވެގެން އުފެދުނު މި އަލިފާންގަނޑަކީ މެޑްރިޑްގެ ތާރީޚުގައި ކުރިމަތިވި އެންމެ ނުރައްކާތެރި އަލިފާނުގެ ކާރިސާ އެވެ. މިކަމާ ގުޅިގެން ސްޕެއިންގެ ސަރުކާރުން ވަނީ ގައުމީ ފެންވަރުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެ ސަރަހައްދަކީ ކާރިސާގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.