ބެޓިސް އާ އާސެނަލް ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ ސްކައި
ކުޅިވަރު
06 Aug 2026 | 08:23
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ

ކުރިއަށްއޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިންގްލޭންޑްގެ އާސެނަލް އާއި ސްޕެއިންގެ ރެއާލް ބެޓިސް ބައްދަލުކުރިމެޗް ބެޓިސް ކާމިޔާބުކޮށްފިއެވެ.

ޑަބްލިންގައި ކުޅުނު މިމެޗް އާސެނަލްގެ މައްޗަށް ބެޓިސް ކުރި ހޯދީ 3-1 ގެ ނަތީޖާއިންނެވެ. މިމެޗްގައި އާސެނަލްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެންގޮސްފައެއް ނުވެއެވެ.  މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީވެސް ބެޓިސްގެ ކުޅުންްތެރިންނެވެ. 

މި މެޗުގައި ބެޓިސްއިން ލީޑް ނަގާފައިވަނީ އާސެނަލްގެ ގޯލްކީޕަރު ކެޕާ އަރިޒަބަލަގާއަށް ކޯނަރެއް ދިފާޢުނުކުރެވި ހެދުނު ގޯހެއްގެ ފައިދާ ނަގައި، ރޮޑްރީގޯ ރިކުއެލްމޭ ކާމިޔާބުކުރި ގޯލުންނެވެ. ރޮޑްރީގޯ ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވެ، ބެޓިސްގެ ނެލްސަން ޑިއޯސާ ވަނީ ދުރުން ފޮނުވާލި ބާރު ހަމަލާއަކުން އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.

މެޗްގައި އަސެނަލަށް ސުންކަނޑުވާލަދިނީ މިފަހުން އެ ޓީމާ އަލަށް ގުޅުނު ކްރިސްޓޯސް ސޮލިސް ނަގައިދިން ކޯނަރަކުން ޕިއޭރޯ ހިންކަޕީ އެވެ. މެޗްގައި ބެޓިސް އިން ޖެހި ތިންވަނަ ލަނޑަކީ ކައި ހާވާޓްޒްއަށް ހެދުނު ގޯހަކުން ޕަބްލޯ ފޯނާލްސް ޖެހި ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފުގައި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަނީ ޓީމަށް ބަދަލުތަކެއް ގެނެސް، ބްރެޒިލްގެ ދެ ތަރިން ކަމަށްވާ ގަބްރިއެލް މަގަލަޔޭސް އާއި ގަބްރިއެލް މާޓިނެލީ ކުޅެން އެރުވިއެވެ. ނަމަވެސް މެޗްގެ ނިމުނީ ބެޓިސް މޮޅުވެގެންނެވެ. މެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.

ބެޓިސް އަތުން ބަލިވި މި މެޗަކީ މިފަހަރުގެ ޕްރީ-ސީޒަނުގައި އާސެނަލް  ބަލިވި ފުރަތަމަ މެޗެވެ. އާސެނަލުން ދަނީ ކުރިއަށްއޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމަށްޓަކައި ޓްރާންސްފާ މާކެޓުގައި އާ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.