ލުއިސް ފީގޯ އާއި އިންފަންޓީނޯ-
ކުޅިވަރު
06 Aug 2026 | 10:16
އިންފަންޓީނޯ އުޅެނީ އަމިއްލަ ޖީބު ބޮޑުކުރުމަށް؛ ވަގުތުން ވަގުތައް އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.

ފީގޯ ބުނި ގޮތުގައި އިންފަންޓީނޯ ވަނީ އޭނާ ހަވާލުވި މަތިވެރި މަގާމުގެ އަގު ވައްޓާލާފައެވެ. އަދި އަމިއްލަ މަންފާއަށްޓަކައި ދޮގުހަދައި، ފުޓުބޯޅައިގެ ކުރިއެރުމަށްވުރެ ބޮޑަށް އަމިއްލަ ޖީބު ބޮޑުކުރުމަށް އިންފަންޓީނޯ މަސައްކަތް ކޮށްފައިވާ ކަމަށް ފީގޯ ތުހުމަތު ކުރިއެވެ.

"އިންފަންޓީނޯ ވަނީ އޭނާގެ ސީނިއާ މުވައްޒަފުންނާއި، ގާތް މުޝީރުން އަދި ފުޓުބޯޅައަށްޓަކައި މުޅި އުމުރު ހޭދަކުރަމުންދާ ގިނަ ބައެއްގެ ތާއީދު ގެއްލުވާލާފައި. އޭނާގެ އަމިއްލަ ގަދަރު ސަލާމަތް ކުރަން މިހާރު މާ ލަސްވެއްޖެ. އެކަމަކު ފުޓުބޯޅަ ސަލާމަތް ކުރަން އަދި ވަގުތު އެބައޮތް. އޭނާ މިހާރުން މިހާރަށް އިސްތިއުފާ ދޭންޖެހޭ،" ފީގޯގެ ބަޔާނުގައިވެއެވެ.

ފީގޯ އިތުރަށް ފާހަގަކުރި ގޮތުގައި، ފާއިތުވި 10 ދުވަހުގެ ތެރޭގައި ފީފާގެ ތެރެއިން ފެނިގެންދިޔަ ކަންކަމަކީ އޭނާގެ 20 އަހަރުގެ ފުޓުބޯޅަ ކެރިއަރުގައިވެސް ދެކެފައިނުވާ ފަދަ ދަށު ދަރަޖައިގެ، މަކަރުވެރި އަމަލުތަކެކެވެ. ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށްޓަކައި ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތަކުގެ އޮނިގަނޑަށް ބަދަލު ގެންނަން އުޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން، އިންފަންޓީނޯ ގެންނަން އުޅޭ ބަދަލުތަކުގެ ސަބަބުން އަހަރަކު 30 މިލިއަން ޑޮލަރުގެ މުސާރައެއް އޭނާއަށް ލިބޭނެ މަގު ފަހިވާކަން ސިއްރުކޮށްފައިވާ ކަމަށާއި، މިކަމުގައި އެއްވެސް ދެފުށް ފެންނަ ސިޔާސަތެއް ނެތް ކަމަށް ފީގޯ ތުހުމަތު ކުރެއެވެ. އަދި އުރުދުންގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ ރައީސް ޕްރިންސް އަލީ ފާހަގަކުރެއްވި ފަދައިން، ފީފާގެ ތެރޭގައި "މޮބް" އެއްގެ އުސޫލުން ކަންކަން ހިންގަމުންދާ ކަމަށްވެސް ފީގޯ ބުންޏެވެ.

ފީގޯގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، ފުޓުބޯޅައިގެ ފައިސާ ހޭދަކުރަންޖެހެނީ އިންވެސްޓަރުންނަށް ނުވަތަ އިދާރީ މީހުންގެ ބޮޑު މުސާރައަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެ ފައިސާ ހޭދަކުރަންޖެހެނީ ދުނިޔޭގެ ކޮންމެ ކުއްޖަކަށްވެސް ފުޓުބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ދަނޑުތައް ބިނާކުރުމާއި ކޯޗުން ތަމްރީނު ކުރުމަށް ކަމަށް އޭނާ ބުންޏެވެ. ފީފާގެ ރިޒާވްގައި ހުރި 5 ބިލިއަން ޑޮލަރު މިކަންކަމަށް ބޭނުންކުރެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.