ވިޔަނަ ކޭމްޕްގެ ބައިވެރިން
ހަބަރު
09 Aug 2026 | 14:00
ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި

ޅ.ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ނ.މާފަރުގައި ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިފަހަރުގެ ވިޔަނަ ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ނ.މާފަރު ސޮސައިޓީ ފޯ މާފަރު ޑިވެލޮޕްމެންޓާ ގުޅިގެން މިމަހުގެ ހަވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށް މާފަރުގައެވެ. މި ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ 18 ބައިވެރިންނާއެކުގައެވެ. މީގެ އިތުރުން 8 ފެސިލިޓޭޓަރުންވެސް ކޭމްޕްގައި ބައިވެރިވިއެވެ.

ފަތިސް ޖަމިއްޔާއިން ބުނީ މި ކޭމްޕްގައި ބައިވެރިވި ފަރާތްތަކުގެ އިތުރުން މާފަރު ރައްޔިތުންނަށް އަމާޒުކޮށްގެންވެސް ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފައިވާކަމަށެވެ. މިކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ.

ވިޔަނަ ކޭމްޕްގެ ޕްރޮގްރާމަށްފަހު ބައިވެރިން ފުރުމުގެ ތެރެއިން..

ޕްރޮގްރާމުން ތަފާތު މިޒާޖުގެ ތަފާތު ވިސްނުމުގެ މީހުން ދެނެގަތުމާއި އެމީހުންނާ އެއް މުއާމަލާތް ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކުގެ އިތުރުން މުޖުތަމައު އިސްލާހު ކުރުމުގައި ފަރުދީ ޒިންމާ ފަދަ މުހިންމު ދާއިރާތަކުން ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދެވިފައިވާކަމަށް ފަތިސް ޖަމިއްޔާއިން ބުންޏެވެ. އެ ޖަމިއްޔާއިން ބުނީ ވިޔަނަ ކޭމްޕުގެ އަމާޒަކީ ދީނީ އިލްމުވެރިންނާއި ތަޖުރިބާކާރު ފެސިލިޓޭޓަރުންގެ އެހީތެރިކަމާއެކު މުޖުތަމައުއަށް ފައިދާހުރި ދީނީ އަދި ދުނިޔެވީ ލިޑަރޝިޕް ހުރި ޝަހުސިއްޔަތުތަކެއް އުފެއްދުންކަމަށެވެ.

ވިޔަނަ ކޭމްޕްގެ ޕްރޮގްރާމަށްފަހު ބައިވެރިން ފުރުމުގެ ތެރެއިން..

ވިޔަނަ ކޭމްޕް އެންމެ ފުރަތަމަ ބޭއްވިފައިވަނީ 2022 ވަނަ އަހަރު އުންމީދު ޖަމްޢިއްޔާއާއި ގުޅިގެން ރ. މީދޫގައެވެ. އަދި އޭގެފަހުން 2023 ވަނަ އަހަރު ލެންޓާން ޖަމްޢިއްޔާއާއި ގުޅިގެން ރ.ހުޅުދުއްފާރުގައި ކޭމްޕް ކުރިއަށް ގެންދެވިފައިވެއެވެ. 2024 ވަނަ އަހަރު އާރުލާ ސްޕޯޓްސް އެކަޑަމީއާއި ގުޅިގެން ށ.ފޯކައިދޫގައި މިކޭމްޕް ކުރިއަށް ގެންދެވުނުއިރު، 2025 ވަނަ އަހަރު މިކޭމްޕް ކުރިއަށް ގެންދިވިފައިވާނީ ސްމައިލް ޖަމްޢިއްޔާއާއި ގުޅިގެން ރ.ކިނޮޅޮހުގައެވެ. މިއީ މިޕްރޮގްރާމް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާތާ 5 ވަނަ އަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.