ކުރީގެ ރައީސް ޔާމީން-
ހަބަރު
10 Aug 2026 | 15:00
އެމްޑީޕީގެ މައްޗަށް އަދިވެސް އަޅުގަނޑު އިސްކުރާނީ ރައީސް މުޢިއްޒު: ރައީސް ޔާމީން

އިދިކޮޅު އެމްޑީޕީއާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ދެ ފަރާތުން ފަރާތެއް އިޚްތިޔާރު ކުރަން ޖެހިއްްޖެ ޙާލަތުގައި އަދިވެސް އިހުތިޔާރުކުރައްވީ ރައީސް މުޢިއްޒު ކަމަށް ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވަމުން ގެންދާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ރައީސް ޔާމީންގެ ގެކޮޅުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މިހާރުގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފައެވެ.

ނަމަވެސް، ކުރީގެ ރައީސް ޞާލިޙްގެ ވެރިކަމާ އެއް ތިލަފަތަކަށް ލައި ކިރާ ނަމަ، ކޮންމެ ހާލެއްގައި ވެސް ހޮއްވަވާނީ ރައީސް މުއިއްޒު ކަމަށް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑު މިދަންނަވަނީ އަނެއްކާވެސް އަޅާކިޔުން އިނގޭތޯ. ދެން ދާން އޮތީ އަނެއްކާވެސް އިބްރާހިމް މުހައްމަދު ސޯލިހަށޭ. އަދިވެސް އެނީ ޓައިމް އޮފް ދަ ޑޭ އެނީ ޓައިމް އޮފް ދަ އިޔާ އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު އިނގޭތޯ އެމްޑީޕީގެ މައްޗަށް އިނގޭތޯ. އެމްޑީޕީގެ މައްޗަށް އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު އިނގޭތޯ،" 

ރައީސް ޔަމީން

އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި އެމްޑީޕީއަކީ ޑިމޮކްރަސީގެ އެންމެހައި އަސާސްތަކަށް ފާޅުގައި އަރައިގަންނަމުންދާ ޕާޓީއެކެވެ.

ދާދި ފަހުން "ސަންގު" ޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވެސް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ރުޅިވެރިކަން އޮތީ ހަމައެކަނި ރައީސް ޞާލިޙާ މެދުގައި ކަމަށް ވިދާޅުވެފައެވެ. ސަބަބަކީ ރައީސް ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ދީ، ޖަލަށްލައި، ރިޔާސީ ރޭހުން ފުރުޞަތު ބަންދުކޮށްފައިވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒަކީ އެމަނިކުފާނު އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި، އެހެންކަމުން މީގެ ކުރިން ވެރިކަން ކުރައްވާފައި ހުރި ރައީސަކަށް ރައީސް މުއިއްޒު އަނިޔާވެރިވާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑެއް ޤަބޫލެއް ނުކުރަން ރައީސް މުޢިއްޒަކީ އެގޮތަށް އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް. ރައީސް މުޢިއްޒަށް ސަރުކާރު ހިންގުމުގެ ކަންކަން ނުކުރެވި ހިނގައިދާނެ... އެކަމު މުޢިއްޒު ނުކުރައްވާނެ ކަމަށް އަޅުގަނޑަށް ހަމަ ޤަބޫލު ކުރެވޭތީ އެހެން މި ދެންނެވީ،" ޔާމީން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.