ޖެފް ބޭޒޯސް.. ފޮޓޯ: އޭޕީ
ކުޅިވަރު
10 Aug 2026 | 20:27
ބޭޒޯސް ހިމެނޭ އިންވެސްޓަރުންގެ ގްރޫޕަކުން ލިވަޕޫލްގެ ހިއްސާ ގަންނަނީ

އެމެޒޯންގެ ބާނީ ޖެފް ބޭޒޯސް ވެސް ހިމެނޭ އިންވެސްޓަރުންގެ ކޮންސޯޓިއަމަކުން އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހިއްސާ ގަތުމުގެ އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށް ސްކައި ނިއުސް އިން ރިޕޯޓުކޮށްފިއެވެ.

މި ކޮންސޯޓިއަމްގައި ބޭޒޯސްގެ އިތުރުން ފޭސްބުކްގެ އެއް ބާނީ އެޑުއާޑޯ ސަވެރިން ބައިވެރިވެއެވެ. އެ ގްރޫޕު އިސްކޮށް ހިންގަނީ ދަގަނޑުގެ ވިޔަފާރީގެ ބިލިއަނަރު ލަކްޝްމީ މިއްތަލްގެ ދަނބިދަރިފުޅު އަދި ކިއު.ޕީ.އާރުގެ ކުރީގެ ހިއްސާދާރު އަމިތު ބާޓިއާ ކަމަށް ސްކައި ނިއުސް އިން ބުނެފައިވެއެވެ.

2010 ވަނަ އަހަރުން ފެށިގެން ލިވަޕޫލް ކޮންޓްރޯލް ކުރާ ފެންވޭ ސްޕޯޓްސް ގްރޫޕް (އެފް.އެސް.ޖީ) އިން މި މުއާމަލާތާ ބެހޭ ރަސްމީ އިއުލާނެއް މި ހަފުތާ ތެރޭގައި ކުރާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ބައެއް މަސްދަރުތަކާ ހަވާލާދީ ސްކައި ނިއުސް އިން ބުނީ އެ އިއުލާން އަންނަ ހަފުތާއަށް ލަސްވެދާނެ ކަމަށެވެ.

ފޯބްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބޭޒޯސްގެ މިލްކިއްޔާތުގެ އަގު 207 ބިލިއަން ޕައުންޑް (280 ބިލިއަން ޑޮލަރު) އަށް އަރާއިރު ސަވެރިންގެ މިލްކިއްޔާތު 23.7 ބިލިއަން ޕައުންޑް (32 ބިލިއަން ޑޮލަރު) ކަމަށް އަންދާޒާ ކުރެވެއެވެ. މި ޑީލް ފުރިހަމަ ވެއްޖެ ނަމަ އިނގިރޭސި ފުޓްބޯޅައިގެ ތާރީޚުގައި އެންމެ ކާމިޔާބު އެއް ކްލަބުގެ ހިއްސާދާރުންގެ ތެރޭގައި ދުނިޔޭގެ އެންމެ މުއްސަނދި ތިން ފަރާތެއް ހިމެނޭނެއެވެ.

މި އިންވެސްޓްމަންޓާ އެކު ލިވަޕޫލް ކްލަބުގެ ޖުމްލަ އަގު 4.4 ބިލިއަން ޕައުންޑް (ހަ ބިލިއަން ޑޮލަރު) އަށް އެރުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނާއިރު މިއީ ކުޅިވަރުގެ ތާރީޚުގައި ހިނގާ އެންމެ އަގުބޮޑު އެއް މުއާމަލާތަށް ވެގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.