-
ހަބަރު
11 Aug 2026 | 00:35
ހަ މީހުންނާއެކު ދަތުރުކުރި ޑައިވިން ދޯންޏެއް ނޮޅިވަރަންފަރު ފަރަށް އަރައިފި

ހދ. ނޮޅިވަރަންފަރުގެ ހުޅަނގު ފަރާތު ފަރަށް ހަ މީހުން ގޮވައިގެން ދަތުރުކުރި "އުރަފާ" ނަމަކަށް ކިޔާ ޑައިވިން ދޯންޏެއް މިރޭ އަރައިފިއެވެ.

މި ހާދިސާގެ ރިޕޯޓު ލިބުމާ އެކު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ނޮދަން އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވެއެވެ.

ދޯނީގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ސިފައިންގެ އިތުރުން ފުލުހުން ވެސް ބައިވެރިވެ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ދޯނި ފަރަށް އެރި ސަބަބެއް އަދި ސާފުވެފައި ނުވާ އިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް ވެސް ކަށަވަރު ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މޫސުން ގޯސްވެ ކަނޑުމަތީގެ ހާދިސާތައް ހިނގަމުންދާ މި ދުވަސްވަރު ކަނޑުދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Aug 2026
ހަ މީހުންނާއެކު ދަތުރުކުރި ޑައިވިން ދޯންޏެއް ނޮޅިވަރަންފަރު ފަރަށް އަރައިފި
ހަ މީހުންނާއެކު ދަތުރުކުރި "އުރަފާ" ޑައިވިން ދޯނި ހދ. ނޮޅިވަރަންފަރު ފަރަށް އަރައި، ސިފައިންނާއި ފުލުހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އެބަދެއެވެ.
10 Aug 2026
ބީއެމްއެލުން ދުވާލެއްގެ މައްޗަށް މިހާރު 2.7 މިލިއަން ޑޮލަރު ވިއްކާ
ސައީދު ވިދާޅުވީ މިއަހަރަށް ބަލާއިރު، އަހަރުގެ މިހާތަނަށް އެކަނިވެސް ބީއެމްއެލުން ވިއްކި ޑޮލަރުގެ މިންވަރު އިތުރުވެފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި 570 މިލިއަން ޑޮލަރު ވިއްކާފައިވާކަން ސައީދު ވިދާޅުވިއެވެ.
10 Aug 2026
ވަގުތީ މާރުކޭޓެއް ހަދައިދޭނެ ބަޔަކު ހޯދަން ކައުންސިލުން އިއުލާނު ކޮށްފި
ބީލަން ހުށަހެޅުމާއި އަގު ހުށަހެޅުން އޮންނާނީ މި މަހުގެ 23 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި މާލެ ސިޓީ ކައުންސިލްގައެވެ.
10 Aug 2026
އާބާދީ 60 އަށް ކުރީގެ ދެ ރައީސުން ތިނަދޫ ސިޓީއަށް
ތިނަދޫ ގައި އަލުން މީހުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބާގައި ބާއްވާ ހާއްސަ ޖަލްސާ އޮތީ މި މަހުގެ 22 ވަނަ ދުވަހުގެ ރެ އެވެ.
10 Aug 2026
ބޭޒޯސް ހިމެނޭ އިންވެސްޓަރުންގެ ގްރޫޕަކުން ލިވަޕޫލްގެ ހިއްސާ ގަންނަނީ
މި ކޮންސޯޓިއަމްގައި ބޭޒޯސްގެ އިތުރުން ފޭސްބުކްގެ އެއް ބާނީ އެޑުއާޑޯ ސަވެރިން ބައިވެރިވެއެވެ
10 Aug 2026
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހުޅުވާލައިފި
މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބޭނެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވޭނެ އެވެ.
10 Aug 2026
ސްޓެލްކޯގެ 76 މުވައްޒަފަކަށް ޕޮލިޓެކްނިކް މެދުވެރިކޮށް ފަންނީ ކޯސްތަކެއް ފަށައިފި
10 Aug 2026
ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން: ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް
ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން އަދި ފެނިފައިނުވާ ކަމަށް ވެސް ބުންޏެވެ.