ހިރިމަރަދޫ ކައުންސިލް އިދާރާ -- ފޮޓޯ/ މުހައްމަދު ވަހީދު
ހަބަރު
11 Aug 2026 | 15:01
އުވާލާފައިވާ ހިރިމަރަދޫ ކައުންސިލް އަލުން އިޢާދަކޮށް އިންތިޚާބު ބާއްވަން އެމްޑީޕީން ގޮވާލައިފި

ހދ. ހިރިމަރަދޫ އަކީ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި، އެ ރަށުގެ ކައުންސިލް ލާމަރުކަޒީ ޤާނޫނާ ޚިލާފަށް އުވާލާފައިވާތީ، އެކަން ބާޠިލުކޮށް ރަށު ކައުންސިލް އަލުން އިޢާދަކުރުމަށްފަހު އިންތިޚާބު ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.

މިކަމަށް ގޮވާލާފައިވަނީ އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ 6 މެންބަރުންގެ ސަބްކޮމިޓީއަކުން އެކުލަވާލި ޚާއްޞަ ދިރާސާ ރިޕޯޓެއްގައެވެ. މި ރިޕޯޓް ތައްޔާރުކުރުމަށްޓަކައި ހިރިމަރަދޫގެ ރައްޔިތުންނާއި، ހަނިމާދޫ ކައުންސިލާއި، ދާއިރާގެ މަޖިލިސް މެންބަރުގެ އިތުރުން ފަންނީ މާހިރުންގެ ލަފާ ހޯދާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 36/2025 ޤަރާރުން ހިރިމަރަދޫ އަކީ ފަޅުރަށެއް ކަމަށް ކަނޑައަޅައި ކައުންސިލް އުވާލާފައިވަނީ ލާމަރުކަޒީ ޤާނޫނާއި އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނާ ޚިލާފަށެވެ. މި ނިންމުމުގެ ސަބަބުން އެ ރަށުގައި ދިރިއުޅޭ 300 އަށްވުރެ ގިނަ ރައްޔިތުންނާއި ސްކޫލް ކުދިންގެ އަސާސީ ޙައްޤުތައް ގެއްލި، އިޖުތިމާޢީ އަދި ނަފްސާނީ ގޮތުން ބޮޑެތި ތަކްލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.

ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އަމަލުގެ ފަހަތުގައި ވަނީ ސަރުކާރު ހިންގާ ޕީއެންސީއަށް ސިޔާސީ ނާޖާއިޒު މަންފާއެއް ހޯދައިދިނުމެވެ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް 184 ހައުސިންގ ޔުނިޓު އަޅައިދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވައުދުވި ނަމަވެސް، 6 މަސް ފާއިތުވީއިރުވެސް އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަން އެމްޑީޕީން ފާހަގަކުރެއެވެ.

މީގެ އިތުރުން، ރަށެއް ފަޅުކުރެވޭނީ އެ ރަށެއްގެ ރަޖިސްޓްރީވެފައިވާ ހުރިހާ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމުން ކަމަށްވާއިރު، އަދިވެސް ރައްޔިތުން ރަށުގައި ތިއްބާ ކައުންސިލް އުވާލުމަކީ ޤާނޫނު އަސާސީއާ ޚިލާފު ބާޠިލު ކަމެއް ކަމަށް އެމްޑީޕީގެ ރިޕޯޓުގައިވެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުމުގެ ބަދަލު ސަރުކާރުން ދޭންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި އެމްޑީޕީން ވަނީ މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ރައީސްގެ ޤަރާރު ބާޠިލުކުރުމަށް ކޯޓަށް ހުށަހެޅުމާއި، ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީކުރުވުން ހިމެނެއެވެ.

އެމްޑީޕީން ގޮވާލަނީ ހިރިމަރަދޫ އަކީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި އަލުން ކަނޑައަޅައި، ރައްޔިތުންގެ ޚިދުމަތުގައި ދެމިއޮންނާނެ ކައުންސިލެއް އިންތިޚާބު ކުރުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.