މެސި، މެސީގެ ބައްޕަ އާއެކު..ފޮޓޯ: މެސީ ފޭސްބުކް ޕޭކް
ކުޅިވަރު
12 Aug 2026 | 22:42
ބައްޕަ މަރުވުމާ ގުޅިގެން މެސީގެ އަސަރުގަދަ ޕޯސްޓެއް

އާޖެންޓީނާގެ ޤައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން ލިއޮނެލް މެސީއަކީ ދުނިޔެދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. މެސީގެ ފުޓްބޯޅަ ހަޔާތަށް ބަލާއިރު އޭނާގެ ބައްޕަ ޖޯޖް މެސީއަކީ، މެސީ މެސީއަކަށް ވުމުގެ އަސްލެވެ. ފުޓްބޯޅަ ކެރިއަރުގެ ފެށުމާ ހަމައިން ނިމިގެންދިޔަ ވަރލްޑްކަޕް ފެށުމާ ހަމަޔަށް މެސީ ކުޅުނު ހުރިހާ މެޗަކަށް ހާޒިރުވިއެވެ. ބައްޕަ މަރުވުމާ ގުޅިގެން މެސީ މިއަަދު ވަނީ ސޯޝަލް މީޑިއާއަށް ވަރަށް އަސަރުގަދަ މެސެޖެއް ދޫކޮށްލާފައެވެ. 

މެސީގެ ޕޯސްޓްގައި ވަރަށް އަސަރާއެކު ބުނެފައިވަނީ ބައްޕައާ ވަކިވީ މާ އަވަހަށް ކަމަށާއި އެކުގައި ހޭދަކުރާނެ ކިތަންމެ ވަގުތެއް ބާކީ އޮތް ކަމަށެވެ. ބައްޕަ އުޅުއްވި ބަލިހާލުން ސަލާމަތްވެ ވޭންތަކުން ވަރަށް އަވަހަށް ދުރުވާނޭކަމަށް ގަބޫލުކުރި ނަމަވެސް ދެން ދުވަހަކުވެސް ބައްޕަ ނުފެންނާނެ ކަން ޤަބޫލުކުރުމަކީ ދަތި ކަމެއް ކަމުގައި އޭނާ ބުނެފައިވެއެވެ.

މެސީ ބުނީ އެއީ ހަމައެކަނި ބައްޕައެއް ނޫންކަމަށެވެ

އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓައިދިން ފަރާތް. ކުޑައިރުއްސުރެ ވަޒީފާ ނިންމާފައި ގެއަށް އައިސް ފަރިތަކުރުންތަކަށް ގެންގޮސްދީ ކުޅުނު އެންމެ މެޗެއް ވެސް ދޫނުކޮށް ބައްޕަ ބެލި 

މެސީގެ ޕޯސްޓްގައި ބުންޏެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕް ފެށެން ކައިރިވެފައި ވަނިކޮށް ބައްޕަގެ ބަލިހާލު ބޮޑުވީ ކަމަށާއި މުބާރާތެއްގެ ތެރޭގައި ބައްޕަ ގާތުގައި ނެތް ފުރަތަމަ ފަހަރު އެއީ ކަމަށް މެސީ ފާހަގަކޮށްފައިވެއެވެ. ފައިނަލާ ހަމައަށް ޓީމު ގެންގޮސް ބައްޕައަށް މެޗު ބަލަން އާދެވޭނެ ކަމަށް އޭނާ ބައްޕަ ގާތު ބުނި ނަމަވެސް އެ އުފަލުގައި ބައްޕައަށް ބައިވެރިވެވޭ ގޮތް ނުވި ކަމަށް ބުނެފައިވެއެވެ.

މެސީ ބުނީ އޭނާއަށް ކުރަން އެނގޭހާވެސް ކަމަކީ ފުޓްބޯޅަ ކުޅުން ކަމަށާއި، ބައްޕައާ ނުލައި ދިރިއުޅުމުގައި ކުރިއަށް ދާނެ ގޮތެއް ނޭނގޭ ކަމަށެވެ. އެގޮތުން ފުޓްބޯޅައިގައި ދެން ގިނަ ދުވަހު ދެމިހުރެވޭނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށް މެސީ ވަނީ ބުނެފައެވެ.

މެސީގެ ޕޯސްޓް ނިންމާލަމުން ބުނެފައިވަނީ ބައްޕަ މަތިން ވަރަށް ހަނދާންވާނެ ކަމަށާއި، އަބަދުވެސް ހިތުގައި ވާނޭކަމަށެވެ. ހާއްސަކޮށް ދަރިން ތަރުބިއްޔަތު ކުރުމުގައި ބައްޕަގެ ހިޔާލާއި ފިލާވަޅުތައް އަބަދުވެސް ބޭނުންކުރާނޭކަމަށް މެސީގެ ޕޯސްޓްގައި ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.