އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
13 Aug 2026 | 08:17
ތަފާސްހިސާބު ތަކާއެކު ސައީދު ހާމަކުރެއްވީ ފާއިތުވި އަހަރުތަކަށްވުރެ ބޭންކުތަކުން ޑޮލަރު ދޫކުރާ މިންވަރު އިތުރުވެފައިވާކަން

ރާއްޖޭގައި ޑޮލަރުގެ ތާށިކަން އޮތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަން ހާމަކޮށްދެއްވުމަށް، އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ތަފާސްހިސާބުތައް އާންމުކުރައްވައިފިއެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް ގޮސް، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ވިދާޅުވެ، ދިހަ ދުވަހުގެ ތެރޭ ރޭޓް 19ރއަށް، އަދި މަސްދުވަސްތެރޭ 17ރއަށް ޑޮލަރުގެ އަގު ތިރިކުރުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

މިކަމާ ގުޅިގެން މީސްމީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި ސަޢީދު ވަނީ، ކުރީގެ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރާ އަޅާބަލާއިރު މިހާރު ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރާ މިންވަރު އެތައް ގުނައެއް އިތުރުވެފައިވާކަން ހާމަކުރައްވާފައެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިފަދަ ދޮގު ވާހަކަތައް ދައްކަނީ މާކެޓުގައި ނުތަނަވަސްކަން އުފައްދައި، ކަޅު ބާޒާރަށް ހިތްވަރުދީ، އިޤްތިޞާދަށް ނުރައްކާ ކުރުމުގެ މަޤްޞަދުގައި ކަމަށެވެ. އަދި މިއީ ސިޔާސީ ބޭނުމަކަށް މީހުން ޖަމާކުރުމަށް ކުރާ ކަމެއް ނަމަވެސް، ރައްޔިތުންނަށް މިއަދު ހަޤީޤަތް އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަޢީދު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު:

ބޭންކު ކާޑުތައް: 2021 ވަނަ އަހަރު ކާޑުތަކުން މަހެއްގެ މައްޗަށް އެވަރެޖްކޮށް 10 މިލިއަން ޑޮލަރު ބޭނުންކުރިއިރު، މިހާރު އެ އަދަދު ވަނީ 39 މިލިއަން ޑޮލަރަށް އުފުލިފައެވެ.

ވިޔަފާރިތަކުގެ ޓީޓީ: 2021 ވަނަ އަހަރު ބޭންކުތަކުން ވިޔަފާރިތަކަށް މަހަކު އެވަރެޖްކޮށް ދޫކުރީ 6.7 މިލިއަން ޑޮލަރެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 26.6 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިއީ ކުރީގެ ސަރުކާރުގައި ބޭންކު މެދުވެރިކޮށް ހެދި 5 އިންސައްތައިގެ ބަދަލުގައި 30 އާއި 40 އިންސައްތައާ ދެމެދުގެ ކުރިއެރުމެކެވެ.

ދަރިވަރުންގެ ކިޔެވުން: 2021 ގައި ދަރިވަރުންގެ ކިޔެވުމަށް ބޭންކުން 1.9 މިލިއަން ޑޮލަރު ސަޕޯޓު ދިންއިރު، މިހާރު އެ އަދަދު ވަނީ ގާތްގަނޑަކަށް 4 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

ބޭސްފަރުވާ (މެޑިކަލް): 2021 ގައި ބޭސްފަރުވާއަށް ދޫކުރީ 1 ލައްކަ 59 ހާސް ޑޮލަރެވެ. 2023 ގައި އެ އަދަދު 3 ލައްކައިގައި ހުރިއިރު، މިހާރު ރަސްމީ ރޭޓުގައި މަހަކު ގާތްގަނޑަކަށް 3 މިލިއަން ޑޮލަރު ދޫކުރެއެވެ.

ބޭރަށް ދާ ފަރާތްތައް: 2021 ގައި ބޭރަށްދާ ފަރާތްތަކަށް 1.5 މިލިއަން ޑޮލަރު ދޫކުރިއިރު، މިހާރު ބޭންކުން 10 މިލިއަން ޑޮލަރު ދޫކުރެއެވެ.

ބޭރަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޑޮލަރު ބޭންކުން މެދުވެރިކޮށް ދޭ އަދަދު މިހިރީ. އެމް.އެމް.އޭއިންވެސް، އަދި ބޭންކް އޮފް މޯލްޑިވްސް އިންވެސް ދުވަހަކުވެސް މީގެކުރިން ޑޮލަރު ދޫކޮށް ނުކުރާ އަދަދަށް ޑޮލަރު ދޫކުރަނީ.

އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު

ސަޢީދު އިތުރަށް ވިދާޅުވީ ބައެއް ނޫސްތަކުން ލިޔާ ހެޑްލައިންތަކާއި، އަދި ކޮންމެ ދުވަހަކު، ބްލެކްމާކެޓްގައި ޑޮލަރުގެ އަގު ހުރި މިންވަރު ހާމަކުރައްވައި ނަޝީދު ފަދަ ބޭފުޅުން ކުރާ ޕޯސްޓްތަކުގެ ސަބަބުން ބްލެކް މާކެޓް ރޭޓް މަތި ކުރުމަށް ހިތްވަރު ލިބޭ ކަމަށެވެ.

އެކަމަށް (ބްލެކް މާކެޓްގައި ޑޮލަރުގެ އަގު މަތިކުރުމަށް) ހިތްވަރު މިދެނީ މިދަންނަވާ ނިއުސްޕޭޕަރތަކުގެ ހެޑްލައިންނާ އަދި މިހާރު ވަކިން ހާއްސަކޮށް މި ހަމަ ރާއްޖޭގެ ވެރިކަން ކުރައްވާ ތިއްބެވި ބޭފުޅުން، ހެނދުނު އެއްބޭފުޅަކު ހަވީރު އަނެއްބޭފުޅަކު ރޭޓް މިސެޓްކުރައްވަނީ.

އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު

”މިކަންކަން މިގޮތަށް ނުކުރައްވާށޭ. މި ޑޮލަރުގެ ރޭޓް ރަސްމީ ރޭޓަށް މި މިވެނި ވަރަކަށް ތިރިކުރަން، ދިހަ ދުވަހޭ ފަނަރު ދުވަހޭ ވިދާޅުވި ވަގުތު ދެއްވާއިރު، ރައީސް ނަޝީދުގެ ވެރިކަމުގަ އެމްއެމްއޭގެ ދޮރާށިން ފެށިގެންގޮސް މި މަސްމާރުކެޓާ ހަމަޔަށް ކިއު ދަމާލާފައި ޑޮލަރު ނުލިބިގެން…. (ވެރިކަން) ނިމިގެން ދިޔަ އިރުގަ ގާތްގަނޑަކަށް ސަތާރަ ރުފިޔާގައި ބްލެކް މާކެޓް ރޭޓު ހުރީ އޭރުގަ.“ ސަޢީދު ވިދާޅުވިއެވެ. 

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ކުރީގެ ސަރުކާރުން ދިވެހި ރައްޔިތުންގެ ބޮލުގައި އެޅުވި 1.2 ބިލިއަން ޑޮލަރުގެ ބޮޑު ލޯނުވެސް މި ދަތި ހާލަތުގައި ދައްކާފައެވެ. އަދި ރަހުނުކޮށްފައި ހުރި ސްކޫލްތަކާއި ހޮސްޕިޓަލްތައް ސަލާމަތްކޮށް، އެއަރޕޯޓް ޓާމިނަލް ހުޅުވައި، ވިޔަފާރި ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިދިކޮޅު ފަރާތްތަކުން ފައިސާ ޗާޕުކޮށްގެން އިޤްތިޞާދު ޚަރާބުކުރި ނަމަވެސް، މި ސަރުކާރުން ތަކެތީގެ އަގު ކޮންޓްރޯލްކޮށް، ކާޑުގެ ބާވަތްތަކާއި ތެލާއި ގޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ. އެހެންކަމުން، ޤައުމުގެ އިޤްތިޞާދަށް ނުރައްކާވާ ފަދަ ވާހަކަތައް ނުދެއްކުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.