ރައީސް ފާއިޒުއާ ބައްދަލު ކުރަނީ --
ހަބަރު
13 Aug 2026 | 22:48
ރައްޔިތުންގެ އަޑު: ފާއިޒު ކިޔައިދިނީ މިސްކިތަށް ދިއުމުން ކުރިމަތިވި ކަންކަން

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިސްކިތްތަކަށް ގޮސް ޖަމާއަތުގައި ނަމާދުކުރުމަށް ހުރި ހުރަސްތައް ހިއްސާކޮށް މިސްކިތްތަކުން ކުރިމަތިވި ހިތްދަަތިކަންކަން ނުކުޅުންތެރިކަން ހުންނަ މީހަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާ ހިއްސާކޮށްފި އެވެ.

ރައީސްއާ ބައްދަލުކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ފަހިކޮށްދީ "ރައްޔިތުންގެ އަޑު" ނަމުގައި ވަނީ ހާއްސަ ސިލްސިލާއެއް ފަށާފަ އެވެ. މި ސިލްސިލާގައި ރައީސްއާ ވަކީން ބައްދަލުކުރަން ރައްޔިތުންނަށް ފުރުސަތު ދެ އެވެ.

ވީލްޗެއާގައި ރައީސް އޮފީހަށް ހާޒިރުވެ ފާއިޒު ނަމަކަށްކިޔާ މީހަކު ވަނީ މިސްކިތުގެ ޖަމާއަތަށް ދިއުމުން އޭނާއަށް ކުރިމަތިވީ ކަންކަން ރައީސްއާ ހިއްސާކޮށްފަ އެވެ. ފާއިޒު ބުނީ ސޮލާހުއްދީން މިސްކިތަށް ދިއުމުން ވީލްޗެއާގައި ދޮރާއި ހަމައަށް ދިއުމަށްވެސް ފުރުސަތު ނުދިން ކަމަށެވެ. އަދި މިސްކިތް ހަޑިވާނެ ކަމަށް ބުނެ ދޮރުތައް ބަންދުކުރި ކަަމަށް ވަނީ ބުނެފަ އެވެ.

ރައީސް ފާއިޒުއާ ބައްދަލު ކުރަނީ --

ހުޅުމާލެ ބައެއް މިސްކިތްތަކުން ވެސް ކުރެވުނީ އެ ތަޖުރިބާ ކަމަށް ވަނީ ބުނެފަ އެވެ.

ފާއިޒު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިސްކިތްތަކަށް ގޮސް ޖަމާއަތުގައި ނަމާދުކުރެވޭނެ ކޮންމެވެސް އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދިފަ އެވެ. އަދި ކުރިމަތިވީ ކަންކަމާއި ގުޅިގެން މިހާރު މިސްކިތަށް ނުދެވޭ ކަމުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ބަސްތަކަށް އެރުމަށް ހުރި ދަތިތައްވެސް ފާހަގަކޮށްފައިވެ އެވެ.

ރައީސް ވަނީ އެ ޝަކުވާ އަޑުއައްސަވާ އެއީ ހައްލު ލިބެން ޖެހޭ މައްސަލައެއް ކަމުގައި ވިދާޅުވެފަ އެވެ. އަދި އެކަން ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Aug 2026
ރައްޔިތުންގެ އަޑު: ފާއިޒު ކިޔައިދިނީ މިސްކިތަށް ދިއުމުން ކުރިމަތިވި ކަންކަން
ހުޅުމާލެ ބައެއް މިސްކިތްތަކުން ވެސް ކުރެވުނީ އެ ތަޖުރިބާ ކަމަށް ވަނީ ބުނެފަ އެވެ.
13 Aug 2026
މި ސަރުކާރުން ދަރަނި ދެއްކީ އެމްޑީޕީ ސަރުކާރުން އެއްކުރި ފައިސާއިން: ނަޝީދު
"މި ދަރަނި އަދާކުރުމަށް އެއްކޮށްފައި ހުރި ފައިސާއަކީ ކުރީގެ އެމްޑީޕީ ސަރުކާރުން އެއްކޮށްފައިވާ ރިޒާވް. އަދި އެހެންވެސް ސަރުކާރު އަތުގައި އޮތް ފައިސާއަކީ ކުރީގެ ސަރުކާރުން އެއްކޮށްފައި އޮތް އެ ސަރުކާރުގެ ރިޒާވް,"
13 Aug 2026
ޑާކްރެއިންގެ ޖަންނަތު: އިބްރަތްތެރި މޮޅު ފިލްމެެއް، ކޮންމެހެން ބަލާލަން ޖެހޭ
13 Aug 2026
މާލެސިޓީ ކައުންސިލުން 116.4 މިލިއަން ރުފިޔާ ނުދީ އެބައޮތް: ވެމްކޯ
ވެމްކޯއިން ބުނީ ކަނޑައެޅިފައިވާ އުސޫލުން ފީ ނުދެއްކުމުން އާންމު އުސޫލުން ކަސްޓަމަރުން ރަޖިސްޓްރީކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށް ހުރަސް އެޅުފައިވާކަމަށެވެ
13 Aug 2026
ރައީސާއި ބައްދަލުކުރަން ބޭނުންވާ މީހުންނަށް ފުރުސަތު: އިތުރު ދާއިރާއަކަށް ނޯޓްކުރަން ހުޅުވާލައިފި
"ރައްޔިތުންގެ އަޑު" ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު، ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން އެބަ ހުއްޓެވެ.
13 Aug 2026
މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކާއި ޖަމިއްޔާއަކަށް، ހިދުމަތުގެ އިނާމު އެއް ބޭފުޅަކަށް
މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށާއި، ޖަމިއްޔާއަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
13 Aug 2026
އަޔަލޭންޑްގެ ފުޓްބޯޅަ އިދާރާއިންވެސް އިންފަންޓީނޯއާ ދެކޮޅަށް
ބޯޑު ބައްދަލުވުމަކަށް ފަހު ނެރުނު ބަޔާނުގައި އެފްއޭއައި އިން ބުނެފައި ވަނީ ވޯލްޑް ކަޕަށް ފަހު ހިޔާލުތަފާތުވުންތައް އުފެދުމުގެ ކުރިން ފޮނުވި ތާއީދުގެ ސިޓީ ބާތިލުކޮށް ސަބަބުތައް ބަޔާންކޮށް ފީފާއަށް ވަކި ސިޓީއެއް ފޮނުވައިފައިވާ ކަމަށެވެ.
13 Aug 2026
އެމްޑަބްލިއުއެސްސީއަށް މިދިޔަ އަހަރު 145.7 މިލިއަން ރުފިޔާގެ ފައިދާއެއް
މިދިޔަ އަހަރު އެމްޑަބްލިއުއެސްސީ ގްރޫޕް ކުންފުންޏަށް ސާފްފައިދާގެ ގޮތުގައި ލިބިފައިވަނީ، 187.5 މިލިއަން ރުފިޔާއެވެ.