އަޓޭޓާ
ކުޅިވަރު
15 Aug 2026 | 16:43
ކޮންޓްރެކްޓްގެ އެއްބަސްވުމުގެ މުއްދަތު އާކުރުމާ ގުޅޭގޮތުން ކަންބޮޑުވުމެއްނެތް: އަޓޭޓާ

އާސެނަލްގެ ކޯޗު މިކެލް އާޓެޓާގެ ކޮންޓްރެކްޓް ހަމަވާން 12 މަހަށް ވެފައިވީ ނަމަވެސް ކްލަބުގައި ހުރުމާ ގުޅޭގޮތުން ކަންބޮޑުވުމެއް ނެތްކަމަށް އަޓޭޓާ ބުނެފިއެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން އަޓޭޓާ ބުނީ، ކޮންޓްރެކްޓް އައު ކުރުމުގެ ރަސްމީ މަޝްވަރާތަކާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ. އަޓޭޓާ އާސެނަލާ ގުޅުނީ 2019 ވަނަ އަހަރެވެ. އާޓެޓާ ވަނީ މިދިޔަ ސީޒަނުގައި 22 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ކްލަބަށް ޕްރިމިއާ ލީގު ހޯދައިދީފައެވެ. 

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ އަޓޭތާގެ ކުރިމަގާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބުދެމުން އަޓޭޓާ ބުނީ އާސެނަލްގައި ހުންނާނީތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށެވެ. 

"ނޫން އެކަމާ ކަންބޮޑުވާކަށް ނުޖެހޭ އެއީ އަހަރެން ބޭނުންވަނީ މިތާ ހުންނަން ވަރަށް އުފާވެރި" އާޓެޓާ ބުންޏެވެ. "އަހަންނާ އެކީ މަސައްކަތް ކުރާ މީހުންނާ އެކީ މަސައްކަތް ކުރެވޭތީ ވަރަށް ޝުކުރުވެރިވަން ފުރުސަތު ލިބުނީމާ އެކަމާ އުޅޭނީ" އަޓޭޓާ ބުންޏެވެ.

މި ފެށޭ ސީޒަނުގެ ޓްރާންސްފާ ވިންޑޯގެ އެންމެ ފަހު ދުވަހަކީ ސެޕްޓެމްބަރުމަހުގެ އެއްވަނަ ދުވަހެވެ. 

މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ފައިނަލުގައި ޕީއެސްޖީ އަތުން ބަލިވި ފަހުން ކްލަބު އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. ނިއުކާސަލްގެ ބްރޫނޯ ގިމަރައިޝް އާއި ކްލަބް ބްރޫގެ ގެ ކްރިސްޓޮސް ޒޯލިސް ޓީމާ ގުޅިފައިވާ އިރު ބަޔާ ލެވަކޫސެންގެ ޕިއެރޯ ހިންކަޕީވެސް ވަނީ ޓީމަށް ގެނެސްފައެވެ.

"އަހަރެން ވަކި ފަރުދެއްގެ ވާހަކައެއް ނުދައްކާނަން އެކަމަކު ބުނެވޭނީ ކްލަބުގެ އެދުން ބޮޑޭ. ސްކޮޑް ރަނގަޅު ކުރަން ބޭނުންވެޔޭ ވަރުގަދަ ކުރެވެން ހުރި ދާއިރާތައް ފާހަގަކޮށް އެކަން ހާސިލުކުރަން މަސައްކަތް ކުރަނީއޭ" އާޓެޓާ ބުންޏެވެ.

ކޮމިއުނިޓީ ޝީލްޑުގައި އާސެނަލް ނިކުންނާނީ އާދިއްތަދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.