ވަޒީރު ހީނާ ޤައުމީ ދުވަހުގެ ޖަލްސާގައި ވާހަކަަދއްކަވަނީ...
ހަބަރު
15 Aug 2026 | 11:55
ދިވެހިޤައުމު، ޤައުމަކަށްވީ ސަބަބާމެދު މިއަދު ފުންކޮށް ވިސްނަންޖެހޭ: ވަޒީރު ހީނާ

ދިވެހި ޤައުމު ޤައުމަކަށްވީ ސަބަބާމެދު މިއަދު ފުންކޮށް ވިސްނަން ޖެހިފައިވާކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހއ.އުތީމްގައި މިއަދު ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޤައުމީ ދުވަހު އަޅުގަނޑުމެން ކުރާ ފުރަތަމަ ކަމަކަށް ވާންޖެހޭނީ ޤައުމީ މަސްއޫލިއްޔަތުތައް ހަނދާންކުރުންކަމަށެވެ.  ޤައުމީ ދުވަހަކީ ޤައުމުގެ ހުރިހާ ކަމެއް އޭގެ މާނައިގައި ހިމެނޭ ދުވަހެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ހަޤީޤީ މާނާގައި ޤައުމީ ދުވަހަކީ އިއްޔެއާ މިއަދާ ގުޅުވާ، މާދަމައަށް ވިސްނާ، މި ދެމެދު މުރާޖަޢާކޮށް މާދަމައަށް ތައްޔާރުވުމުގެ ދުވަހެއް ކަމަށެވެ.

ޤައުމީ ދުވަހު ކުރާ ފުރަތަމަ ކަމަކަށް ވާންޖެހޭނީ ޤައުމީ މަސްއޫލިއްޔަތުތައް ހަނދާންކުރުން ކަމަށާއި، ޤައުމުގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ގައުމެއް ފަރުދެއްގެވެސް ފަރުދީ ޒިންމާއެއްކަން ހަނދާންކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އަދުގެ ހާލަތުގައި ގައުމީ ދުވަހާ ގުޅިގެން ވިސްނަންޖެހޭނީ ގައުމު ގައުމަކަށްވީ ސަބަބުތަކާ މެދުގައިކަން ފާހަގަކުރައްވަމުން ތަރިކައާ ބެހޭ ވަޒީރު ވިދާޅުވީ، ޤައުމަކަށްވާ ފުރިހަމަ ޝަރުތުތަކާމެދު މިއަދު ވިސްނަންޖެހިފައިވާކަމަށެވެ.

ރާއްޖޭގެ އަދުގެ ހާލަތުގައި ގައުމީ ދުވަހާ ގުޅިގެން ވިސްނަންޖެހޭނީ ގައުމު ގައުމަކަށްވީ ސަބަބުތަކާ މެދުގައި. ޝައްކެއްނެތް، ގައުމަކީ މީސްތަކުންގެ ޖަމާއަތެއް. މިފަދަ ޖަމާއަތެއް ގައުމަކަށްވުމަށްޓަކައި ޝަރުތުކުރެވޭ އެތައް ކަމަކާއެތައް ސިފަތަކެއްވޭ. އަޅުގަނޑުމެންގެ ގައުމު ގައުމަކަށް ވެފައި މިވަނީވެސް މި ޝަރުތުތައް ހަމަވެގެންނެވެ. އަދި ކޮބައިތޯ؟ އެ ސިފަތަކާ ޝަރުތުތައް ނުހަނު ވަރުގަދަވެގެން. ނަމަވެސް މިއަދުގެ ހާލަތުގައި އެކަންކަމަށް އެނބުރި ބަލާލަންޖެހިއްޖެނަމަ އެކަންކަމަށް ބަލާލަންޖެހޭކަމަށް އަޅުގަނޑަށް ދެކެނީ. މިކަމާ ގުޅިގެން އުފައްދަންޖެހޭ ސުވާލުތަކެއް އެބަހުރިކަމަށްވެސް ދެކެނީ

ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ

ވަޒީރު ވިދާޅުވީ މި ހުރިހާ ކަމެއް ގުޅުވައިގެން ބަލާއިރު މިއަދު ފެންނަނީ، ހާލަތު ބަދަލުވުމުގެ ކޮޅުމަތީގައި އޮތްތަން ކަމަށާއި، މިއަދު  އެންމެ ބޮޑު މަސްއޫލިއްޔަތަކަށްވެފައި މިވަނީ މި ބަދަލުތައް ހެޔޮ މިސްރާބަކަށް އަނބުރާލުން ކަމަށެވެ. ގައުމިއްޔަތު ދިރުވާ އާލާކުރުމަށް ސަރުކާރުން މިހިންމު މަސައްކަތްތަކެއް ފާހަގަކުރައްވަމުން ވަޒީރު ވަނީ ގައުމީ މަގްސަދްތައް ހާސިލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތްތަކާއެކު ހާލަތު އިއާދަވުމަށް މަގުފަހިވެގެންދާނޭކަމަށެވެ.

ޤައުމިއްޔަތު ދިރިވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތްތަކުގެ ތެރެއިން މިހާރުވެސް ގިނަ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ވަތަނީ ހިދުމަތުގެ ޕްރޮގްރާމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ