ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޤައުމީ ދުވަހުގެ ޖަލްސާގައި.. ފޮޓޯ ރައީސް އޮފީސް
ހަބަރު
15 Aug 2026 | 12:40
އިސްލާމްދީނާ ފުށުއަރާ އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެކަން ކަށަވަރުކުރަނީ

ދިވެހިރާއްޖޭގައި އިސްލާމްދީނާ ފުށުއަރާނޭގޮތަށް އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނޭހެން ކަންކަން ކަށަވަރުކުރައްވާނޭކަމަށް ރައީސުލްޖުްމހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަސް ފާހަގަކުރުމަށް ހއ.އިތީމްގައި ބޭއްވި ޖަލްސާގައި ވާހަކަަދއްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އިސްލާމްދީނާ ބީރައްޓެހި، ނުވަތަ އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޛުކުރާ ކޮންމެ ފަހަރަކު ދިވެހި ޤައުމުގެ މިނިވަންކަން އޮތީ ގެއްލިފައި ކަމަށެވެ. ނުވަތަ ދިވެހިރާއްޖޭގެ މިނިވަންކަން ވަނީ ނުރައްކަލުގެ ތުންފަތްމައްޗަށް ވެއްޓިފައި ކަމަށެވެ.

މިސަބަބަށްޓަކައި އިސްލާމްދީން ޙިމާޔަތްކުރެވޭނެ ނިޡާމެއް ޤައުމުގައި ފުރިހަމައަށް ޤާއިމުވެފައި އޮންނަންޖެހޭނެކަމަށް ޤަބޫލުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިސްލާމް ދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ބަދަހި ނިޒާމެއް އުސޫލީ ގޮތުންނާ ނިޒާމީ ގޮތުން ކަށަވަރު ކުރަން ބޭނުންވާކަމަށެވެ. އެހެންކަމުން އެފަދަ ނިޒާމެއް ޤާއިމުކުރުމަށް ރައްޔިތުން މަޖިލިހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅާނޭކަމަށް ރައީސް ވިދާޅިވިއެވެ.

އަޅުގަނޑުވެސް އެއްބަސް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ބުނާގޮތުން ރާއްޖޭގައި އިސްލާމްދީނާ ޚިލާފު ޤާނޫނެއް ނުހެދޭނެ. ރާއްޖޭގެ ހެދޭ ޤާނޫނުތަކާއި އުޞޫލުތަކާއި ޤަވާޢިދުތައް ހުންނަންވާނީ މާތްވެގެންވާ އިސްލާމްދީނުގެ އިންތަކާއި މިންތަކުގެ ތެރޭގައި. މީ މީކަން ލިޔެކިޔުމުން ފެންނަން އޮތް ގޮތް. ސުވާލަކީ އެކަމަކު، މިކަން ކަށަވަރުކުރެވޭނެ ހަރުދަނާ ނިޒާމެއް އެބައޮތްތޯ؟ އެފަދަ ނިޒާމީ ބަދަހި އޮނިގަނޑެއް އަޅުގަނޑުމެންގެ އުޞޫލުތަކުގެ ތެރޭގައި އެބައޮތްތޯ؟ ޖަވާބު ވަރަށް ކުރު. ނެތް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު

ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރަމުންދާ މި ދުވަހާ ގުޅުވައިގެން ރައީސް ވިދާޅުވީ އިސްލާމް ދީން އެއީ ދިވެހި ޤައުމުގެ ނާރެސް ކަމަށާއި، ކީރިތި ޤުރުއާނަކީ ދިވެހި ޤައުމިއްޔަތުގެ މައިގަނޑު ކަމަށެވެ.

ހިތްދަތި ކަމުގައި އެތައް އަހަރަކު ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަތްދަށުގައި އޮންނާންޖެހުނީ އަޅުގަނޑުމެން ކުރެ އެންމެ މީހަކު މާތްވެގެންވާ އިސްލާމް ދީން ދޫކޮށްލުމުގެ ސަބަބުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދީން ދޫކޮށްލި ހިސާބުން އެ ޚިޔާނާތްތެރި ވެވުނީ ހަމައެކަނި ދީނަކަށްނޫން ކަމަށެވެ. އެގޮތުން އެ ޚިޔާނާތްތެރި ވެވުނީ ދިވެހި ޤައުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.