ޝާހިދުގެ އައްޑޫ ދަތުރުގެ ތެރެއިން-ފޮޓޯ/ ޝާހިދު
ހަބަރު
16 Aug 2026 | 12:17
އަޅުގަނޑު ޑެލިވަރކޮށްދޭނީ ކަންކުރާނެ، ނަތީޖާ ނެރޭނެ ތަޖުރިބާކާރު ސަރުކާރެއް: ޝާހިދު

ޑެލިވަރކޮށްދެއްވާނީ ކަންކަން ކުރާނެ، މައްސަލަތަކަށް ހައްލު ހޯދައިދޭނެ އަދި ނަތީޖާ ނެރޭނެ ތަޖުރިބާކާރު ސަރުކާރެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ 'އެކްސް' އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

އައްޑޫ ސިޓީ ދަތުރުގެ ތެރެއިން ކުރެއްވި މި ޕޯސްޓުގައި ޝާހިދު ވަނީ، އައްޑޫގެ އެކި ރަށްތަކުން ހިނިތުންވުމާއެކު އޭނާގެ ޓީމަށް ދެއްވަމުން ގެންދަވާ ތާޢީދާއި ލޯތްބަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ”ހަމައެކަނި ސުރުޚީއެއްގެ ގޮތުގައި“ އޮންނަ އައްޑޫގެ ތަރައްޤީ އާއި މުޅި ދެކުނުގެ މުސްތަޤްބަލު ބަދަލުކޮށްލާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ، އަދި ފަންނީ ލަފަޔާއެކު ހިތްވަރުގަދަ މަސައްކަތުން ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު މިހާރު ވަނީ ރަސްމީކޮށް އިޢުލާން ކުރައްވާފައެވެ. މި ނިންމެވުމާއެކު އޭނާ ވަނީ އެމްޑީޕީގެ ރައީސްކަމުގެ މަޤާމުންވެސް އިސްތިއުފާ ދެއްވާފައެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު، ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނު ކުރެއްވީ ކެމްޕެއިން ފެށުމުގެ ގޮތުން އައްޑޫ ސިޓީގައި ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ.

އައްޑޫ ސިޓީގެ ސިޔާސީ ބައެއް އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، އެމަނިކުފާނު ހުންނެވީ އެމްޑީޕީގެ އާންމު މެންބަރުންނާއެކު ވެވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ކޮންމެ ގުރުބާނީއަކަށް ވެސް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.

އެ ޖަލްސާގައި ޝާހިދުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް އާއި، ނާޒިލްގެ އަނބިކަނބަލުން އަދި ކުރީގެ މެންބަރު ހިސާން ހުސައިންގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މިހާރާއި ކުރީގެ އެމްޑީޕީގެ ބައެއް މެންބަރުންނާއި، އައްޑޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ވެސް އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް
މޫސާރަޝީދު
ހެހެހެހެ!!!
16 Aug 2026
ބަޗީ
އެވަރުގެ އުރައްޕެއް ހުރި އެއްވެސް މީހަކު އެމްޑީޕީގައި ނެތް.
16 Aug 2026
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.