އާސެނަލްގެ ބައެއް ކުޅުންތެރިން ޝީލްޑާއެކު.. ފޮޓޯ: އާސެނަލް
ކުޅިވަރު
16 Aug 2026 | 23:33
މެންޗެސްޓަރ ސިޓީ ބަލިކޮށް އާސެނަލުން ކޮމިޔުނިޓީ ޝީލްޑް ކާމިޔާބުކޮށްފި

އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ކޮމިޔުނިޓީ ޝީލްޑް މެޗް މެންޗެސްޓަރ ސިޓީ ބަލިކޮށް އާސެނަލް ކާމިޔާބުކޮށްފިއެވެ. 

ކާޑިފްގައި ކުޅުނު މިމެޗް އާސެނަލުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ. މެޗު ފަށައިގެން ފުރަތަމަ މިނެޓު ނުވަނީސް، އާސެނަލްއިން ވަނީ ލަނޑެއް ޖަހައި ސިޓީ ސިއްސުވާލާފައެވެ. މެޗުގެ 23 ވަނަ ސިކުންތުގައި މައިލްސް ލޫވިސް-ސްކެލީ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ރިކާޑޯ ކަލަފިއޯރީއެވެ. މިއީ ސިޓީގެ އާ ކޯޗު އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުނު ފުރަތަމަ ރަސްމީ ފުރަތަމަ މެޗެވެ.

އާސެނަލްގެ ދެވަނަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށެވެ. މި ސީޒަނުގައި އެ ޓީމާ ގުޅުނު ކްރިސްޓޯސް ޒޯލިސް ނަގައިދިން ހުރަހަކުން ކައި ހާވާޓްޒް ފޮނުވާލި ހަމަލާ، ގޯލަށް ވަދެފައިވަނީ، ސިޓީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ އަތުގައި ޖެހިފައެވެ. މެޗްގައި ފެނިގެންދިޔަ އާސެނަލްގެ ތިންވަނަ ލަނޑު ޖަހައިދިނީ، ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ކެޕްޓަން މާޓިން އޮޑެގާޑެވެ.

މި މެޗުގައި ސިޓީގެ ޑިފެންސްލައިނާއި ގޯލްކީޕަރު ޑޮނަރުއްމާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔައިރު، އާސެނަލްއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއްވެސް ލިބުނެވެ. ވަކިން ހާއްސަކޮށް ބުކާޔޯ ސަކާއަށް ލިބުނު ރަނގަޅު ދެ ފުރުސަތެއް ފާހަގަކޮށްލެވެއެވެ

އާސެނަލްގެ މި ކާމިޔާބީއަކީ 91 އަހަރަށްފަހު ޖެހިޖެހިގެން ދެވަނަ ފަހަރަށް ލީގު ތަށި ހޯދުމަށް އެ ޓީމުން ކުރާ މަސައްކަތަށް ލިބުނު ވަރުގަދަ ހިތްވަރެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.