ރޮނަލްޑޯ
ކުޅިވަރު
17 Aug 2026 | 13:06
ފުޓުބޯޅައިން ރިޓަޔާވާން ގާތްވެފައިވާ ކަމުގެ އިޝާރާތެއް ރޮނާލްޑޯ ދީފި

ދުނިޔޭގެ ފުޓުބޯޅައިގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ އެއް ކުޅުންތެރިޔާ ކަމަށްވާ، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފުޓުބޯޅަ ކުޅުން ހުއްޓާލުމާ ގާތްވެފައިވާ ކަމުގެ އިޝާރާތެއް ދީފިއެވެ.

މަޝްހޫރު 'ވޯގް' މަޖައްލާއަށް ދިން ޚާއްޞަ އިންޓަވިއުއެއްގައި ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ، މިއީ ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ފެނިގެންދާނެ އެންމެ ފަހު އަހަރަށް ވެދާނެ ކަމަށެވެ. އަދި ކުޅިވަރުގެ މައިދާނާ ވަކިވުމަށް ފަހު، އާއިލާއަށް ވަގުތު ދިނުމަށާއި، ދަތުރުފަތުރު ކުރުމާއި ޕެޑެލް ކުޅުން ފަދަ އަމިއްލަ ކަންކަމުގައި ވަގުތު ހޭދަކުރަން ރާވާފައިވާ ކަމަށް ވެސް އޭނާ ހާމަކުރިއެވެ.

ސައޫދީ ޕްރޯ ލީގުގެ އަލް ނަޞްރުގައި މިހާރު ކުޅެމުންދާ ރޮނާލްޑޯގެ އެ ކްލަބާ އެކު އޮތް އެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. ރޮނާލްޑޯ ބުނީ އޭނާ ބޭނުންވަނީ ފާހަގަކޮށްލެވޭ ފަދަ ފުރިހަމަ ތާރީޚަކާއި ރީތި ހަނދާންތަކެއް ދޫކޮށްލުމަށްފަހު ފުޓުބޯޅައިން ވަކިވާން ކަމަށެވެ.

"ކުރިއަށްދާނެ ގޮތް މިހާރު މުޅިން ރާވާ ނިންމައިފިން. 25 އަހަރު ވަންދެން ވަރަށް ބޮޑެތި ޤުރުބާނީތަކެއް ވެވިއްޖެ. ފުޓުބޯޅައިން ވަކިވުމުން އަންނާނެ ބޮޑު ހުސްކަން ފުރާލަން ތަފާތު ކަންކަން ކުރަން ޖެހޭ. ބޭނުމީ ދިރިއުޅުމުގައި އިތުރަށް އުފާކޮށް، ދަތުރުކޮށް، މިހާތަނަށް ލިބުނު ކާމިޔާބީތަކުގެ ހިތްހަމަޖެހުން ހޯދަން،" ރޮނަލްޑޯ ބުންޏެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު (ބެލޮންޑިއޯ) ފަސް ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ވަނީ އިންގްލެންޑް، ސްޕެއިން، އިޓަލީ އަދި ސައޫދީ ޢަރަބިއްޔާގެ ލީގު ވެސް ކާމިޔާބުކޮށްފައެވެ. އޭނާގެ ސީނިއާ ކެރިއަރުގައި 1,000 ގޯލު ހަމަކުރުމަށް މިހާރު ބޭނުންވަނީ އެންމެ 24 ގޯލެވެ. ރޮނާލްޑޯގެ އެންމެ ބޮޑު ވާދަވެރިޔާ ލިއޮނެލް މެސީ ވެސް ދާދި ފަހުން ވަނީ، އޭނާ ފުޓުބޯޅައިގައި ދެން ހޭދަކުރާނެ މުއްދަތެއް ޔަޤީން ނޫން ކަމަށް ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސައޫދީ ޕްރޯ ލީގުގެ އައު ސީޒަން ހޮނިހިރު ދުވަހު ފެށުނު އިރު، އަލް ފާތިޙާ ދެކޮޅަށް އަލް ނަޞްރު ކުޅުނު މެޗުގައި ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. ނަމަވެސް، އޭނާ ވަނީ އާއިލާއާ އެކު ސްޓޭޑިއަމްގެ ވީއައިޕީ ސްޓޭންޑުގައި އިނދެ، އޭނާގެ ޓީމު މޮޅުވި މަންޒަރު ބަލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.