މޯލްޑިވްސް ޕްރިމިއާ ބޭންކް އިފުތިތާހު ކުރުން --
ވިޔަފާރި
18 Aug 2026 | 00:43
ސައްތައިން ސައްތަ ދިވެހި ބެންކެއް ކަމަށްވާ މޯލްޑިވްސް ޕްރިމިއާ ބޭންކް އިފުތިތާހު ކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރޒ މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ޕްރިމިއާ ބޭންކް (އެމްޕީބީ)ގެ ޑިޖިޓަލް މަންސަތައް ރަސްމީކޮށް އިފުތިތާޙު ކޮށްދެއްވައިފި އެވެ.

މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވެވި، މޯލްޑިވްސް ޕްރިމިއާ ބޭންކްގެ އިފުތިތާޙީ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބޭންކުގެ މޯބައިލް އެޕްލިކޭޝަން 'އެމް.ޕީ.ބީ ޕްލަސް" އާއި އިންޓަރނެޓް ބޭންކިންގ ޚިދުމަތް އިފުތިތާޙުކޮށްދެއްވާފައެވެ.

އެމްޕީބީ އަކީ، ޓިއަރ 1 ފެންވަރުގެ، ސައްތައިން ސައްތަ ދިވެހި ބޭންކެކެވެ. ބޭންކުގެ މަޤުޞަދަކީ، ދިވެހި މާލީ ވެއްޓަށް އަހުލުވެރި، ޒަމާނީ، އިތުބާރު ހުރި މާލީ ޚިދުމަތްތަކެއް މެދުވެރިކޮށް، ވަކި ވަކި ފަރުދުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ކޯޕަރޭޝަންތަކަށް، ރާއްޖެ އާއި ބައިނަލްއަޤުވާމީ މައިދާނުން ފަހި ފުރުޞަތުތައް ހޯދައިދިނުން ކަމަށް އެ ބެންކުން ބުނެ އެވެ.

މޯލްޑިވްސް ޕްރިމިއާ ބޭންކް އިފުތިތާހު ކުރުން --

އެމްޕީބީގެ ޚިދުމަތްތައް ފަރުމާކުރެވިފައިވަނީ، ޑިޖިޓަލް މަންސައެއްގައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބިނާކޮށް، ބައިނަލްއަޤުވާމީ ގުޅުންތައް ކަށަވަރުކޮށްދީގެން، ހަރުދަނާ ހިންގުމުގެ އޮނިގަނޑެއްގެ ތެރެއިން، ކަސްޓަމަރުންނަށް އިސްކަންދީގެން ޚިދުމަތްދިނުމަށް ކަމުގައި އެ ބޭންކުން ބުނެ އެވެ.

މޯލްޑިވްސް ޕްރިމިއާ ބޭންކް އިފުތިތާހު ކުރުން --

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، މަރުކަޒީ ބޭންކުގެ ގަވަރނަރ އަޙްމަދު މުނައްވަރާއި، ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް އަދި އެމްޕީބީގެ ހިއްސާދާރު މުޙައްމަދު ޢަލީ ޖަނާޙް އާއި، އެމްޕީބީގެ ބޯޑު މެންބަރުންނާއި، އިސް އޮފިޝަލުންނާއި، ބޭންކުގެ ޕާޓްނަރުންނާއި، ރާއްޖޭގެ މާލީ ދާއިރާގެ ފުންނާބު އުސް ގިނަ ޢަދަދެއްގެ ބޭފުޅުން މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Sep 2026
ބުޅަލަށް ކާންދޭ މައްސަލަ ބޮޑު ބަހުސަކަށް؛ ބުޅާތަކުގެ ހައްގުގައި އެއްވުމެއް!
މާލެ ސަރަޙައްދުގައި ބުޅާ ގިނަވެ، އެ ތަކެއްޗަށް ކާންދިނުމާއި ބެލެހެއްޓުމުގެ މައްސަލައަކީ އަބަދުވެސް އާންމުންގެ މެދުގައި ހޫނު ބަހުސެއް ހިނގާ ކަމެކެވެ. ނަމަވެސް، ފަހަކަށް އައިސް މީސްމީޑިއާގައި ދައުރުވި ވީޑިއޯއަކާ ގުޅިގެން މި މައްސަލަ މިވަނީ އިންތިހާއަށް ހޫނުވެ، ބޮޑު އިޖުތިމާޢީ ކަންބޮޑުވުމަކަށް ބަދަލުވެފައެވެ. އެއްބަޔަކު ޖަނަވާރުންގެ ހައްގުތަކާއި ކުލުނުގެ ވާހަކަ ދައްކާއިރު، އަނެއް ބަޔަކު ފާހަގަކުރަނީ އާންމު ސާފުތާހިރުކަމާއި ސިއްހީ ނުރައްކާތަކުގެ ވާހަކައެވެ.
07 Sep 2026
އަންނަ މަހުން ފެށިގެން މުއްސަނދިންނަށް އާސަންދަ ދޭ އުސޫލް ބަދަލުކުރަނީ
އެގޮތުން އާމްދަނީގެ ގޮތުގައި 65،000 މަތީގެ މުސާރަ ލިބޭ ފަރާތްތަކަށް މިހާރު ލިބޭގޮތަށް އާސަންދަ ދެމުން އަންނަ ގޮތް ބަދަލުވާނޭކަމަށް ރައީސް ވިދާޅުވިއެވެ
07 Sep 2026
ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ ގަތުމަށް ސަރުކާރުން ނިންމައިފި
އެމްޑީޕީގެ ސަރުކާރުގައި ވިއްކާލާފައިވާ ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދައި، ދިރާގުގައި ސަރުކާރުގެ އޮންނަ ހިއްސާ %51 އަށް ބޮޑު ކުރުމަށް ނިންމައިފިއެވެ.
07 Sep 2026
ފެނަކައާއި އާރްޑީސީ އުވާލާ، މަސައްކަތް ސްޓެލްކޯއާއި އެމްޓީސީސީއަށް
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ފެނަކަ އުވާލައި، ދެ ކުންފުނީގެ މަސައްކަތް ސްޓެލްކޯއާއި އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ނިންމައިފިއެވެ.
07 Sep 2026
އޭޑީކޭއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓިކް ސާޖަރީ ކުރަން ފަށައިފި
އޭޑީކޭގެ ޗެއާމަން ނާޝިދު ސިފަކުރެއްވީ މިކަމަކީ، އީ ޞިއްޙީ ޚިދުމަތް ހޯދުމުގައި ރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމަކަށް ހެދުމަށް އެޅުނު ބޮޑު ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
07 Sep 2026
ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް
އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިޔަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ.
07 Sep 2026
ފެނަކަ އަދި ހޮސްޕިޓަލް އޭ އަށް ވިދިވިދިގެން ތިންވަނަ މޮޅު
އދ. މަހިބަދޫގައި ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް" ގައި އިއްޔެ ކުޅުނު ފޯރިގަދަ މެޗުތަކުން ފެނަކަ އަދި ހޮސްޕިޓަލް އޭ ޓީމު މޮޅުވެއްޖެއެވެ.
07 Sep 2026
އެމެޒޯންގެ ކާގޯ ބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ
އެމެރިކާގެ މިއާމީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި، އެމެޒޯން ޕްރައިމް އެއާގެ މުދާ އުފުލާ ބޯޓެއް ރަންވޭ މަތިން ކަހާލައިގެން ގޮސް ވެއްޓުނު ހާދިސާގައި މަދުވެގެން ފަސް މީހުން މަރުވެއްޖެއެވެ.