ށ މިލަންދޫ- ފޮޓޯ/ އެމްޓީސީސީ
ހަބަރު
18 Aug 2026 | 12:55
އަނބިމީހާއަށް "ފަލައޭ" ބުނި މީހާއާ ދިމާއަށް ކަތިވަޅިއެއް ހިފައިގެން ދިޔަ މީހަކު ހައްޔަރުކޮށްފި

ސޯޝަލް މީޑިއާގައި އަނބިމީހާއާ ދިމާއަށް "ފަލައޭ" ބުނެ ފުރައްސާރަކުރި ކަމަށް ބުނެ، ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގަން މަސައްކަތްކުރި މީހަކު ށ. މިލަންދޫން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ 22 އަހަރުގެ ޒުވާނަކާއި 31 އަހަރުގެ މީހެކެވެ.

މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ބަންދު އަމުރުން އެނގޭ ގޮތުގައި، ޒުވާނާ ތޫނު ހަތިޔާރެއް ހިފައިގެން ގޮސްފައިވަނީ އެ ރަށު 31 އަހަރުގެ މީހެއް  ދިރިއުޅޭ ގޭގެ ސަރަޙައްދަށެވެ. އެ ސަރަޙައްދުގައި ޒުވާނާ ކަތިވަޅިއެއް ހިފައިގެން ހުރެ، އެތަނުގައި ހުރި އާންމު ފަރުދަކާ ދިމާއަށް ކަތިވަޅި މަޅައި "ނުފުއްޕައްޗޭ" ބުނެ އިންޒާރުދިންކަން މަންޒަރު ދުށް ހެކިންގެ ބަޔާންތަކުން ވަނީ އެނގިފައެވެ.

އަދި އެ ސަރަޙައްދަށް ފުލުހަކު އަންނަން އުޅުމުން، ޒުވާނާ ގެންގުޅުނު ކަތިވަޅި އޭނާ ދިޔަ ސައިކަލުގެ މަޑިދަށަށް ލައި ފޮރުވި ކަމަށާއި، ފުލުހުން އެ ސައިކަލު ބަލައިފާސްކުރިއިރު މަޑިދަށުން ކަތިވަޅިއެއްގެ އިތުރުން އިތުރު 2 ވަޅި ވެސް ފެނިފައިވާކަން ފުލުހުންގެ ބަހުން އެނގެއެވެ.

ކޯޓުގެ މުއްދަތު މަޖިލީހުގައި ޒުވާނާ ވަނީ އެ ސަރަޙައްދަށް ދިޔަކަމަށާއި، އަޑުގަދަކޮށް ވާހަކަދެއްކި ކަމަށާއި، އަދި އެތަނަށް ދިޔައިރު ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެން ކަމަށް ބުނެ މައްސަލައިގެ ބައެއް ވާޤިޢާތަކަށް އިޤުރާރުވެފައެވެ.

މި މައްސަލައިގައި ގާޒީ ނެރުއްވި އަމުރުގައި ބަޔާންކޮށްފައިވަނީ، ޒުވާނާގެ މައްޗަށް ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ކުށްކުރަން އުޅުނުކަމުގެ ތުހުމަތާއި، 35 ވަނަ މާއްދާގައި ބަޔާންކުރާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ.

އަދި އޭނާ ކުށުގެ ވެށީގައި މަސްތުގެ ހާލަތުގައި ހުރެ އެންމެ އިސް ދައުރެއް އަދާކޮށް ހަމަލާދޭން އުޅެފައިވާތީ، ޤާނޫނު ނަންބަރު 7/2015 ގެ 58 ވަނަ މާއްދާގެ (ޅ) ގެ ދަށުން އޭނާއަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއް ކަމަށް ޝަރީޢަތުން ވަނީ ނިންމާފައެވެ.

އެހެންކަމުން، 22 އަހަރުގެ މީހާގެ ބަންދަށް 12 ދުވަސް ޖަހައިދީފައިވެއެވެ. ނަމަވެސް 31 އަހަރުގެ މީހާ ބަންދުގައި ބެހެއްޓޭ ވަރަށް ހެކި ނެތް ކަމަށް ކަނޑައަޅައި ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.