ކޮންސްޓްރަކްޝަން ފޯރަމްގެ ތެރެއިން..
ހަބަރު
18 Aug 2026 | 21:27
އެލައިޑުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމުގައި ބައިވެރިވެ ޕެނެލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވެއްޖެ

އެލައިޑް އިންޝުއަރެންސުން މިއަދު ގްރޭންޑް ޕާކްސައިޑުގައި ބޭއްވި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް (ސީއައިއެފް) 2026 ގައި ރަސްމީ އިންޝުއަރެންސް ޕާޓްނަރުގެ ގޮތުގައި ބައިވެރިވެ ޕެނެލް ސެޝަންތަކުގައި ހަރަކާތްތެރި ވެއްޖެއެވެ.

އެ ފޯރަމުގައި ޢިމާރާތްކުރުމުގެ ދާއިރާގެ ފަންނީ ބޭފުޅުންނާއި ސިނާޢަތާ ގުޅުން ހުރި ފަރާތްތައް އެއް ތަނަކަށް ޖަމާވެ އެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރިއެރުންތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެލައިޑްގެ ފަރާތުން ކަސްޓަމާ ސާވިސް މެނޭޖަރު ޙުސައިން ސަވާދު ވަނީ "ރީ-އިންޖިނިއަރިން ސަޕްލައި ޗެއިންސް އިން އޭން އޭޖް އޮފް ގްލޯބަލް ކޮންފްލިކްޓް" ޕެނެލް ސެޝަންގައި ބައިވެރިވެ ވާހަކަދައްކަވާފައެވެ. ދުނިޔޭގެ ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައި ސަޕްލައި ޗެއިންތަކަށް ދިމާވާ ގޮންޖެހުންތަކާއި ބަދަލުވަމުންދާ ބާޒާރުގެ ޙާލަތާ އެއްގޮތަށް ހަރުދަނާ ނިޒާމުތައް ބިނާކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން އެ ސެޝަންގައި މަޝްވަރާކޮށްފައިވެއެވެ.

މީގެ އިތުރުން އެލައިޑް އިންޝުއަރެންސްގެ ސޭލްސް އެސިސްޓެންޓް މެނޭޖަރު މަރިޔަމް އަސްނާ ވަނީ "ސޭފްގާޑް ޔުއާ ކޮންސްޓްރަކްޝަން ޕްރޮޖެކްޓްސް" ގެ ނަމުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅައިދެއްވާފައެވެ. އެ ޕްރެޒެންޓޭޝަންގައި ޢިމާރާތްކުރުމުގެ މަޝްރޫޢުތައް ލަފާނުކުރެވޭ ހާދިސާތަކުންނާއި ނުރައްކާތަކުން ރައްކާތެރިކުރުމުގައި ރިސްކް މެނޭޖްމެންޓާއި އެކަށީގެންވާ އިންޝުއަރެންސް ޙައްލުތަކުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.

މި ފޯރަމުގައި ބައިވެރިވުމަކީ ޢިމާރާތްކުރުމުގެ ދާއިރާގެ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާޢަތު އިތުރަށް ހަރުދަނާކުރުމަށް އެލައިޑް އިންޝުއަރެންސުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރި ކަމެއްކަމަށް އެލައިޑުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.