ދުވާފަރާއި އިނގުރައިދޫ ބައްދަލުކުރިމެޗްގެ ތެރެއިން
ކުޅިވަރު
19 Aug 2026 | 18:24
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ރ.އަތޮޅު ޗެމްޕިއަންކަން ދުވާފަރަށް

މިހާރު ކުރިއަށްދާ އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ރ އަތޮޅު ޗެމްޕިއަންކަން ދުވާފަރު ހޯދައިފިއެވެ.

މިއަދު ހަވީރު އިނގުރައިދޫގައި ކުޅުނު ފައިނަލްމެޗް އިނގުރައިދޫ ޓީމް ބަލިކޮށް ދުވާފަރު މެޗް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއިންނެވެ. މިމެޗްގައި އެންމެ ފުރަތަމަ ލަނޑެއްޖަހައި ކުރީ ހޯދީވެސް ދުވާފަރު ޓީމުންނެވެ. ދުވާފަރުން ލީޑް ނަގާފައިވަނިކޮށް އިނގުރައިދޫ ޓީމުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ދުވާފަރުޓީމްގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

މެޗްގައި ދުވާފަރުން ޖެހި އަނެއް ދެ ލަނޑު ޖަހާފައިވަނީ ފަހު ހާފްގައެވެ. މެޗްގައި އިނގުރައިދޫ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިގެންގޮސްފައެވެ. 

މެޗް ނިމުމުން ޗެމްޕިއަން ޓީމަށް ޝީލްޑް ހަވާލުކުރިއިރު، މި މެޗް ނިމިގެންދިޔައީ ކުރިން ހީކުރިގޮތާ ހިލާފަށް ކުޅިވަރުގެ ރޫހާ އެއްގޮތަށެވެ. އާއްމުކޮށް ދުވާފަރާއި އިނގުރައިދޫ ބައްދަލުކުރާ މެޗްތަކުގައި މީގެ ކުރިން ހަމަނުޖެހުންތައް ފެނިގެންދިޔަ ނަމަވެސް، މި މެޗްގައި ފެނިގެން ދިޔައީވެސް އެންމެ ރީނދޫ ކާޑެކެވެ. މިމެޗްގައި ދެޓީމްގެ ފަރާތުން ވަރަށް ރީތި ކުޅުމެއް ފެނިގެންދިޔައިރު، ސަޕޯޓަރުންގެ ފަރާތުންވެސް ފެނިގެންދިޔައީ ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓްދިން މަންޒަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.