ކޮންސާ
ކުޅިވަރު
19 Aug 2026 | 21:20
އާސެނަލުން އެސްޓަންވިލާގެ ކޮންސާ ގަތުމަށް އެއްބަސްވެއްޖެ

އާސެނަލުން 50 މިލިއަން ޕައުންޑަށްވުރެ ބޮޑު އަގަކަށް އެސްޓަން ވިލާއަށް ކުޅެމުން އަންނަ ކޮންސާ ގަތުމަށް އެއްބަސްވެއްޖެއެވެ.

އިނގިރޭސި ބައެއް މީޑިއާތަކުން ބުނެފައިވަނީ މިހާރު ކުރިއަށް ދަނީ، އިނގިރޭސި ގައުމީ ޓީމުގެ ޑިފެންޑަރު އެމިރޭޓްސް ސްޓޭޑިއަމަށް ބަދަލުވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މެޑިކަލް ޓެސްޓުތައް ހެދުމުގެ މަސައްކަތެވެ.

ކޮންސާ ހޯދުމަށް އާސެނަލުން ވިލާއާއެކު އަލުން މަޝްވަރާތައް ފަށާފައިވާކަން ބީބީސީން މިދިޔަ ހަފުތާގައި ހާމަކުރި ނަމަވެސް، އޭރު ދެ ކްލަބުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އޭގެ ފަހުން އާސެނަލުން ބަޔާ ލެވަކޫސަންގެ ޖަރެލް ކުއަންސާ ހޯދުމަށް މަސައްކަތް ވަނީ ކޮށްފައެވެ.

އުމުރުން 28 އަހަރުގެ ކޮންސާ 2019 ވަނަ އަހަރުގެ  އެސްޓަންވިލާއަށް ބަދަލު ވުމަށްފަހު، އަޭނާ ވަނީ އެ ކްލަބަށް 286 މެޗު  ކުޅެދީފައިވެއެވެ. 

ވޯލްޑް ކަޕް ނިމުމުން ޗުއްޓީގައި ހުރުމާ ގުޅިގެން ކޮންސާ ވިލާގެ ޕްރީ-ސީޒަން އެއްވެސް މެޗެއްގައި ބައިވެރިވެފައެއް ނުވެއެވެ. އޭގެ ތެރޭގައި ޔޫއެފާ ސުޕަ ކަޕްގައި ޕީއެސްޖީ އަތުން 2-1 އިން ވިލާ ބަލިވި މެޗުވެސް ހިމެނެއެވެ. ވޯލްޑް ކަޕްގައި އިނގިރޭސި ޓީމުން ތިންވަނަ ހާސިލުކުރިއިރު ކޮންސާ ވަނީ އެ މުބާރާތުގެ ހުރިހާ މެޗެއްގައި ކުޅެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.