އިނގުރައިދޫ އާއި ދުވާފަރު ބައްދަލުކުރި މެޗް ފެށުމުގެ ތެރެއިން..
ކުޅިވަރު
19 Aug 2026 | 23:14
އިނގުރައިދޫ އާއި ދުވާފަރު މެޗުން ފެނުނު ނަމޫނާއަށް ދުވާފަރު ކައުންސިލް ރައީސްގެ ތައުރީފް

ރ.އިނގުރައިދޫ އާއި ދުވާފަރު ބައްދަލުކުރާ މެޗްތަކަކީ އަތޮޅު ފެންވަރުގައިވެސް ވަރަށްބޮޑު ސަމާލުކަން ލިބިގެން ގޮސްފައިވާ މެޗްތަކެކެވެ. މުޅި ރ.އަތޮޅަށް ބެލިނަމަވެސް ފުޓްބޯޅައިގައި އެންމެ ވާދަވެރި އެއް މެޗެއްގެ ގޮތުގައި އަބަދުވެސް ފާހަގަކުރެވެނީ ދުވާފަރާއި އިނގުރައިދޫ ބައްދަލުކުރާ މެޗެވެ. އާއްމު ގޮތެއްގައި މީގެ ކުރިން މި ދެޓީމްގެ ކުރިމަތިލުން ފެނިގެން ގޮސްފައިވަނީ ހަމަނުޖެހުން ބޮޑު މެޗްތަކެއްގެ ގޮތުގައެވެ. އެކަން މި ދެޓީމް މީގެ ކުރިން ބައްދަލުކުރި މެޗްތަކަށް ބަލާލުމުން އެނގެއެވެ. 

މީގެ ތެރެއިން އެންމެ ބޮޑަށް ހަމަނުޖެހުން ހިނގި އެއް މެޗަކީ 2022 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 13 ވަނަ ދުވަހު އުނގޫފާރުގައި ކުޅުނު ރ. އަތޮޅު ފުޓްބޯޅަ ޗެލެންޖުގެ ފައިނަލް މެޗެވެ. އެމެޗްގައި ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުމެއް ހިނގައި، މެޗް ބަލަންގޮސް ތިބި އަންހެނުންނަށާއި ކުޑަކުދިންނަށް އަނިޔާވިއެވެ. ބައެއް މީހުންނަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުން ފަރުވާ ހޯދަންވެސް ޖެހުނެވެ. އެފަހަރުގެ ހަމަނުޖެހުންތަކާ ގުޅިގެން ހޮސްޕިޓަލަށް 18 މީހަކު ގެންގޮސް ފަރުވާދިނެވެ. މީގެ ތެރޭގައި 18 އަހަރުނުވާ އަށް ކުދިންވެސް ހިމެނުނުކަން ފާހަގަކޮށްލެވެއެވެ.

2022 ވަނަ އަހަރު އިނގުރައިދޫ އާއި ދުވާފަރު ބައްދަލުކުރިމެޗަކާ ގުޅިގެން އުފެދުނު ހަމަނުޖެހުން

 މީގެ ކުރިން އަހަރުތަކުގައި އިނގުރައިދޫ އާއި ދުވާފަރު ބައްދަލުކުރި މެޗްތަކުގައި ހަމަނުޖެހުންތައް ހިނގަިދިޔަނަމަވެސް، މިއަދު ނިމިގެންދިޔަ އެޓޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި މި ދެ ޓީމު ފަރާތުން ފެނިގެން ގޮސް މުޅިން ތަފާތު މަންޒަރެކެވެ.

ދެ ޓީމުގެ ކުޅުންތެރިންގެ ފަރާތުންނާއި ސަޕޯޓަރުންގެ ފަރާތުން ވެސް ފެނިގެންދިޔައީ ކުޅިވަރުގެ ރޫހާ އެއްގޮތަށް ވާދަވެރިކަން ދައްކުވައިދިން އަމާން، އުފާވެރި މާހައުލެކެވެ. ސަޕޯޓަރުން ވެސް ވަނީ އެއްވެސް ހަމަނުޖެހުމަކަށް ޖާގަ ނުދީ، ކުޅިވަރުގެ ރޫހުގައި ޓީމުތަކަށް ސަޕޯޓްކޮށް ނަމޫނާ ދައްކާފައެވެ.

އިނގުރައިދޫ ރައްޔިތުން ދުވާފަރު ސަޕޯޓަރުން އެރަށަށް އައުމުން މަރުހަބާ ކިޔަނީ..

މި މެޗަށްފަހު 'ވޮއިސް ސްޕޯޓްސް' އަށް ދެއްވި އިންޓަވިއުއެއްގައި ދުވާފަރު ކައުންސިލްގެ ރައީސް އަހުމަދު ޝާހު ވަނީ ދެ ރަށުގެ ރައްޔިތުންނާއި ސަޕޯޓަރުން ދެއްކެވި އެކުވެރިކަމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

މީގެން އެނގި ހާމަވެގެން ދިޔައީ އިނގުރައިދޫގެ ރައްޔިތުން ވެސް މި ކުޅިވަރަށް ޓަކައި ހުރި ޖޯޝާއި ފޯރި. މިކަން ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށް ޓަކައި ހުރި ޝައުގުވެރިކަން. އެކަމަށް ޓަކައި އިނގުރައިދޫ ކައުންސިލްގެ ރައީސް ޣައްސާން އަށް އަދި ޚާއްސަކޮށް ކައުންސިލް މެމްބަރުންނަށް އަދި ޖުމްލަކޮށް މުޅި އިނގުރައިދޫގެ ރައްޔިތުން އަޅުގަނޑުމެންގެ މި ދުވާފަރު ޓީމަށް އަދި ދުވާފަރުގެ ސަޕޯޓަރުންނަށް، ދުވާފަރުގެ ރައްޔިތުންނަށް ތި ބެހެއްޓެވި ގާތްކަމާ އެކުވެރިކަމަށްޓަކައި، ތި ކިޔުއްވި ހޫނު މަރުޙަބާއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން

ދުވާފަރު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ޝާހް ވިދާޅުވީ، މެޗަށް ދުވާފަރުގެ ޓީމާއި ސަޕޯތަރުން އިނގުރައިދޫއަށް އައުމުން ފެނިގެންދިޔައީ ވަރަށް އުފާވެރި މަންޒަރުތަކެއް ކަމަށެވެ. އެގޮތުން ފައިނަލް މެޗަށް ތައްޔާރުވުމަށްޓަކައި އިނގުރައިދޫން ވީ ތައްޔާރީ ފާހަގަކޮށްލެވޭ ކަމަށެވެ.

މެޗުން މޮޅުވުމުން ދުވާފަރު ކުޅުންތެރިއަކު ޝުކުރުގެ ސަޖިދައެއްގައި..

އަދި ދުވާފަރު ޓީމު އެ ރަށަށް ފޭބީއްސުރެ މެޗު ނިންމާފައި އެނބުރި ދިޔުމާ ހަމައަށް ވެސް އިނގުރައިދޫގެ ރައްޔިތުންގެ ފަރާތުން ލިބުނު ހޫނު މަރުހަބާއަކީ ދުވަހަކުވެސް ހަނދާނުން ނެތިގެންދާނެ ކަމެއް ނޫން ކަމަށް ޝާހް ވިދާޅުވިއެވެ.

މި މެޗުން ސާބިތުވެގެން ދިޔައީ، މާޒީގައި ކިތަންމެ ބޮޑު ހަމަނުޖެހުމެއް ހިނގާފައި އޮތް ނަމަވެސް، އެކަންކަން އެއްފަރާތް ކުރުމަށްފަހު ކުޅިވަރުގެ ދަނޑުމަތިންނާއި ދަނޑުން ބޭރުން ވެސް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރިވެތި ނަމޫނާ ދެއްކިދާނެ ކަމެވެ. އިނގުރައިދޫ އަދި ދުވާފަރުގެ މި މެޗް ވެގެންދިޔައީ ހަމަ ޔަގީނުންވެސް މުޅި ރާއްޖޭގެ ކުޅިވަރު މައިދާނަށް ވެސް ލިބިގެންދިޔަ އަގުހުރި ނަމޫނާއަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.