ހަތަރު ގައުމެއްގެ ކަސްޓަމްސް ގުޅާލާ އެއްބަސްވުމެއްގައި ސޮއިކުރުން- ފޮޓޯ/ ކަސްޓަމްސް
ހަބަރު
20 Aug 2026 | 10:27
ރާއްޖެ ހިމެނޭހެން ހަތަރު ގައުމަކުން ބޯޑަރު ހުރަސްކޮށް ކުރާ ވިޔަފާރި އަވަސްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ބަންގުލަދޭޝް ބޫޓާން ރާއްޖެ އަދި ނޭޕާލުން ބޯޑަރު ހުރަސްކޮށް ކުރާ ވިޔަފާރި އަވަސްކުރުމަށްޓަކައި މުދާ އައުމުގެ ކުރިން މަޢުލޫމާތު ބަދަލުކުރުމާ ގުޅޭ މެމޮރެންޑަމް އޮފް އިންޓެންޓް (އެމްއޯއައި) އެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ކުރިއަށް ގެންގޮސްފައިވަނީ 14 ވަނަ ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސެސެކް) ކަސްޓަމްސް ގުރޫޕް ބައްދަލުވުމުގެ ހަވާސާގައި އިއްޔެ ގައި މާލޭގައެވެ.

މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ލޭބާ އެންޑް ޓެކްނޮލޮޖީ ވަޒީރު ޢަލީ އިޙުސާން އާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބީ) ގެ ޕްރިންސިޕަލް ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓް ޑރ. ޔުރެންދްރާ ބަސްނެޓް ބައިވެރިވެވަޑައިގެންނެވިއެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ހަތަރު ޤައުމުގެ ކަސްޓަމްސް އިދާރާތަކަށް މުދާ ބޯޑަރާ ހަމައަށް ފޯރުމުގެ ކުރިން ކާގޯއާ ގުޅޭ މުހިންމު މަޢުލޫމާތު އެއް އިދާރާއިން އަނެއް އިދާރާއަށް ފޯރުކޮށްދެވޭނެއެވެ. އެގޮތުން ކަސްޓަމްސް ގެ ކޮމްޕްލަޔަންސް ވަރުގަދަކޮށް ސަރަޙައްދީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމުގެ ނިޒާމު ހަރުދަނާ ކުރެވޭނެ ކަމަށެވެ.

މި ފިޔަވަޅުގެ ސަބަބުން ޕްރައިވެޓް ސެކްޓަރަށް ވެސް ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ. ބޯޑަރުގައި ލަސްވާ ލަސްވުން ކުޑަކޮށް ލޮޖިސްޓިކްސް ޚަރަދު ދަށްކޮށް ޝިޕްމެންޓްތައް ލިބޭނެ ވަގުތު ލަފާކުރެވޭ މިންވަރު އިތުރުކޮށް ސަޕްލައި ޗެއިންގެ ރައްކާތެރިކަން ވެސް މި އެއްބަސްވުމުގެ ތެރެއިން ކަށަވަރު ކުރެވޭނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.