ސްޓޭޓް މިނިސްޓަރު ޑރ.އަހުމަދު ވާހަކަދައްކަވަނީ
ހަބަރު
21 Aug 2026 | 11:25
ތައުލީމް ފޯރުކޮށްދިނުމުގައި ތުޅާދޫ ސްކޫލްްްް ފާހަގަވެފައިވަނީ ނަމޫނާ ސްކޫލެއްގެ ގޮތުގައި: ސްޓޭޓް މިނިސްޓަރު ޑރ.އަހުމަދު

ތައުލީމް ފޯރުކޮށްދިނުމުގައި ބ.އަތޮޅު ތުޅާދޫ ސްކޫލް ފާހަގަކުރެވިފައިވަނީ ނަމޫނާ ސްކޫލެއްގެ ގޮތުގައިކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙުމަދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ތުޅާދޫ ސްކޫލަށް 90 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ.އަހުމަދު ވިދާޅުވީ، ތުޅާދޫ ސްކޫލްގެ ހިދުމަތް މިހާ ގިނަދުވަހު ދެމިއޮތުގައި އެތައްބައެއްގެ މިންނެތް މަސައްކަތް ހިމެނޭކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގެ ތައުލީމް ފެށިގެން އާއިރު ބައެއް ރަށްރަށުގައި ވަކި ހިސާބަކުން އެކަން ހުއްޓި އަދި ފަހުން ފަށަން ޖެހުނު ނަމަވެސް ތުޅާދޫ ސްކޫލު މިއަދާ ހަމަޔަށް ދެމިއޮތުމަށް ކުރި މަސައްކަތްތައް މިއީ ބަޔަކު ވީ ވަރަށް މަތިވެރި ގުރުބާނީއެއްކަމަށް ވިދާޅުވިއެވެ. 

ޑރ.މުހައްމަދު ވިދާޅުވީ މިއަދު ފާހަގަ ކުރަނީ ހަމައެކަނި ތުޅާދޫ ސްކޫލުގެ 90 ވަނަ އަހަރީ ދުވަސް އެކަނި ނޫން ކަމަށާއި، މި ފާހަގަ ކުރަނީ މި ސްކޫލުގެ ޚިދުމަތުގެ ތެރެއިން މިރަށާ ދިވެހި ޤައުމަށް ގެނެސްދިން ތަރައްޤީއާ ހޯދައިދިން ކާމިޔާބީތަކުގެ ހަނދާންތައް ކަމަށެވެ.

ރޭ ބޭއްވި ޖަލްސާގެ ތެރެއިން..

ތުޅާދޫއަކީ މިހާރުވެސް އަދި ރާއްޖެއަށް އަސާސީ ތައުލީމް ފެށިގެން އާއިރުވެސް ރަންވަނަތަކެއް ހޯދި ރަށެއްކަން ވަޒީރުގެ ވާހަކާގައި ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ހިންގި އެންމެ ކާމިޔާބު އެއް ތަޢުލީމީ މަޝްރޫޢަކީ އަސާސީ ތަޢުލީމުގެ މަޝްރޫޢު. އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް 1980 ފެއްޓެވި އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ފަސްވަނަ އިމްތިޙާނުގެ ނަތީޖާ ފާޅުކުރެވިގެން ދިޔައީ 1989 ވަނަ އަހަރު. އެ އަހަރު މުޅި މަޝްރޫޢުގެ ފަސްވަނަ އިމްތިޙާނު ބާ އަތޮޅަށް ލިބުނީ ތިންވަނަ. އެހެންނަމަވެސް އަޅުގަނޑު ހަމަ ފަޚުރުވެރިކަމާއެކު މިއަދުވެސް ފާހަގަކޮށްލަން ބޭނުންވާ އެއްކަމަކީ އެ އަހަރުގެ އިމްތިޙާނު، މިދެންނެވީ ފަސްވަނަ އިމްތިޙާނުގެ ނަތީޖާއިން މުޅި ރާއްޖެއިން ރަންވަނަތަށް ހޯދަމުން ދިޔަ އިރު، 13 ރަށެއް އެއްވަނަ އަށް ދިޔަ. އޭގެ ތެރެއިން އެއް ރަށަކީ ތުޅާދޫ

ސްޓޭޓް މިނިސްޓަރ ޑރ. އަޙުމަދު

ޑރ.އަހުަމދު ވިދާޅުވީ ތައުލީމީ ދާއިރާއިން އެންމެ ކުރިންސުރެ ފެށިގެން ތުޅާދޫއިން ހީދަމުންދާ ކާމިޔާބީތަކުން ދައްކުވައިދެނީ ތަޢުލީމަށްޓަކައި މުޖްތަމަޢަކުން އެ މުޖްތަމަޢުގެ އަފްރާދުން އިސްނަގާ ކުރަންފަށާ ކޮންމެ މަސައްކަތެއްގެ އަދިކަމެއް ފެތުރިގެންދާނެ މިންވަރުކަމަށެވެ.

ތުޅާދޫ ސްކޫލަށް 90 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވަނީ އެ ސްކޫލަށް ފާހަގަކޮށްލެވޭ ފަދަ ހިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް އެކަމުގެ އަގު ވަޒަންކުރުމުގެ ހަނދާނީ ލިޔުން ދީފައެވެ. 

ތުޅާދޫ ސްކޫލަކީ ރައްޖޭގައި އެންމެ ގިނަދުވަސްވީ އެއް މަދަރުސާތަކުގެ ތެރޭގައި ހިމެނޭ މަދަރުސާއެވެ. ތުޅާދޫ ސްކޫލް ފެށިގެން މިއަދާހަމަޔަާް އާއިރު، އެ ސްކޫލް ދެމިއޮތުމުގެ އެންމެބޮޑު އެއް ބާރަކީ ސްކޫލް ފަށައިގެން އައި ދުވަސްވަރު ރަށުގެ މަސްވެރިންގެ ފަރާތުން ލިބުނު އެއްބަރާރުލުމެވެ. ތުޅާދޫ ސްކޫލްގެ 90 އަހަރުވީ އަހަރީ ދުވަސް ފާހަގަކުރުމަށް ސިލްސިލާ ހަރަކާތްތަކެއް ފަށާފައިވާއިރު، މިއަދު މަސްވެރިންނަށް ދޭ ހާއްސަ ޖާފަތެއް އޮންނާނޭކަމަށް ސްކޫލުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.