ރައީސް ނަޝީދާއި ރައީސް މުޢިއްޒު- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
23 Aug 2026 | 09:58
ރައީސް ނަޝީދު، ރައީސް މުޢިއްޒު އަށް: ލާމަރުކަޒީ ނިޒާމާ ކުޅެ ތިޔަ ފައްކާކުރައްވަނީ ބަޣާވާތެއް

ކައުންސިލްތަކުގެ އިޚްތިޞާޞުގައި ހިމެނޭ ބިންތައް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް ކުރާ މަސައްކަތުން ފައްކާކުރައްވަނީ "ރަނގަޅު ބަޣާވާތެއް" ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙައްނާން އަބޫބަކުރު ވަނީ ރަށްރަށުގެ ބިމާއި ފަޅާއި ފަރު ފަދަ ތަންތަން ކައުންސިލްތަކުގެ ބެލުމުގެ ދަށުން ނަގައި ވަޒީރުންގެ މަޖިލީހުގެ ސީދާ ބާރުގެ ދަށަށް ބަދަލުކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހް ކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައެވެ.

ގދ. ތިނަދޫގައި މީހުން އަލުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ރަށުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި އެ ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ތިނަދޫ އަދި ހުވަދޫ ފަދަ ތަންތަނުގެ ރައްޔިތުންގެ ބިންތައް އަތުލަން އުޅޭ އިރު އެ ސަރަޙައްދުގެ ތާރީޚަށް ރައީސް ވިސްނެވުން ލާޒިމު ކަމަށެވެ.

"މި ރަށުގެ އަދި މި އަތޮޅުގެ ރައްޔިތުން އިހުތިޖާޖަށް ތެދުވީ ސަބަބެއް ނެތިއެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ހުރިހާ މައްސަލައެއްގެ މުލަކީ މާލެއިން ހުރިހާ ކަމެއް ނިންމުމުގެ ވިސްނުން ކަމަށެވެ.

"ދިވެހި ދައުލަތުން ވަރަށް ބޮޑަށް ގަބޫލުކުރީ، އަތޮޅުތަކުގެ ހިންގުންތައް، ނިންމުންތައް، ކަންކަން ހިންގާން ޖެހޭނީ އެ އަތޮޅުތަކުގެ ރައްޔިތުން އިންތިހާބުކުރާ ބަޔެކޭ. މާލޭގައި އޮންނަ ސަރުކާރަކުން އައްޔަންކުރާ ބަޔެއް ނޫނޭ،" ނަޝީދު ވިދާޅުވި އެވެ.

އެފަދައިން ކަންކަން ވެފައި އޮތްކަން ތާރީޚުން އެނގެން އޮތްއިރު،   ރައީސް މުއިއްޒު މި ރަށްރަށުގެ ބިންތައް ކައުންސިލްގެ އަތުން އަތުލައްވަން މަސައްކަތްކުރައްވައި ފައްކާކުރައްވަނީ ބަޣާވާތެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. 

"ރައީސް ޑރ. މުޢިއްޒު އަނެއްކާ ތި ފައްކާކުރައްވަނީ ރަނގަޅު ބަޣާވާތެއް. ދިވެހިރާއްޖެ ރޫޅާލުމަށް ތިބޭފުޅާ ތި މަސައްކަތް ކުރައްވަނީ" 

ރައީސް ނަޝީދު

ޖަޒީރާ ޤައުމެއްގެ ރަށްރަށުގައި ކުރަންވީ ކަންކަން ވަޒީރުންގެ މަޖިލީހަށް ނޭނގޭނެ ކަމަށާއި ޤާނޫނު ބަދަލުކޮށްގެން ބިންތައް ވަކިކުރުމަށް ރައްޔިތުން "ވަރިހަމަ" ނުކޮށް ތިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދިވެހިރައްޔިތުން ޑރ. މުޢިއްޒު ތެދުވާނެ. މި ރާއްޖެ ފަހަތަށް ދިޔުމަކަށް އެ ރައްޔިތުން ޖާގައެއް ނުދޭނެ. އަޅުގަނޑުމެންވެސް ތެދުވާނަން. ދިވެހިރާއްޖޭގެ ރައްޔިތުންގެ ރުހުމާ ރައްޔިތުންގެ އެދުމާ އެކީ ނޫން ގޮތަކަށް ދިވެހިރާއްޖޭގެ އެއްވެސް ކަމެއް ހިނގައިގެން ނުވާނެ ހިންގިޔަ ދީގެންވެސް ނުވާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ގދ. ތިނަދޫގައި މީހުން އަލުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ރަށުގައި ރޭ ބޭއްވި ރަސްމީ ޖަލްސާ- ފޮޓޯ/ ތިނަދޫ ކައުންސިލް

ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި މާޒީގައި ލާމަރުކަޒީ ނިޒާމު ނެތުމުން ހިނގި ހަމަނުޖެހުންތައް ނިމިގެން ދިޔައީ ދެކުނުގެ ތިން އަތޮޅު ދިވެހި ދައުލަތާ ވަކިވުމާ ހަމައަށެވެ. ނަމަވެސް ފަހުން ލާމަރުކަޒީ ނިޒާމު ތަޢާރަފްވެ ޑިމޮކްރެޓިކް ބަދަލުތައް ގެނެވުނީ ތިނަދޫ ރައްޔިތުންނާ ގުޅިގެން ކުރި މަސައްކަތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތިނަދޫގައި ތިބޭފުޅުން މިއަދު ދެކޭ ހުރިހާ ތަރައްގީއެއްގެ އަސްލަކީ އެ ޑިމޮކްރެޓިކް ނިޒާމް. ކޮންކްރީޓެއް ނޫން ތިބޭފުޅުންގެ ތަރައްޤީއަކީ. ތިބޭފުޅުންގެ ތަރައްޤީއަކީ ތިބޭފުޅުންގެ ވިސްނުމަށް ތިޔަ އައި ބަދަލު. މިނިވަންކަމަށް ތިބޭފުޅުން ކުރާ ޤަދަރު" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ތިނަދޫގައި އިތުރު އެއާޕޯޓް އަޅައި އެތަން ދެވަނަ މާލެ އަކަށް ހެދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށާ، ކޮންކްރިޓް ތަރައްގީ ނޫން ގޮތަށް، ރަށްރަށުގެ ގޮނޑުދޮށްތަކާއި ފަރުތަކާއި، އެނޫންވެސް ގުދުރަތީ ވަސީލަތްތަކުގެ އެހީގައި ތަރައްގީ ހޯދޭނެ ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.