ތ. ވިލުފުށި، މޫނިމާގެ، އާދަމް ޢަދްލާން ލަޠީފް
ހަބަރު
23 Aug 2026 | 15:16
ކުޑަކުދިންގެ އޮރިޔާންކާޑު ގެންގުޅުނު ކަމަށް ތުހުމަތުވާ މީހާގެ ދައުވާތައް ނެގި ސަބަބު ޕީޖީން ސާފުކޮށްދީފި

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު ކަމަށް ތުހުމަތުކުރެވުނު ތ. ވިލުފުށި، މޫނިމާގެ، އާދަމް ޢަދްލާން ލަޠީފްގެ މައްޗަށް ކުރި ދަޢުވާތައް އަނބުރާ ގެނައި ސަބަބު ޕީޖީން ސާފުކޮށްދީފިއެވެ. 

ޕީޖީ އޮފީހުން ބުނީ ޢަދްލާން ލަޠީފްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން 5 މެއި 2026 ގައި އެ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅި ކަމަށެވެ. ލިޔެކިޔުންތައް ދިރާސާކުރުމުން ދައުވާކުރެވޭ މިންވަރަށް ހެކި ޤަރީނާ ނެތް ކަމަށް ފެނިގެން އެ އޮފީހުން ފުރަތަމަ ނިންމީ ދައުވާ ނުކޮށް މައްސަލަ ފުލުހުންނަށް އަނބުރާ ފޮނުވައިލުމަށް ކަމަށެވެ. ނަމަވެސް ފުލުހުންގެ ފަރާތުން އެ ނިންމުން މުރާޖައާކޮށްދޭން އެދުމާ ގުޅިގެން މުރާޖައާ ހިނގާ މުއްދަތުގައި ދައުވާކުރުމުގެ ޤާނޫނީ މުއްދަތު ހަމަވެދާނެތީ 19 މެއި 2026 ގައި ދެ ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅީ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ކޯޓަށް ހުށަހެޅީ ޤާނޫނުލްޢުޤޫބާތުގެ 246 ވަނަ މާއްދާގެ ދަށުން ކޮމްޕިއުޓަރ ސިސްޓަމެއްގައި ކުޑަކުދިންގެ އޮރިޔާންކާޑު ބެހެއްޓުމުގެ ދައުވާއާއި 622 ވަނަ މާއްދާގެ ދަށުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއެވެ. ޕީޖީ އޮފީހުން ބުނީ ދައުވާ ހުށަހެޅީ އެ ވަގުތު ފިޔަވަޅު ނޭޅިއްޖެ ނަމަ ފަހުން ދައުވާކުރުމުގެ ފުރުސަތު ޤާނޫނީ ގޮތުން މުޅިން ބަންދުވާނެތީ ކަމަށެވެ.

ކޯޓަށް ދައުވާ ހުށަހެޅުމަށްފަހު އެ ދައުވާތައް އިތުރަށް މުރާޖައާކޮށް ހަތަރު ސަބަބެއް ފާހަގަކޮށް ދައުވާތައް އަނބުރާ ގެނައި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އެ ގޮތުން ބުނީ؛

- އާދަމް ޢަދްލާން ލަޠީފް ކުޑަކުދިންގެ އޮރިޔާންކާޑު ވިއްކައި ވިޔަފާރިކުރިކަމެއް އެހެން ފަރާތަކަށް ފޮނުވިކަމެއް ނުވަތަ އެ ބާވަތުގެ ނެޓްވޯކަކާ ގުޅުމެއް އޮތްކަމެއް ދައްކައިދޭ ހެއްކެއް ހޯދިފައި ނުވާ ކަމަށް

- ގިނަ ޑިޖިޓަލް ޑިވައިސްތަކެއް ފުލުހުން ނެގި ނަމަވެސް އޭގެ ގިނަ ޑިވައިސްތައް އޭނާއާ ގުޅުވައިލެވޭ ވަރަށް ހެކި ލިބިފައި ނުވާ ކަމަށް

- އޭނާއާ ގުޅުވެން ހުރި ޑިވައިސްތަކުން ފެނުނު އޮރިޔާންކާޑަކީ ކުޑަކުދިންގެ އެއްޗެއްކަން ސާބިތުކުރެވޭ ވަރަށް ވެސް ހެކި ނެތް ކަމަށް 

- ޕީޖީ އޮފީހުން އިތުރަށް ބުނީ ހެކިތަކަށް ބެލުމުން ކުރިއަށް ގެންދެވެން އޮތީ ހަމައެކަނި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ކަމަށާ، އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކަމަށާއި އެންމެ ލުއި އަދަބަކީ ނުވަ ދުވަހުގެ ޖަލު ހުކުމެއް ކަމަށް.

ޕީޖީން ބުނީ އާދަމް ޢަދްލާން ލަޠީފް ތަހުގީގު މަރުހަލާގައި 28 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ ދައުވާ ސާބިތުވިޔަސް ކުށުގެ އަދަބުން ބަންދުގެ މުއްދަތު އުނިކުރުމުން އިތުރަށް ތަންފީޒުކުރާނެ އަދަބެއް ނޯންނާނެ ކަމުން ދައުވާ ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް ނެތް ކަމަށެވެ.

މި ނިންމުމާ އެކު އާދަމް ޢަދްލާން ލަޠީފްގެ މައްޗަށް ހުށަހެޅި ދެ ދައުވާ ވެސް ކޯޓުން އަނބުރާ ގެނެސް މައްސަލައިގެ ޕީޖީ އޮފީހުގެ މަރުހަލާ ނިމިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.