ބަސްފޮތް ނެރުމުގެ ޖަލްސާގައި ރައީސް މައުމޫން ވާހަކަދައްކަވަނީ... ފޮޓޯ: ވޮއިސް
ހަބަރު
23 Aug 2026 | 23:57
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން

ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޑރ. ޙަސަން ޙަމީދު ލިޔުއްވާފައިވާ ފޮތެއް ނެރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭން ޖެހޭ ބަހަކީ މާދަރީ ބަސް ނުވަތަ ދިވެހިބަސް ކަމަށާއި، ކުދިންނާ އެންމެ ފުރަތަމަ ވާހަކަދައްކަން ވާނީ ވެސް ދިވެހިބަހުން ކަމަށެވެ. މިއަދުގެ ދިރިއުޅުމުގައި އިނގިރޭސި ބަހަށް ދޭންޖެހޭ އަހައްމިއްޔަތުކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ޑރ. ޙަސަން ޙަމީދުގެ މި ފޮތަކީ އިނގިރޭސި ބަހުގެ މުއްސަނދިކަން ދިވެހިބަހުން ދެނެގަތުމަށް އެޅުނު ވަރަށް މުހިންމު ފާލަމެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި މިއީ ދިވެހި ދަރިވަރުންނަށާއި، ލިޔުންތެރިންނަށާއި، ތަރުޖަމާނުންނަށް ލިބުނު ވަރަށް އަގުހުރި، ބޭނުންތެރި ޢިލްމީ ޚަޒާނާއެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ. އަދި މިފަދަ ވަސީލަތްތަކުގެ ސަބަބުން އިނގިރޭސި ބަހަށް ކުދިން ހުށަހެޅޭ މިންވަރު އިތުރުވެ، ދިވެހިބަހުގެ އަސްލު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއީ މުޅި މުޖުތަމަޢު ފުންކޮށް ވިސްނަންޖެހިފައިވާ ކަމެއް ކަމަށާއި، ބަހުގެ އަސްލު ނުގެއްލޭނެހެން މާދަރީ ބަސް ޙިމާޔަތްކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެން ކުޑަކުދިންނާ ވާހަކަދައްކާއިރު އެންމެ ފުރަތަމަ އިސްކަންދޭން ވާނީ ދިވެހިބަހަށް. ދިވެހިބަސް ދަސްވާނީ ދިވެހިބަހުން ވާހަކަދައްކައިގެން. ގޭތެރޭގައްޔާއި މަދަރުސާތަކުގައިވެސް މިކަމަށް އިސްކަންދޭންޖެހޭ

ރައީސް މައުމޫން

މީގެއިތުރުން، ދިވެހިބަސް ކުރިއެރުވުމުގެ ދާއިރާއިން ޑރ. ޙަސަން ޙަމީދު ފަދަ ޢިލްމީ ބޭފުޅުންގެ ކިބައިން ނަމޫނާ ލިބިގަންނަންޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ޒުވާނުންނާއި ލިޔުންތެރިން ބަހުގެ ދިރާސާތައް އިތުރުކުރުމަށް ބާރުއަޅުއްވައި، ދިވެހި އަދަބިއްޔާތާއި ބަހުގެ ޢިލްމު ދިރުވައި އާލާކުރުމަށް ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ކުރީގެ ރައީސް މައުމޫނު ފާހަގަ ކުރެވިފައިވަނީ އެމަނިކްފާނުގެ ވެރިކަމުގައި ހާއްސަ ގޮތެއްގައި ތައުލީމަށް ވަރަށްބޮޑު އަހަމިއްޔަތުކަމެއް ދެއްވި ރައީސެއްގެ ގޮތުގައެވެ. އެގޮތުން އެމަނިކްފާނުގެ ވެރިކަމުގައި ލިޔެކިޔަން ނުދަތުން ފިލުވާލުމަށް 1980 ވަނަ އަހަރު ކުރިއަށްގެންދިޔަ "އަސާސީ ތަޢުލީމުގެ މަޝްރޫޢު" އަކީ ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ކާމިޔާބު ޤައުމީ މަޝްރޫޢުކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. މި މަޝްރޫޢުއާއެކު ދިވެހިރާއްޖެ ވެގެން ގޮސްފައިވަނީ، މުޅި ދެކުނު އޭޝިއާގައިވެސް ލިޔެކިޔަން ދަންނަ މީހުންގެ ނިސްބަތް އެންމެ މަތީ ޤައުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.