އުސްތާޛް އަބޫ ތައިމިއްޔާ
ހަބަރު
24 Aug 2026 | 18:00
އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ޝެއިޚް އަބޫ ތައިމިއްޔާގެ ބޮޑު ދަރުހެއް ބާއްވަނީ

މަހަލްދީބު ފައުންޑޭޝަނުގެ "އެންލައިޓެން ޕްރޮގްރާމް" ގެ ދަށުން ދިވެހިރާއްޖެއަށް އުސްތާޛް އަބޫ ތައިމިއްޔާ ކުރައްވާ ދަތުރުގެ ތެރެއިން މިރޭ އައްޑޫ ސިޓީގައި އަދި މާދަމާރޭ، ފުވައްމުލައް ސިޓީގައި ޝެއިހުގެ ބޮޑު ދަރުހެއް ކުރިއަށް ގެންދިއުމަށްވަނީ ނިންމައިފިއެވެ. 

އައްޑޫ ސިޓީގައި އައްޑޫ ސިޓީ ކައުންސިލާއި، އަލްބަލަދު ޖަމިއްޔާ، މިޝްކާރު ފައުންޑޭޝަން އަދި ނޫރުލްއިސްލާމު ޖަމިއްޔާއާ ގުޅިގެން "ސައުންޑްނެސް އޮފް ދަ ހާޓް " ގެ ނަމުގައި ދަރުހެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ދަރުސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިރޭ 20:15 ގައި އައްޑޫ ހައި ސްކޫލުގައެވެ.

ހަމައެއާއެކު، މާދަމާ ރޭ ފުވައްމުލަކު ސިޓީގައި ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެން "ހައު ދަ ޕްރޮފެޓް ބިލްޓް މަދީނާ" ގެ ނަމުގައި ދަރުހެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ދަރުސް ކުރިޔަށް ދާނީ މާދަމާ ރޭ 20:30 ގައި ޏ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައެވެ.

މި ދެ ބޮޑު ދަރުހުގެ އިތުރުން، އައްޑޫ ސިޓީގައި ރޭގެ ވަގުތެއްގައި ވަނީ ޒުވާނުންނަށް ޙާއްސަކޮށް “ ޑޮޕަމައިން އަލް” ގެ ނަމުގައި ސެޝަނެއް ކުރިއަށް ގެންދެވިފައެވެ.

މީގެއިތުރުން، މާދަމާ، ފުވައްމުލައް ސިޓީގައި ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން “ވޮމެން އެންޑް ދަ ސެކްރެޑް ސޮލިޓިޔުޑް“ ގެ ނަމުގައި އަންހެނުންނަށް ޙާއްސަ ސެޝަނެއް އަދި ”މުސްލިމް ޔޫތް އައިޑެންޓިޓީ ކްރައިސިސް”ގެ ނަމުގައި އޭ.އަ.ޖީ ގްރޭންޑްގައި 16:00 ގައި ޒުވާނުންނަށް ޙާއްސަ ސެޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި  ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެންމެހާ ފަރާތްތަކަށްވެސް ވަނީ ހުޅުވާލެވިފައެވެ.  

ޝެއިހު ރާއްޖެއަށް ކުރައްވާ ދަތުރުގެ ތެރެއިން މާލޭގައި ޔުނިވަރސިޓީ ދަރިވަރުންނާއި ޒުވާނުންނަށް އަދި އަންހެނުންނަށް ޙާއްސަ ސެޝަންތަކެއް ކުރިއަށް ގެންދެވިފައިވެއެވެ. އަދި މާލޭގައިވެސް ބޮޑު ދަރުހެއް ވަނީ ކުރިއަށް ގެންދެވިފައެވެ.

ޝެއިޚް އަބޫ ތައިމިއްޔާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދީނީ ދަރުސްތައް ދެއްވަމުން ގެންދަވާ، ދިވެހިންގެ މެދުގައިވެސް މަޤުބޫލު އިލްމުވެރިއެކެވެ. އަދި ޝެއިހަކީ ތައިމިއްޔާ އިންސްޓިޓިއުޓުގެ ނަމުގައި އިންސްޓިޓިއުޓެއް ކުރިއަށް ގެންދަވާ ބޭފުޅެއްވެސް މެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.