ތިނަދޫ މޭޔަރު-
ހަބަރު
27 Aug 2026 | 15:25
ތިނަދޫ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި އެ ރަށުގެ އާބާދީ އޮޅުވާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުޤީޤު ނިންމައި ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ 2024 ވަނަ އަހަރު މި މައްސަލަ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވެފައިވާގޮތުން  ތިނަދޫގެ އާބާދީގައި 10150 މީހުން ހަމަވާ ކަމަށް ބުނެފައިވަނީ އޮޅުވާލައިގެންނެވެ.

އަދި އެކަން އެހެން ކުރީ އޭރުގެ ކައުންސިލަރުން މޭޔަރުކަމުގެ ލަޤަބު ލިބިގަތުމުގެ ބޭނުމުގައާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ތިނަދޫ ސިޓީއަކަށް ހައްދަވާނެ ކަމަށް ވަޢުދުވެވަޑައިގެންފައި އޮތުމުން ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.

މި މައްސަލައިގައި ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީ މި މަހުގެ 10 ވަނަ ދުވަހު އެ ސިޓީގެ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު މިދިޔަ ހަފުތާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެހެންނަމަވެސް ދައުވާ ކުރަން އެދުނީ ކޮން ބައެއްގެ މައްޗަށް ކަމެއް ނުވަތަ ކޮން ކުށެއްގެ ދައުވާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. 

ތިނަދޫގެ އާބާދީ އޮޅުވާލި ކަމަށްބުނެ މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށްވެސް މައްސަލަ ހުށަހެޅި އެވެ. އަދި އޭސީސީން ވަނީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ ފާސްކޮށް، ބައެއް ލިޔެކިޔުން ގެންގޮސްފަ އވެެ.

ތިނަދޫ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ 2023 ވަނަ އަހަރުގެ އޮގަސްޓް 30 ގައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ރައީސް ޞާލިޙުގެ ވެރިކަމުގައެވެ. މި ސަރުކާރުން ވެސް ވަނީ އެ ނިންމުން ބަދަލެއް ނުގެނެސް ދެމެހެއްޓުމަށް ނިންމައިފައެވެ.

ޤާނޫނުގައި ބުނެފައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދެވެނީ އާބާދީ 10،000 ހަމަވުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Aug 2026
މިދިޔަ އަހަރު ނިމުނުއިރު ޓޫރިޒަމް ޓްރަސްޓް ފަންޑުގައި 149.2 މިލިއަން ރުފިޔާ
އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުން ހޭދަކޮށްފައިވަނީ އޮންނަ އުސޫލުގެ މަތިންނެވެ. އެގޮތުން ހަރަދު ކުރުމުގައި މައްސަލައެއް ނެތްކަން އޮޑިޓަރުގެ ރިޕޯޓުން ފާހަގަވެއެވެ
27 Aug 2026
ޕާކިސްތާނުގައި އަނެއްކާވެސް ހަމަލާދީ ބަޔަކު މަރާލައިފި، ހަމަލާތައް އިތުރުވަނީ
މި ހަމަލާ ދިން މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން މިހާރު ވަނީ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.
27 Aug 2026
ތިނަދޫ އާބާދީ އޮޅުވާލި ކަމުގެ ތުހުމަތުގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ 2024 ވަނަ އަހަރު މި މައްސަލަ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވެފައިވާގޮތުން ތިނަދޫގެ އާބާދީގައި 10150 މީހުން ހަމަވާ ކަމަށް ބުނެފައިވަނީ އޮޅުވާލައިގެންނެވެ.
27 Aug 2026
އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމުން ހިސާން އިސްތިއުފާ ދެއްވައިފި
ހިސާންގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އައު މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި ދެމިހުންނެވުމަކީ ޑިމޮކްރަސީގެ އަސާސްތަކާ ފުށުއަރާ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.
27 Aug 2026
އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަޔަކު ބަދު އަޚްލާގީ ޢަމަލަު ހިންގި މައްސަލައެއް
ފުލުހުން ބުނީ، ހިޔާ ފުލެޓްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަޔަކު ބަދުއަހުލާގީ އަމަލު ހިންގިކަމަށް ބެލެވޭ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
27 Aug 2026
ހަނިމާދޫއަށް 1200 ކިލޯވޮޓްގެ އައު ޖެންސެޓެއް ގެންގޮސްފި
ހދ. ހަނިމާދޫ އިންޖީނުގޭގެ ކެޕޭސިޓީ 3500 ކިލޯވޮޓުން 4400 ކިލޯވޮޓަށް އިތުރުކުރުމަށް 1200 ކިލޯވޮޓުގެ އައު ޖެންސެޓެއް އެ ރަށަށް ގެންގޮސް، ޕީކް ގަޑިތަކުގެ ލޯޑު މައްސަލައަށް ހައްލު ލިބޭނެ ކަމަށް ފެނަކައިން ބުނެފިއެވެ.
27 Aug 2026
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޢައްޔަނުކޮށްފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޔޫސުފް ޢައްޔަނުކުރައްވައި، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ހުވައި ކުރައްވައިފިއެވެ.
27 Aug 2026
މާލޭ ގެއެއްގައި ގޭސް ލީކުވެ، އަންހެނަކު ނިޔާވެއްޖެ
ހާލުދެރަވެފައިވާ ދެ މީހުންގެތެރެއިން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެފަވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށް