ރައީސް މުޢިއްޒު އިންޖިނިއަރިން ކިޔަވާ ދަރިވަރުންނާ ބައްދަލުކުރެއްވުން- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
30 Aug 2026 | 13:43
ހައި އެޗީވާސް ސްކޮލަރޝިޕާއި ލޯނު ދިނުމުގައި އިންޖިނޭރިންގ ދާއިރާއަށް އިސްކަންދޭނަން: ރައީސް މުޢިއްޒު

އިންޖިނޭރުންގެ ދުވަހާ ގުޅިގެން އެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާ މިއަދު މުލީއާގޭގައި ބައްދަލުކުރައްވައި ހައި އެޗީވާސް ސްކޮލަރޝިޕާއި ލޯނު ދިނުމުގައި އިންޖިނޭރިންގ ދާއިރާއަށް އިސްކަން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީގެ ދަރިވަރުންނާ އެކު ބޭއްވެވި މި ބައްދަލުވުމުގައި ދަރިވަރުން ވަނީ ތަޢުލީމީ ދާއިރާގައާއި ވަޒީފާގެ މައިދާނުގައި ކުރިމަތިވެފައިވާ ހުރަސްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ.

ލެބޯޓަރީއާއި ޒަމާނީ އާލާތްތައް ނެތުމުން ޢަމަލީ ތަޖުރިބާ ލިބުމުގެ މަގު ހަނިވެފައިވާ ކަމާއި އާކިޓެކްޗަރ ދަރިވަރުންނަށް ޚާއްޞަ ސްޓޫޑިއޯ ނެތް މައްސަލައާއި ރާއްޖޭގައި އެ ދާއިރާއިން މާސްޓަރސް ފެންވަރަށް ކިޔެވޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން ދަރިވަރުން ފާޅުކޮށްފައިވެއެވެ. ހަމައެހެންމެ ޤަވާއިދާ ޚިލާފަށް ބިދޭސީންނަށް ވަޒީފާ ލިބެމުންދާތީ ސަނަދު ހާސިލުކޮށްފައިވާ ދިވެހި އިންޖިނޭރުންނަށް ވަޒީފާގެ ފުރުސަތު ގެއްލެމުންދާ މައްސަލަ ވެސް ދަރިވަރުން ފާހަގަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ އުމްރާނީ އަދި އިޤްތިޞާދީ ކުރިއެރުމަށް ދިވެހި އިންޖިނޭރުންގެ ދައުރު ވަރަށް މުހިންމު ކަމަށާއި އެ ދާއިރާއަކީ ހަމައެކަނި ދިވެހިން ޙަރަކާތްތެރިވާ ދާއިރާއަކަށް ހައްދަވަން ބޭނުންފުޅުވާ ކަމަށެވެ. ޒުވާން ދިވެހިން ތަޢުލީމު ހާސިލުކޮށްގެން ނުކުންނައިރު ވަޒީފާ ނުލިބެންވީ ސަބަބެއް ނެތް ކަމަށާއި ބިދޭސީންގެ ބަދަލުގައި ދިވެހި އިންޖިނޭރުންނަށް ވަޒީފާ ލިބޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ޔުނިވަރސިޓީ ތެރެއިން ރަނގަޅު ތަޢުލީމީ ފުރުސަތުތަކާއި ވަސީލަތްތައް ފޯރުކޮށްދެއްވައި ދާއިރާގެ ޤަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ސިޔާސަތެއްގެ ގޮތުގައި އިންޖިނޭރުންގެ ދުވަހެއް ކަނޑައެޅުއްވީ ވެސް މި ދާއިރާއަށް ގިނަ ދިވެހިން ޝައުޤުވެރިކުރުވައި ނެރުމުގެ ބޭނުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ކޮންމެ އަހަރެއްގެ އޮގަސްޓް 30 ވަނަ ދުވަސް "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 2025 ވަނަ އަހަރުއެވެ. ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބިޔަ އުމްރާނީ މަޝްރޫޢު ކަމުގައިވާ ސިނަމާލެ ބުރިޖު އިފްތިތާޙުކުރެވުނީ އޮގަސްޓް 30 ވަނަ ދުވަހު ކަމަށް ވާތީ އެ ދުވަސް އެކަމަށް އެންމެ އެކަށީގެންވާ ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Aug 2026
ހައި އެޗީވާސް ސްކޮލަރޝިޕާއި ލޯނު ދިނުމުގައި އިންޖިނޭރިންގ ދާއިރާއަށް އިސްކަންދޭނަން
އިންޖިނޭރުންގެ ދުވަހާ ގުޅިގެން އެމްއެންޔޫ ދަރިވަރުންނާ ބައްދަލުކުރައްވައި، އިންޖިނޭރިންގ ދާއިރާ ދިވެހިންނަށް ޚާއްޞަކޮށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
30 Aug 2026
ޑޮލަރު މާރުކުރަން ކެރިވަޑައިގެންނެވީ ރައީސް މުޢިއްޒަށް: ނައިބުރައީސް
ބޭރު ފައިސާއިން އާމްދަނީ ހޯދާ ވިޔަފާރިތަކުގެ އާމްދަނީގެ ބައެއް ބޭންކުތައް މެދުވެރިކޮށް މާރުކުރުން ލާޒިމުކުރެއްވުމުގެ ހިތްވަރު ހުރި ހަމައެކަނި ވެރިއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ނައިބުރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
30 Aug 2026
އިންޖިނިއަރިންގެ ދާއިރާތަކުން ދިރާސާކުރެވޭ ޒަމާނީ ލެބޯޓަރީއެއް ރާއްޖޭގައި
‏އިންޖިނިއަރިންގގެ އެކިއެކި ދާއިރާތަކުން ރިސަރޗްތައް ކުރެވޭ، ސްޓޭޓް އޮފް ދި އަރޓް ލެބޯޓްރީ ފެސިލިޓީއެއް ހިމެނޭގޮތަށް، ޢިމާރާތެއް ބިނާކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
30 Aug 2026
އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ ލިބޭ ފަރާތްތަކުން އަލުން ރަޖިސްޓަރީވާން އެދިއްޖެ
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދެމުންގެންދާ އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެހީ ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން އަލުން ފޯމު ހުށަހެޅުމަށް (ރީ-ރަޖިސްޓަރީ ވުމަށް) އެ އެޖެންސީން ހުޅުވާލައިފިއެވެ.
30 Aug 2026
އެމްއޭސީއެލުން އެއާޕޯޓުގެ ފަންނީ ދާއިރާތައް ކުދިންނަށް ދައްކާލައިފި
އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލުން ހަތް ދާއިރާއެއްގެ ފަންނީ މަސައްކަތް ދައްކާލައި، އިންޖިނިއަރިންއަށް ކުދިންގެ ޝައުޤު އުފެއްދުމަށް މަސައްކަތްކޮށްފައިވެއެވެ.
30 Aug 2026
ސިނަމާލެ ބްރިޖަކީ ދެ ޤައުމުގެ އިތުބާރާއި އެކުވެރިކަމުގެ ދެމިއޮންނާނެ ރަމްޒެއް
މާލެ އާއި ހުޅުމާލެ އަދި ހުޅުލެ ގުޅުވައިދޭ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސިނަމާލެ ބްރިޖް) އަކީ ހަމައެކަނި އުމްރާނީ ބިނާއެއް ނޫން ކަމަށާއި، އެއީ ދެ ޤައުމުގެ ދެމެދުގައިވާ އިތުބާރާއި އެކުވެރިކަމުގެ ތެރެއިން ހާސިލުކުރެވޭނެ ކަންކަމުގެ ދެމިއޮންނާނެ ރަމްޒެއް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.
30 Aug 2026
ސިނަމާލެ ބްރިޖަށް 8 އަހަރު؛ މި ބްރިޖަކީ އިތުބާރާއި އުންމީދުތަކުގެ ރަމްޒެއް
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ދާއިމީ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމުގެ މެދުގައި އޮތް ބައިވެރިވުން އިތުރަށް ވަރުގަދަކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
30 Aug 2026
ފުރަތަމަ ދެ މެޗުގައި ރޯޑްއެސްއެސްއޭ އާއި ސްޓެލްކޯ ކޭ-38އަށް މޮޅެއް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ސްޓެލްކޯ މަހިބަދޫ އިންޖީނުގޭގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "ސްޓެލްކޯ މަހިބަދޫ އިންޓަ-އޮފީސް ވޮލީބޯޅަ މުބާރާތް" ފޯރިއާއެކު ފަށައިފިއެވެ.