ބޭރު ފައިސާއާ ބެހޭ ގަނޫނު ރައީސް ތަސްދީގު ކުރައްވަނީ-
ހަބަރު
31 Aug 2026 | 13:29
40 އިންސައްތަ މާރުކުރިޔަސް ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދެވޭނެ؛ ދޭންވާނީވެސް ޑޮލަރުން: ރައީސް މުޢިއްޒު

ރިސޯޓްތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރި ނަމަވެސް، ރިސޯޓް މުވައްޒަފުންގެ މުސާރަ ދޭންވާނީ ޑޮލަރުން ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ލާޒިމްވާ ގޮތަށް ޤާނޫނަށް ގެނެވުނު އިސްލާހް ރައީސް މުޢިއްޒު ވަނީ މިއަދު ތަސްދީގު ކުރައްވާފައެވެ. 

ބިލު ތަސްދީގު ކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް އެ ގެނެވުނު އިސްލާހަކީ މުހިންމު އިސްލާހެއް ކަމަށެވެ. އަދި އެ އިސްލާހްގެ ސަބަބުން ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކުން މާރުކުރަންޖެހޭ އަދަދަށް ބަދަލު ނާންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެ އިސްލާހްގެ ސަބަބުން އަސާސީ ކަންކަމަށް ކުރާ ޚަރަދުތަކަށް އޭގެ ފައިދާ ވާނެ ކަމަށެވެ. 

ފަތުރުވެރިކަމުގެ ސިނާއަތުން މިދިޔަ އަހަރު 5.6 ބިލިއަން ޑޮލަރު ލިބުނު ކަމަށް ތަފާސްހިސާބުތަކުން ދައްކާ. އެހެންނަމަވެސް އޭގެތެރެއިން ރާއްޖޭގެ ބޭންކިންގ ނިޒާމަށް ވަދެފައިވާ ކަމަށް އަންދާޒާކުރެވެނީ 3.8 ބިލިއަން ޑޮލަރު. މި 3.8 ބިލިއަން ޑޮލަރުގެ ތެރެއިން ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ދައްކަނީ 21 އިއްސައްތަ. ބޭރުފައިސާގެ ގާނޫނަށް އަމަލުކުރަން ފެށުމުގެކުރިން މާރުކުރަނީ 10 އިއްސައްތަ.

ރައީސް މުޢިއްޒު

ރައީސް ވިދާޅުވީ މާރުކުރާ ޕަސެންޓޭޖް އިތުރުކުރުމުން އޭގެ ފައިދާ ކުރާނީ ރައްޔިތުންނަށް ކަމަށާ، އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއިން ފަސޭހަތަށް ލިބިގެންދާނެ ކަމަށެވެ. 

މި ބަދަލާއެކު ރިސޯޓްތަކުގެ ބޭފުޅުންގެ ފަރާތުން ކަންބޮޑުވުން ފާޅުކުރެއްވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ބަދަލު ގެނެވުނީ ގިނަ ދިރާސާތަކެއް ކުރުމަށްފަހުގައި ކަމަށާ، އެކަން ކުރީ ހިސާބު ކިތާބު ބަލައި، މައުލޫމާތުތައް އެއްކޮށްގެން ކަމަށެވެ. 

ރިސޯޓްތަކުން 40 އިންސައްތަ މާރުކުރުމަކަށް އެއްވެސް ދަތިކަމެއް ނޯންނާނެ. އަޅުގަނޑުމެންނަށް ޔަގީން ކަމެއް އެއީ. ރިސޯޓްތައް ހަދަން ނަގާފައިވާ ލޯނު ދެއްކުމަށް. ނޫނީ މުވައްޒަފުންނަށް މުސާރަ ދިނުމަށް. ނޫނީ އޮޕަރޭޝަނަލް އެކްސްޕެންސް ތަކަކަށް، އެއްވެސް ދައްޗެއް ނުވާނެ 40 އިންސައްތަ މާރުކޮށްގެނެއް. އެއީ ޔަގީން ކަމެއް. 

ރައީސް މުޢިއްޒު

މިއާއެކު ރައީސް ވަނީ ރިސޯޓް ތަކުގެ މުވައްޒަފުންގެ މުސާރަ ޑޮލަރުން ދިނުން ހުއްޓާލައިގެން ނުވާނެ ކަމަށާ، 40 އިންސައްތަ މާރު ކުރުމަކީ އެކަމަށް އޮތް އުޒުރެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ރިސޯޓް މުވައްޒަފުން ދައްކާ ވާހަކައަށް އަޅުގަނޑު ފުރިހަމައަށް ތާއީދު ކުރަން. އަދި ވަރަށް ބޮޑަށް އަޅުގަނޑު ތަރުހީބުވެސް ދެން. ވަރަށް އެކަމަށް ބާރުވެސް އަޅަން. އެބޭފުޅުންނަށް އެ ލިބެމުންދާ މުސާރަ ޑޮލަރުން ދިނުން އެއްގޮތަކަށްވެސް ހުއްޓާލައިގެން ނުވާނެ. އެއީ އެއްވެސް ރިސޯޓަކުން ކޮށްގެންވާނެ ކަމެއް ނޫން. ކުރުމަކަށް އުޒުރެއްވެސް ނެތް. 

ރައީސް މުޢިއްޒު

އެހެންކަމުން ހުރިހާ ރިސޯޓްތަކުންވެސް ގާނޫނަށް ތަބާވެ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ކުރާ އެފަދަ ކަންކަމުގައި އެބޭފުޅުންގެ ޒިންމާ އަދާކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.