ރައީސް މުޢިއްޒު ބިލު ތަސްދީގު ކުރައްވަނީ- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
31 Aug 2026 | 14:13
ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު ތަސްދީޤުކުރައްވައިފި؛ ހުޅުވިގެން މިދަނީ އިޤުތިޞާދީ ބޮޑު ދޮރެއް: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާ ގުޅޭ އުސޫލުތައް ކަނޑައަޅާ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ބިލު ތަސްދީޤުކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ރާއްޖޭގެ އިޤުތިޞާދު އިތުރަށް ފުޅާކުރުމަށްޓަކައި އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. 

"(މިއީ) ރާއްޖޭގެ އިގްތިޞާދު ފުޅާ ކުރުމަށް އެޅިގެން ދިޔަ ފިޔަވަޅެއް. މިހާތަނަށް ޤާނޫނުގައި އޮތްގޮތުންވިއްޔާ ސިނާއީ އިގްތިސާދީ އެކިކަހަލަ ބޭނުންތަކަށް ފަޅުތަކާއި ފަޅުރަށްރަށް މިގޮތަށް ދެވޭކަށް ނޯވޭ. އެހެންނަމަވެސް މި ޤާނޫނުގެ ސަބަބުން އެކިއެކި ބޭނުންތަކަށް ފަޅުތަކަށް އިންވެސްޓްކުރެވޭނެ. އެކިއެކި ބޭނުންތަކަށް ފަޅުތައް ނަގައިގެން ފަޅުރަށްރަށް ނަގައިގެން އިންވެސްޓްމެންޓްތައް ގެނެސް އޭގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރުމަށް މަގުފަހި ވެގެންދާނެ. މި ގާނޫނު ސަބަބުން ވަރަށް ބޮޑު އިގްތިޞާދީ ދޮރެއް ހުޅުވިގެން މިދަނީ. މީގެ ސަބަބުން އެކި ދާއިރާތަކުން ފަޅުތަކަށް އިންވެސްޓް ކުރާނެ ފަރާތްތައް ލިބިގެންދާނެ،" ކަމަށެވެ.

ރައީސް މުޢިއްޒު

މި ޤާނޫނުގެ ދަށުން ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް، އެ މުއްދަތު އިތުރުކުރަން ބޭނުންވެއްޖެ ޙާލަތެއްގައި 50 އަހަރާ ހަމައަށް ދިގުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ފަޅުރަށްރަށް ދޫކުރެވޭނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ؛

ފަތުރުވެރިކަން

ސިނާއީ މަސައްކަތްތައް

މަސްވެރިކަން

ދަނޑުވެރިކަން

އިޤުތިޞާދީ އެހެނިހެން ބޭނުންތައް

އިޖުތިމާޢީ އަދި ދައުލަތުގެ ބޭނުންތައް

މީގެއިތުރުން ވަކި ޤާނޫނެއްގައި ކަނޑައަޅައިފައިވާ ޚާއްޞަ ބޭނުންތަކަށް ވެސް ރަށްރަށް ދޫކުރެވޭނެއެވެ.

ބިލުގައިވާ ގޮތުން، ފަތުރުވެރިކަމާއި ސިނާއީ ބޭނުންތައް ފިޔަވައި، ކައުންސިލްތަކުގެ އިޚުތިޞާޞުގައި ހިމެނޭ ފަޅުރަށްރަށް އެކި ބޭނުންތަކަށް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ އެ ރަށެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލަށެވެ. އެހެންނަމަވެސް، ފަތުރުވެރިކަމަށް ނުވަތަ ސިނާއީ ރަށެއްގެ ގޮތުގައި ތަރައްޤީކުރުމަށް އެކަށައަޅާ ފަޅުރަށްރަށް، ކައުންސިލުތަކުގެ އިޚުތިޞާޞުން ވަކިކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ވަކި ޚާއްޞަ ބޭނުމަކަށް އެކަށައެޅިފައި ނުވާ ރަށްރަށް ވަރުވާއަށް ދޫކުރެވޭނީ ގިނަވެގެން ފަސް އަހަރުގެ މުއްދަތަށެވެ. އަދި މި މުއްދަތު އިތުރުކުރެވޭނީ ވެސް އިތުރު ފަސް އަހަރަށެވެ.

މި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ. އެގޮތުން، ވަރުވާއަށް ދޫކުރާ ރަށެއްގައި ޤާނޫނާ ޚިލާފު ޢަމަލެއް ހިންގައިފިނަމަ 500,000 (ފަސްލައްކަ) ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ. އަދި އެހެނިހެން ބޭނުންތަކަށް ދޫކުރާ ފަޅުރަށްރަށާއި ފަޅުތަކުގައި ޤާނޫނާ ޚިލާފު ޢަމަލެއް ހިންގައިފިނަމަ 1,000,000 (އެއްމިލިއަން) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ފަޅުރަށްރަށާއި ފަޅުތަކުގެ އިކުއިޒިޝަން ފީ ކަނޑައެޅުމުގެ އެންމެހައި ޒިންމާތައް ޙަވާލުކޮށްފައި ވަނީ މިނިސްޓްރީ އޮފް ފިނޭންސާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.