ރައީސް މުޢިއްޒު- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
31 Aug 2026 | 14:28
ޓެކްސް ނެގުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހް ތަކާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިތަކެއް ލިބޭނެ: ރައީސް

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާފައިވަނީ، މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ ބިލުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. 

ކުދި ވިޔަފާރިތަކަށް މީގެން ވަރަށް ފަސޭހަތައް ވާނެ. ކުދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ޓެކްސްފައިލް ކުރުމުގެ ލުއިތަކެއް މީގައި އެބަލިބޭ. އަދި އެއާއެކު މީރާގެ އިންފޯސްމަންޓް ޕަވާ މީގެ ކުރިން ގެނެވުނު އިސްލާހެއްގައި ވަނީ ނަގާފައި. މާބޮޑު ބާރެއް މީރާގެ ނޯވޭ. އެހެން ނަމަވެސް މިހާރު ތަންފީޒީ ބާރު އަނބުރާ މީރާއަށް ލިބިގެންމިދިޔައީ.

ރައީސް މުޢިއްޒު

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނައި އިޞްލާޙުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އިދާރީ ބާރުތަކާއި ޤާނޫނުގެ ދަށުން މީރާއިން ހިންގާ އޮޑިޓުތަކާއި ތަޙްޤީޤުތައް ހިންގުމުގެ އުސޫލުތަކާއި އިޖުރާއަތުތަކާއި، ޓެކުހުގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާއަށް ލިބިގެންވާ ބާރުތައް މުރާޖަޢާކޮށް އުސޫލުތައް އިތުރަށް ހަރުދަނާކޮށްފައިވެއެވެ. މިގޮތުން، ޓެކުހާގުޅޭ ޤާނޫނުތައް ތަންފީޒުކުރުމަށް ބޭނުންވާ މަޢުލޫމާތު ހުރި ކޮންމެ ފަރާތަކުން، އެ މަޢުލޫމާތު މީރާއަށް ހުށަހެޅުމަށް އެންގުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިދޭގޮތަށް ޤާނޫނު ވަނީ އިޞްލާޙުކޮށްފައެވެ.

މީގެ އިތުރުން، ޓެކުހާގުޅޭ އިތުރު ކުށްތަކާއި ކުށުގެ އަދަބުތައްވެސް ޤާނޫނަށް ގެނައި އިޞްލާހުގައި ކަނޑައަޅައިފައިއެވެ. މީގެއިތުރުން ޓެކްސް ދައްކާ ފަރާތެއްގެ ޓެކުހުގެ ޢަދަދު ކަނޑައެޅުމުގައި މީރާއިން ރިޢާޔަތްކުރާނެ ކަންކަމާއި، ނުވަތަ މީރާއިން ޓެކުހުގެ ޢަދަދު ކަނޑައެޅުމުގައި ބޭނުންކުރާނެ މަޢުލޫމާތު އިޞްލާހުގައި ބަޔާންކޮށްފައިވެއެވެ. މި އިޞްލާޙުގައި ޓެކްސް ބަޔާން ހުށަހަޅައިފައިނުވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކާއި، ޓެކްސް ބަޔާން ހުށަހެޅުމަށް ދެވޭނެ މުއްދަތުތަކާއި، ފިޔަވަޅު އަޅައިފައިވާ ފަރާތްތަކުން، އިންސްޓޯލްމަންޓްތަކަށް ބަހާލައިގެން އެ ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވާކަމާއި، އެކަމުގެ އުސޫލުތައްވެސް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ބޭރުގެ އިދާރާތަކާއެކު ގުޅިގެން ޓެކްސް އެގްޒެމިނޭޝަން ހިންގުމާއި، ކަންޓްރީ-ބައި-ކަންޓްރީ (ސީބީސީ) ރިޕޯޓިންގ އަދި ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑް (ސީއާރްއެސް) އުޞޫލުތައް ޤާނޫނަށް ގެނައި އިޞްލާހުގައި ވަރުގަދަކޮށްފައިވެއެވެ. އަދި ސީއާރްއެސް އިލްތިޒާމްތަކާ ޚިލާފުވާ ފަރާތްތައް 250،000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރެވޭނެ ގޮތަށް އިޞްލާހުގައި ހިމަނާފައިވެއެވެ.

މި އިޞްލާހުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި، އޮޑިޓަރ ޖެނެރަލް ކަނޑައަޅުއްވާ ގޮތެއްގެ މަތީން މާލީ ބަޔާން އާންމުކުރުން ވަނީ ޤާނޫނީގޮތުން ލާޒިމްކޮށްފައެވެ.

މި އިޞްލާޙުގައި، މި ޤާނޫނުގެ ދަށުން މަދަނީ އަދި ޖިނާޢީ ދަޢުވާ އުފުލޭނެ މުއްދަތުތައްވެސް ބަޔާންކޮށްފައިވެއެވެ.

މި އިޞްލާޙު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައިޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Aug 2026
ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް ބޮޑުކުރާ ބިލު ތަސްދީޤުކޮށްފި
ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް ފަހެއް އިންސައްތައިން 10 އިންސައްތައަށް ބޮޑުކުރާ ބިލު ރައީސް ތަސްދީޤުކުރައްވައި، ޢަމަލުކުރަން ފަށައިފިއެވެ.
31 Aug 2026
ފުލުހުންގެ އިލްތިމާސެއް: ކުއްޖާ ވެއްޓުނު ވީޑިއޯ ނުފަތުރާ
ކުޑަ ކުއްޖަކު އިމާރާތަކުން ވެއްޓިފައިވާ ހިތްދަތި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާތީ މި ވީޑިއޯ އިތުރަށް ދައުރުނުކުރުމަށާއި، ސޯޝަލް މީޑިއާގެ އެކައުންޓްތަކާއި، ޕޭޖުތަކާއި ގްރޫޕުތަކުން މި ވީޑިއޯ ނެގުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފި އެވެ.
31 Aug 2026
ޓެކްސް ނެގުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހް ތަސްދީގު ކުރައްވައިފި
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާފައިވަނީ، މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
31 Aug 2026
ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު ތަސްދީޤުކުރައްވައިފި
ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާ ގުޅޭ އުސޫލުތައް ކަނޑައަޅާ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
31 Aug 2026
ރިސޯޓު މުވައްޒަފުންނަށް މުސާރަ ދޭންވާނީ ޑޮލަރުން: ރައީސް މުޢިއްޒު
ރިސޯޓްތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރި ނަމަވެސް، ރިސޯޓް މުވައްޒަފުންގެ މުސާރަ ދޭންވާނީ ޑޮލަރުން ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
31 Aug 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓްތަައް އިތުރުވުން: ގިނަ ފިޔަވަޅުތަކެއް އަޅަނީ
ހުޅުމާލޭގައި މަގުމަތީގެ އެކްސިޑެންޓުތައް ގިނަވެ، ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނާތީ، އެކްސިޑެންޓުތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށް ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފި އެވެ.
31 Aug 2026
އަމާން އުދަރެސް ތިންވަނަ ފަންގިލާއިން ކުއްޖަކު ވެއްޓިއްޖެ
ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެއް ކަމަށާ، އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށް ފުލުހުން ބުމްޏެވެ.
31 Aug 2026
ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 17.37 މިލިއަން ރުފިޔާ ލިބިއްޖެ
ޒަކާތު ހައުސްއިން ނެރުނު ތަފާސް ހިސާބުން ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ޖުލައި މަހު ޒަކާތު ފަންޑަށް ޖަމާވީ 12,040,524.09 ރުފިޔާ ކަމަށް ވީ ނަމަވެސް 2026 ވަނަ އަހަރުގެ ޖުލައި މަހު އެ ޢަދަދު ވަނީ 17,366,787.29 ރުފިޔާއަށް މައްޗަށް ޖެހިފައެވެ.