އެކްސިޑެންޓް ހިނގި ސަރަހައްދު- ފޮޓޯ/ ވޮއިސް
ހަބަރު
02 Sep 2026 | 07:59
ޒީވާ ނިޔާވި އެކްސިޑެންޓް: ބެލެވެނީ ޒީވާގެ ގައިމައްޗަށް ކާރު އެރިކަމަށް

ވިނަރެސް ޓަވަރު 7 ކައިރީ ހިނގި އެކްސިޑެންޓުގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ ކަމަށް ބުނެފި އެވެ.

ފުލުހުން މިރޭ ބުނީ އޯގަސްޓް 29 ވަނަ ދުވަހުގެ ރޭ 21:04 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް ޓަވަރު 7 ކައިރީ ހިނގި އެކްސިޑެންޓުގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެެވެ.

މި ހާދިސާ ހިނގި ސަރަހައްދުގެ ވީޑިއޯ ފުޓޭޖާއި އެކްސިޑެންޓް ސީންގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، ކާރަށް އަރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ. އެވަގުތު އެ ކާރު އޯވަޓޭކް ކުރަން ދިޔަ ސައިކަލު އެމީހާގެ ގައިގައި ޖެހި، ސައިކަލު މަގުގެ ކަނާތްފަރާތު ލޭނަށް ވަނީ ވެއްޓިފައެވެ. އަދި އެވަގުތު އެ ލޭނުން ދުއްވާފައި އައި އެހެން ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބި، ސައިކަލުން ވެއްޓުނު، އުމުރުން 9 އަހަރުގެ ކުއްޖާގެ ގައިގައި ޖެހިފައިވާ ކަމަށް ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާކަމަށް ތަހުގީގަށް ބެލެވޭ ކަމަށް ވެސް ބުންޏެވެ. މިކަން ކަށަވަރުކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ކުއްޖާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ. އެއީ މ. ލެމަންޓްރީ1، ޒީވާ ސިނާން އަހްމަދެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން، އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ޓޯވ ކޮށް، އެ އުޅަނދުތައް ދުއްވި ތިން މީހުންގެ ލައިސަންސް ވެސް ވަނީ ހިފަހައްޓާފައި ކަމަށެވެ. އަދި މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރު އެ އުޅަނދު ދުއްވާފައިވަނީ އޭނާގެ ލައިސަންސް ކުރިންވެސް ހިފަހައްޓާފައި ވަނިކޮށް ކަމަށްވާތީ، ފުލުހުން ވަނީ އޭނާ ޖޫރިމަނާކޮށް ފިޔަވަޅުވެސް އަޅާފައި ކަމަށް ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Sep 2026
އަހަރުގެ މިހާތަނަށް ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކުރީ ޓްރެފިކް އެކްސިޑެންޓް
ދިވެހިރާއްޖޭގެ މަގުތަކަކީ އެންމެންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ވާންޖެހޭއިރު، މިއަދު މަގުމައްޗަށް ނުކުންނަ ކޮންމެ މީހެއްގެ ހިތުގައިވެސް އޮތީ ބިރުވެރިކަމެވެ. ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތަކާއި، ޓްރެފިކް ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ނަތީޖާއެއްގެ ގޮތުން މަގުމަތީގެ ނުރައްކާތެރި ހާދިސާތައް މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، ވައްކަމާއި މަސްތުވާތަކެތީގެ ނުރައްކަލާ އެއްވަރަށް މިއަދު ދިވެހި މުޖުތަމަޢަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަގުމަތީގެ އެކްސިޑެންޓްތަކެވެ.
02 Sep 2026
ބައިނަލްއަޤުވާމީ ފައިސާގެ ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުތަނުން މަތިވެއްޖެ
ޔެން އާއި ޔޫރޯ ހިމެނޭ ގޮތަށް ހަ ފައިސާގެ ބާވަތަކާ އަޅައި ބަލާ ޑޮލަރު އިންޑެކްސް 0.11 އިންސައްތަ އިތުރުވެ 99.79 ގައި ހުރީ ފައިތުވި ދެ ހަފްތާގައިވެސް ނުދާހާ މަތީގައެވެ. ޔޫރޯ 0.13 އިންސައްތަ ދަށަށް ގޮސް 1.1577 ޑޮލަރުގައި ހުރިއިރު ޑޮލަރުގެ އަގު މަތިވެފައިވަނީ ޓްރެޒަރީ ބޮންޑުގެ ފައިދާ ބޮޑުވެ ފެޑެރަލް ރިޒާވުން އިންޓަރެސްޓް ރޭޓު އުފުލާނެ ކަމަށް ލަފާކުރެވޭތީއެވެ.
02 Sep 2026
ޒީވާ ނިޔާވި އެކްސިޑެންޓް: ބެލެވެނީ ޒީވާގެ ގައިމައްޗަށް ކާރު އެރިކަމަށް
މި އެކްސިޑެންޓްގައި އަނިޔާވި ކުއްޖާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ. އެއީ މ. ލެމަންޓްރީ1، ޒީވާ ސިނާން އަހްމަދެވެ.
02 Sep 2026
ވޮރިއާޒް އާއި އެލީޓް ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެއްޖެ
އދ. މަހިބަދޫގައި ފޯރިއާއެކު ކުރިއަށްދާ ސްޓެލްކޯ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި މަހިބަދޫ ކައުންސިލްގެ ވޮރިއާޒް އަދި ހޮސްޕިޓަލްގެ އެލީޓް ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެ، މުބާރާތުގައި ރަނގަޅު ފެށުމެއް ދަމަހައްޓައިފިއެވެ.
02 Sep 2026
ޒީވާ ނިޔާވި އެކްސިޑެންޓް: މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރުގެ ލައިސަންސް ކުރީންވެސް އޮތީ ހިފަހައްޓާފައި
02 Sep 2026
އެކްސިޑެންޓްގައި ދެބަަފައިންނަށް އަނިޔާ، ސިކުނޑިއަށް ލޭ އެޅި ބަައްޕަ އައިސީޔޫގަައި
އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، އޭނާގެ ސިކުނޑީގެ ކަނާތް ފަރާތަށް ލޭއެޅިފައިވުމާ ގުޅިގެން އޯގަސްޓް 31 ވަނަ ދުވަހު ވަނީ ބޮލުގެ އޮޕަރޭޝަނެއް ކޮށްފައި ކަމަަށް
01 Sep 2026
ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރި ހިންގާ މީހުންގެ މައުލޫމާތުދޭން އާންމުންގެ ކިބައިން އެދިއްޖެ
ފުލުހުން ބުނީ މިފަދަ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖު ކުރުމަށް އެދޭ ކަމަށެވެ
01 Sep 2026
ކައުންސިލްތަކުން ކުރާ ތަޖުރިބާ ދަތުރުތަކާ ގުޅިގެން އޮޑިޓަރުގެ އެންގުމެއް އެލްޖީއޭއަށް
އޮޑިޓަރު އެލްޖީއޭއަށް ދެއްވި ރައުޔުގައި ބުނެފައިވަނީ، ޓްރެއިނިންނާއި ތަޖުރިބާ އެންމެބޮޑަށް ބޭނުންވާ ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމަށް އެސެސްމަންޓެއް ތައްޔާރުކޮށް އިދާރާތަކަށް ޓްރެއިނިންނާއި ތަޖުރިބާ ހޯދުމުގެ ދަތުރުތައް އެ އިދާރާ މެދުވެރިވެގެން ރަނގަޅު ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް އެދިފައެވެ.