އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ރައީސް މުޢިއްޒާ ބައްދަލުކުރެއްވުން- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
02 Sep 2026 | 11:32
ޙަލާލް ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް އިސްލާމީ އިޤްތިޞާދު ކުރިއެރުވުމަށް އައިސީސީޑީއާއެކު މަޝްވަރާ ކޮށްފި

ގެ ސެކްރެޓަރީ ޖެނެރަލް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެން ޙަލާލް ވިޔަފާރިއާއި އިސްލާމީ އިޤްތިޞާދު ކުރިއެރުވުމާ ގުޅޭ ގޮތުން އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓް (އައިސީސީޑީ) އާއެކު މަޝްވަރާކޮށްފިއެވެ.

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޔޫސުފް ޙަސަން ޚަލާވީ ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

މި އިޙްތިރާމުގެ ޒިޔާރަތުގައި ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވީ ޤާބިލުކަން އިތުރުކުރުމާއި ވުނަކުރުމާއި މެހެމާންދާރީގެ ދާއިރާއާ ގުޅޭ ގޮތުންނެވެ. އަދި ޙަލާލް ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، އިސްލާމީ އިޤްތިޞާދު ކުރިއެރުވުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. މީގެ ތެރޭގައި ޙަލާލް ފަތުރުވެރިކަން ފުޅާކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ވަނީ އަތުލިޔުމުން ލިޔެފައިވާ ކީރިތި ޤުރްއާނުގެ މުޞްޙަފެއް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާ ކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގެ މައިގަނޑު އަމާޒަކީ ދެ ފަރާތުން ގުޅިގެން އިސްލާމީ އިޤްތިޞާދީ އެއްބާރުލުން ހަރުދަނާ ކުރެއްވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Sep 2026
އެސްޓީއޯ ދެކުނު ފޯރި ވަރަށް ކުލަގަދަކޮށް ބާއްވައިފި
ރާއްޖޭގެ ދެކުނުގެ އެކި ސަރަޙައްދުތަކުގައި ވަޒީފާ އަދާކުރާ އެސްޓީއޯ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބާއްވާ "ދެކުނު ފޯރި" މި އަހަރުވެސް އައްޑޫ ސިޓީ ހިތަދޫގައި ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސް ނިންމައިފިއެވެ.
02 Sep 2026
އިސްލާމީ އިޤްތިޞާދު ކުރިއެރުވުމަށް އައިސީސީޑީއާއެކު މަޝްވަރާ ކޮށްފި
އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ރައީސް މުޢިއްޒާ ބައްދަލުކުރައްވައި ޙަލާލް ފަތުރުވެރިކަމާއި އިސްލާމީ އިޤްތިޞާދު ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
02 Sep 2026
ޯއޮލިމްޕަސް ހެއްވާލަން ޑާކްރެއިން ތައްޔާރު؛ މަގޭ ބިޓްގެ ވެޑިން މިރޭ ޕްރިމިއާ ކުރަނީ
ޑާކްރެއިންގެ މާޒީން މިއީ މުނިފޫހިފިލުވާލާ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތަކަށް ވާނެ އެވެ
02 Sep 2026
އަހަރުގެ މިހާތަނަށް ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކުރީ ޓްރެފިކް އެކްސިޑެންޓް
ދިވެހިރާއްޖޭގެ މަގުތަކަކީ އެންމެންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ވާންޖެހޭއިރު، މިއަދު މަގުމައްޗަށް ނުކުންނަ ކޮންމެ މީހެއްގެ ހިތުގައިވެސް އޮތީ ބިރުވެރިކަމެވެ. ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތަކާއި، ޓްރެފިކް ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ނަތީޖާއެއްގެ ގޮތުން މަގުމަތީގެ ނުރައްކާތެރި ހާދިސާތައް މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، ވައްކަމާއި މަސްތުވާތަކެތީގެ ނުރައްކަލާ އެއްވަރަށް މިއަދު ދިވެހި މުޖުތަމަޢަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަގުމަތީގެ އެކްސިޑެންޓްތަކެވެ.
02 Sep 2026
ބައިނަލްއަޤުވާމީ ފައިސާގެ ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުތަނުން މަތިވެއްޖެ
ޔެން އާއި ޔޫރޯ ހިމެނޭ ގޮތަށް ހަ ފައިސާގެ ބާވަތަކާ އަޅައި ބަލާ ޑޮލަރު އިންޑެކްސް 0.11 އިންސައްތަ އިތުރުވެ 99.79 ގައި ހުރީ ފައިތުވި ދެ ހަފްތާގައިވެސް ނުދާހާ މަތީގައެވެ. ޔޫރޯ 0.13 އިންސައްތަ ދަށަށް ގޮސް 1.1577 ޑޮލަރުގައި ހުރިއިރު ޑޮލަރުގެ އަގު މަތިވެފައިވަނީ ޓްރެޒަރީ ބޮންޑުގެ ފައިދާ ބޮޑުވެ ފެޑެރަލް ރިޒާވުން އިންޓަރެސްޓް ރޭޓު އުފުލާނެ ކަމަށް ލަފާކުރެވޭތީއެވެ.
02 Sep 2026
ޒީވާ ނިޔާވި އެކްސިޑެންޓް: ބެލެވެނީ ޒީވާގެ ގައިމައްޗަށް ކާރު އެރިކަމަށް
މި އެކްސިޑެންޓްގައި އަނިޔާވި ކުއްޖާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ. އެއީ މ. ލެމަންޓްރީ1، ޒީވާ ސިނާން އަހްމަދެވެ.
02 Sep 2026
ވޮރިއާޒް އާއި އެލީޓް ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެއްޖެ
އދ. މަހިބަދޫގައި ފޯރިއާއެކު ކުރިއަށްދާ ސްޓެލްކޯ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި މަހިބަދޫ ކައުންސިލްގެ ވޮރިއާޒް އަދި ހޮސްޕިޓަލްގެ އެލީޓް ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެ، މުބާރާތުގައި ރަނގަޅު ފެށުމެއް ދަމަހައްޓައިފިއެވެ.
02 Sep 2026
ޒީވާ ނިޔާވި އެކްސިޑެންޓް: މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރުގެ ލައިސަންސް ކުރީންވެސް އޮތީ ހިފަހައްޓާފައި