މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއް
ހަބަރު
06 Sep 2026 | 09:23
ފާއިތުވި ހަފުތާގައި ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް؛ އެންމެ ގިނައީ އަލިފާނުގެ ހާދިސާތައް

ފާއިތުވި ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން 'އެކްސް' ގައި އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި ހާދިސާތައް ހިނގާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 30 އިން ފެށިގެން މި ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްއެންޑީއެފްގެ ސަރަހައްދީ ކޮމާންޑްތަކަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ހާދިސާތައް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން:

މާލެ އޭރިއާ ކޮމާންޑް: 26 ހާދިސާ

ސަދަން އޭރިއާ ކޮމާންޑް: 2 ހާދިސާ

ނޮދަން އޭރިއާ ކޮމާންޑް: 1 ހާދިސާ

މި މުއްދަތުގައި ރިޕޯޓްކުރެވުނު މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން އަލިފާނުގެ 12 ހާދިސާއެއް މިދިޔަ ހަފުތާގައި ހިނގާފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ނުރައްކާތެރި މާއްދާތަކާ ގުޅުންހުރި ހާދިސާތައް ނުވަތަ ހަޒްމެޓްގެ 11 ހާދިސާއެކެވެ.

މީގެ އިތުރުން، ބަލިމީހުން ކުއްލި ފަރުވާއަށް ގެންދިއުމަށް ކުރިއަށްގެންދިޔަ 4 މެޑިކަލް އިވެކުއޭޝަނަކާއި، ފުރާނައާއި މުދާ ސަލާމަތްކުރުމަށް ހިންގި މީހުން ސަލާމަތްކުރުމުގެ (ރެސްކިއު) 2 ހާދިސާއެއްގައި ވެސް ސިފައިން ވަނީ ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Sep 2026
ވައިކިންގްސް އަދި ހޮސްޕިޓަލް ބްލޭޒް އިން މުހިންމު މޮޅުތަކެއް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި ކުޅެވުނު ފޯރިގަދަ މެޗުތަކުން ވައިކިންގްސް އާއި ހޮސްޕިޓަލްގެ ބްލޭޒް މޮޅުވެއްޖެއެވެ.
06 Sep 2026
އިންޖީނިއަރުންގެ ދުވަސް ފާހަގަކުރުމަށް 164 ރަށެއްގައި ސައިޓް ވިޒިޓް ހަރަކާތް
މި ޕްރޮގްރާމުގެ ދަށުން އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުން ވަނީ ފެނަކަ ކޯޕަރޭޝަން އަދި ސްޓެލްކޯގެ އިންޖީނުގެތަކަށާއި، އެމް.ޑަބްލިޔު.އެސް.ސީގެ ފެސިލިޓީތަކުގެ އިތުރުން އެމް.ޓީ.ސީ.ސީން ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގެ ސައިޓުތަކަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތްތަކުގައި އެ ތަންތަނުގައި އިންޖިނިއަރިންގ މަސައްކަތްތައް ހިނގަމުންދާ ގޮތް ދަރިވަރުންނަށް ޢަމަލީ ގޮތުން ކިޔައިދީފައިވާ ކަމަށް ފެނަކައިން ބުނެއެވެ.
06 Sep 2026
ހުޅުމާލޭގައި މިއަދުވެސް އެކްސިޑެންޓެއް؛ ދެމީހަކަށް ފަރުވާދެނީ
ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Sep 2026
ދިއްދޫއިން ފަހަތުން އަރައި ބާރަށް ބަލިކޮށްފި
މި މުބާރާތުގައި މާދަމާ ބާރަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އަދި ދިއްދޫ ނިކުންނާނީ ކުޅުދުއްފުއްޓާ އެވެ.
06 Sep 2026
ފާއިތުވި ހަފުތާގައި ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް
ފާއިތުވި ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
06 Sep 2026
ކުޅުދުއްފުށިން ނޮޅިވަރަމް ބަލިކޮށް ކުރިއަށް
މުބާރާތުގައި ދެން ކުޅުދުއްފުށި ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އަދި ނޮޅިވަރަމް ނިކުންނާނީ ދިއްދޫ އާ ދެކޮޅަށެވެ
06 Sep 2026
ފަނޑިޔާރު މާހިރު ރިޓަޔަރ ކުރައްވައިފި
ހައިކޯޓުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ދިގު މުއްދަތުގައި ފަނޑިޔާރު އިބްރާހީމް މާހިރު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް އެ ކޯޓުން ވަނީ ޝުކުރު އަދާކޮށްފައެވެ.
06 Sep 2026
ފާޑުކިޔާނެ ޖާގައެއް ނެތް؛ ފަސް އަހަރެއް އަދި ނުނިމޭ: އަބްދުއްރަޙީމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައަމަދު މުއިއްޒާ ވެރިކަމަށް ވަޑައިގެންނެވިތާ އަދި ފަސް އަހަރު ހަމަ ނުވާ ކަމަށާ އެހެންކަމުން މިސަރުކާރަށް ފާޑުކިޔުމުގެ ޖާގަ ވާދަވެރި ފަރާތަކަށް އަދި ނޯންނާކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.