މުރައިދޫ އާއި ވަށަފަރު ބައްދަލުކުރިމެޗްގެ ތެރެއިން..
ކުޅިވަރު
06 Sep 2026 | 19:53
ވަށަފަރާއި މުރައިދޫ ބައްދަލުކުރިމެޗް ވަށަފަރަށް

ހއ.މުރައިދޫގައި މިހާރު ކުރިއަށްދާ "މަންތާ އެއާ މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތް 2026" ގައި މުރައިދޫ ކުޅުނު ދެވަނަ މެޗުންވެސް އެޓީމް ބަލިވެއްޖެއެވެ.

މިއަދު ވަށަފަރާ ދެކޮޅަށް މުރައިދޫ ނިކުތްއިރުވެސް އެޓީމަށް އޮތް ނުތަނަވަސްކަމަކީ އެންމެފަހުން ފިނޭ އާ ދެކޮޅަށް ކުޅުނުމެޗުން ބަލިވި ބަލިވުމެވެ. މިއަދު މުރައިދޫ އާއި ވަށަފަރު ބައްދަލުކުރިމެޗް، ވަށަފަރު ގެންދިޔައީ ސީދާ ތިން ސެޓުންނެވެ. 

މުރައިދޫ އާއި ވަށަފަރު ބައްދަލުކުރިމެޗްގެ ތެރެއިން..

މެޗްގެ ސެޓްތައް ވަށަފަރުން ގެންގޮސްފައިވަނީ ފުރަތަމަ ސެޓް 23-25، ދެވަނަ ސެޓް 15-25 އަދި ތިންވަނަ ސެޓް 17-25 އިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ، ވަށަފަރު ޓީމްގެ ޖޯޒީ ނަމްބަރު 9 ސަމްރޫހް މުހައްމަދެވެ.

މުރައިދޫ އާއި ވަށަފަރު ބައްދަލުކުރިމެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމް ހަވާލުކުރަނީ..

މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންގާރަ ދުވަހު ކެލައާ ދެކޮޅަށެވެ. އަދި ވަށަފަރު ނިކުންނާނީ ހަމަ އެދުވަހު ފިނޭއާ ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Sep 2026
ރާއްޖެއާއި އައިޓީއެފްސީ ދެމެދު 1.5 ބިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފި
މީގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ އެހެނިހެން މުދާ އިމްޕޯޓުކުރުމަށާއި، ރާއްޖެއިން ބޭރުކުރާ އުފެއްދުންތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މާލީ ވުޒާރާއިން ބުންޏެވެ
06 Sep 2026
ދަރިވަރުން މުދައްރިސުންނަށް އިހްތިރާމްކުރުން އޮތީ ބެލެނިވެރިން ދޭ ތަރުބިއްޔަތަކުން
ސްކޫލެއް ކާމިޔާބު ކުރުމަށްޓަކައި އެންމެ ބޮޑު މަސައްކަތެއް ކުރަންޖެހޭ އެއް ބަޔަކީވެސް ބެލެނިވެރިން ކަމަށް ވިދާޅުވިއެވެ. ނަމަވެސް، މަދުން ނަމަވެސް ބެލެނިވެރިންނާއި ސްކޫލާ ދެމެދު އޮންނަންޖެހޭ ގުޅުން ކުޑަވަމުންދާ މަންޒަރު ފެންނަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
06 Sep 2026
ވަށަފަރާއި މުރައިދޫ ބައްދަލުކުރިމެޗް ވަށަފަރަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންގާރަ ދުވަހު ކެލައާ ދެކޮޅަށެވެ. އަދި ވަށަފަރު ނިކުންނާނީ ހަމަ އެދުވަހު ފިނޭއާ ދެކޮޅަށެވެ
06 Sep 2026
މިޔަންމާ އަތުން ބަލިވި ނަމަވެސް، ރާއްޖެއަށް ގްރޫޕުގެ ދެވަނަ
ރާއްޖެ ބަލިވި ކަމުގައި ވީނަމަވެސް، ކުޅުނު މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ރާއްޖެއަށް ވަނީ މި ގްރޫޕުގެ ދެވަނަ މަގާމު ކަށަވަރުވެފައެވެ. މިއީ މި މުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ
06 Sep 2026
އިންފޮމޭޝަން ކޮމިޝަނަރަކަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަންކުރައްވައިފި
މި މަގާމަށް ޢަބްދުލްޢަޒީޒު އައްޔަންކުރައްވާފައި މިވަނީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި އަޙްމަދު އާހިދު ރަޝީދުގެ މަގާމުގެ ދައުރު މިއަދަށް ހަމަވުމާ ގުޅިގެންނެވެ.
06 Sep 2026
ފޭސް ދޭއްގެ މޫދަށް އެރޭ ސަރަހައްދަކާއި މަސްބާނާ ޕްލެޓް ފޯމެއް ހެދުމަށް ހިޔާލް ހޯދަނީ
އެޗްޑީސީން ހުށަހަޅާފައިވާ ޕްލޭނުގައި މައިގަނޑު ދެ ބައެއް ހިމެނެއެވެ. ފުރަތަމަ ބަޔަކީ ފްލޯޓިން ޕޮންޓޫނެއް ހިމެނޭ ގޮތަށް ފަރުމާކުރެވޭ ސްވިމިން ސަރަހައްދެކެވެ. އެ ސަރަހައްދުގައި އައުޓްޑޯ ފެންވަރާ ތަނަކާއި މޫދަށް ފައިބަން ފަސޭހަ ރޭމްޕެއް ހުންނާނެއެވެ. ދެވަނަ ބައިގައި ހިމެނެނީ ކޮންކްރީޓް ޑެކެއް ވޯކްވޭއެއް ހިޔާކޮށްފައިވާ ބެންޗުތައް އަދި މަސް ކަނޑަން ޚާއްޞަ ތަނެއް ހިމެނޭ މަސްބާނާ ޕްލެޓްފޯމެކެވެ
06 Sep 2026
އެމްއެމްޕީއާރުސީން އެމްޕީއެލަށް ވިއްކި ޑޮލަރުގެ މުއާމަލާތުން ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދަނީ
އެމްޕީއެލުން ވަނީ އެމްއެމްޕީއާރުސީއާއެކު 2020 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 14 ވަނަ ދުަވަހު އެއްބަސްވުމެއް ގާއިމްކޮށް ލިބެންޖެހޭ މި ފައިސާ އަހަރަކު %4.6 ގެ އިންޓްރެސްޓަކާއެކު 15 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ނިންމަން އެއްބަސްވެފައެވެ. ނަމަވެސް މި ފައިސާ ނުދެއްކި އިންޓަރެސްޓް އަރަމުންދާކަން ފާހަގަކޮށްލެވެއެވެ.
06 Sep 2026
އަދާލަތު ޕާޓީ ދޫކުރައްވައި ޑރ. ޝަހީމް ޕީއެންސީއާ ގުޅިވަޑައިގެންފި
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އަދާލަތު ޕާޓީ ދޫކުރައްވައި ވެރިކަންކުރާ މައި ޕާޓީ ކަމަށްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވައިފިއެވެ.