ހުޅުމާލޭ ނިރޮޅޫމަގުގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއް.. ވޮއިސް ފައިލް ފޮޓޯ
ހަބަރު
07 Sep 2026 | 17:49
އެޗްޕީއޭއިން އިރުޝާދު ދެނީ ހެލްމެޓް އަޅަން އާދަކުރުމަށް

ސައިކަލް ދުއްވާއިރު ހެލްމެޓްއަޅަން އާދަކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގައި އާއްމުގޮތެއްގައި ސައިކަލް ދުއްވާއިރު، ކަނޑައެޅޭ ވަކި ސަރަހައްދު ތަކެއް ފިޔަވައި އެހެން ތަންތަނުގައި ހެލްމެޓް އެޅުން އޮންނަނީ އިހްތިޔާރީ ކަމެއްގެ ގޮތުގައެވެ. އައްޑޫ ލިންކް ރޯޑްގެ ވަކި ސަރަހައްދެއްގައި ހެލްމެޓް އަލައިގެން ސައިކަލް ދުއްވުން ލާޒިމްކޮށްފައި އޮންނައިރު، ލާމު ލިންކް ރޯޑުގެ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ދުއްވެނީ ހެލްމެޓް އަޅައިގެންނެވެ. އަދި ސިނަމާލެ ބްރިޖާއި ހައިވޭގައި ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން ޖެހެއެވެ.

އެޗްޕީއޭއިން މިއަދު ކުރި ޕޯސްޓެއްގައި ވަނީ އާދަކޮށް ހެލްމެޓް އަލަންޖެހޭކަން ފާހަގަކޮށް އެކަމުގެ މުހިންމުކަން ބުނެދީފައެވެ. އެގޮތުން ހެލްމެޓް ބޭނުންކުރާއިރު ރައްކާތެރި ހެޔޮވަރު ހެލްމެޓް ބޭނުންކުރުމާއި ހެލްމެޓްގެ ކަމަރު ހެޔޮވަރުކޮށް ރަނގަޅަށް އެޅުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

އެޗްޕީއޭއިން ބުނީ ހެލްމެޓް ރަނގަޅުގޮތުގައި ބޭނުންކުރުމުން ސިކުނޑިއަށް ލިބިދާނެ ގެއްލުންތަކުގެ ނުރައްކާ 74 އިންސައްތައާ ހަމަޔަށް ކުޑަކޮށްދޭކަމަށެވެ.

ސިނަމާލެ ބްރިޖާއި ހައިވޭގެ އިތުރުން ހުޅުމާލެ ތެރޭގައިވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު އަންނަނީ ވަރަށްބޮޑަށް އިތުރުވަމުންނެވެ. މިފަހުން ހުޅުމާލޭގައި ނުރައްކާތެރި އެތައް އެކްސިޑެންޓްތަކެއް ވަނީ ހިނގާފައެވެ. އެގޮތުން ހިނގި އެކްސިޑެންޓެއްގައި ސައިކަލް ފަހަތުގައި އިން ކުޑަ ކުއްޖެއްގެ ފުރާނަ ގެއްލިފައިވާއިރު، ހުޅުމާލެ ތެރެއިން ހިނގި އެކި އެކްސިޑެންޓްތަކުގައި މީހުންނަށް އެކި ވަރުގެ ގެއްލުންތައް ލިބުނުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ބައެއް މީހުންގެ ސިކުނޑިއަށް ލޭ އެޅި ނުރައްކާތެރި ހާލަތަކަށް ދިޔަކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.