ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޢަބްދުލްމަޖީދު ޢަލީ
ހަބަރު
08 Sep 2026 | 12:53
ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކޮށް ގަވާއިދަށް ބަދަލު ގެނެސްފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު ނުވަޔަކަށް އިތުރުކޮށް، އެ އޮފީހުގެ ހިންގާ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

ޕެންޝަނާ ބެހޭ ގާނޫނާ އެއްގޮތަށް އެ އޮފީހުގެ މަސައްކަތްތައް ބަލަހައްޓަމުން ގެންދަނީ އެގްޒެކެޓިވް ބޯޑަކުން ކަމަށްވާއިރު، ކުރިން އަމަލުކުރަމުން އައި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ބޯޑުގައި ތިއްބަވަނީ ޖުމްލަ އަށް މެންބަރުންނެވެ.

ނަމަވެސް، އަލަށް ގެނައި ބަދަލާއެކު މިހާރު އެ ބޯޑުގައި ނޮން-އެގްޒެކެޓިވް ނުވަ މެންބަރުން ތިއްބަވާނެއެވެ.

އަލަށް ގެނެވުނު އިސްލާހުގެ ދަށުން ބޯޑު އެކުލެވިގެންވާ ގޮތަކީ:

- ބޯޑުގެ ޗެއާޕާސަން

- ދައުލަތުގެ މާލިއްޔަތާ ބެހޭ ވުޒާރާގެ ސިވިލް ސާވިސްގެ އިސް އޮފިޝަލެއް

- އިޖުތިމާއީ ރައްކާތެރިކަމާ ބެހޭ ވުޒާރާގެ ސިވިލް ސާވިސްގެ އިސް އޮފިޝަލެއް

- ވަޒީފާއާ ބެހޭ ކަންކަން ބަލަހައްޓާ ވުޒާރާގެ ސިވިލް ސާވިސްގެ އިސް އޮފިޝަލެއް

- ޕްރައިވެޓް ސެކްޓާ (އަމިއްލަ ދާއިރާ) ތަމްސީލުކުރާ ފަސް މެންބަރުން

މީގެ އިތުރުން، ޕެންޝަން އޮފީހުގެ ގަވަނަންސް ކޯޑަށް ގެނައި އިސްލާހާއެކު، ޕެންޝަން އޮފީހުގެ ދުވަހުން ދުވަހަށް ކުރާ ހިންގުމުގެ މަސައްކަތް ބަލަހައްޓާނީ، ސީއީއޯއެވެ. އަދި، އެ އޮފީހުގެ ސިޔާސަތުތަކާއި ނިންމުންތައް ތަންފީޒުކުރާނީ، ސީއީއޯގެ އިރުޝާދާއި ބެލުމުގެ ދަށުން މެނޭޖުމަންޓުންނެވެ.

ޕެންޝަނާ ބެހޭ ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މި ބަދަލު ގެނެސްފައިވާއިރު، މީގެ މައިގަނޑު ބޭނުމަކީ ޕެންޝަން އޮފީހުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އަމިއްލަ ދާއިރާގެ ބައިވެރިވުން އިތުރުކުރުމެވެ. މީގެ ކުރިން އަމިއްލަ ދާއިރާ ތަމްސީލުކުރާ މެންބަރުންގެ އަދަދަކީ ހަތަރެކެވެ. ނަމަވެސް މި ބަދަލާއެކު އެ އަދަދު މިހާރު ވަނީ ފަހަކަށް އިތުރުކުރެވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ހޫނުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިހްސާސް ކުރެވޭ ހޫނުމިން އިންތިހާއަށް މަތިވަމުންދާތީ، ހޫނުގެ ސަބަބުން ސިއްޙަތަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
08 Sep 2026
އަލިފާނުގެ ހާދިސާއާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތު ޔާމީނަށް އެނގިވަޑައިނުގަންނަވާ
އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން، އެމަނިކުފާނަށް އިތުރު އެއްވެސް މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
08 Sep 2026
އިންޑިއާގެ 175 އަހަރުވީ ފައްޅިއެއް ގަންގާ ކޯރުގެ ތެރެއަށް ފެތިއްޖެ
އިންޑިއާގެ ހުޅަނގު ބެންގާލްގެ މާލްދާ ޑިސްޓްރިކްޓަށް ކުރިމަތިވެފައިވާ ފެންބޮޑުވުމާއި ކޯރުގެ އައްސޭރިފަސް ގިރުމުގެ ހާދިސާތަކުގައި، ރަތުއާ ސަރަޙައްދުގައި ހުރި 175 އަހަރުވީ ޒަމާންވީ ފައްޅިއެއް އާދީއްތަ ދުވަހު ގަންގާ ކޯރުގެ ތެރެއަށް ވެއްޓި ފެތިއްޖެއެވެ.
08 Sep 2026
ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކޮށް ގަވާއިދަށް ބަދަލެއް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު ނުވަޔަކަށް އިތުރުކޮށް، އެ އޮފީހުގެ ހިންގާ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
08 Sep 2026
ރާއްޖޭގެ ޙާފިޡުންގެ ޢަދަދު 322 އަށް އަރައިފި
މި ވަގުތާ ހަމައަށް ރާއްޖޭގައި ކީރިތި ޤުރްއާން ހިތުދަސްކޮށްފައިވާ ޙާފިޡުންގެ ޖުމްލަ ޢަދަދު 322 އަށް އަރައިފައިވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އެ ޢަދަދު 500 އަށް އެރުވުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
08 Sep 2026
އެހެން މީހުންގެ އެޕާޓްމަންޓުތައް ކުއްޔަށް ދޭން އިޝްތިހާރުކޮށް، ފައިސާ ނަގަނީ
ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ދޭކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
08 Sep 2026
ފޯޅަވަހީގެ މައްސަލާގައި ރައީސްގެ ދައުވަތެއް އިނގިރޭސި ބޮޑުވަޒީރަށް
ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާބެހޭ މައްސަލައިގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ދަ ރައިޓް ހޮނަރަބަލް އެންޑީ ބާރންހަމްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ.
08 Sep 2026
ޝަހީރު އެމްޓީޑީސީގެ ޗެއާމަން ކަމަށް އައްޔަންކޮށްފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން ކަމުގެ މަގާމުން ދާދިފަހުން ވަކިކުރި އަހުމަދު ޝަހީރު ‏މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑްގެ ޗެއަރމަންކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އައްޔަނުކޮށްފިއެވެ.