ހޫނުގަދަ ދުވަހެއް-
ހަބަރު
08 Sep 2026 | 14:25
އިހްސާސް ކުރެވޭ ހޫނުމިން މަތިވެ، ހޫނުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިހްސާސް ކުރެވޭ ހޫނުމިން އިންތިހާއަށް މަތިވަމުންދާތީ، ހޫނުގެ ސަބަބުން ސިއްޙަތަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މޫސުމީ ރެކޯޑުތަކަށް ބަލާއިރު މި ދުވަސްވަރު އިހްސާސް ކުރެވޭ ހޫނުމިން އެންމެ މައްޗަށް ގޮސްފައިވަނީ ވެރިރަށް ކ. މާލެ އަދި ހދ. ހަނިމާދޫގައެވެ. އެގޮތުން މާލޭގައި އިހްސާސް ކުރެވޭ ހޫނުމިން 38.6 ޑިގްރީ ސެލްސިއަސް އަށް އަރާފައިވާއިރު، ހަނިމާދޫގައި އިހްސާސް ކުރެވޭ ހޫނުމިން ވަނީ 38 ޑިގްރީ ސެލްސިއަސް އަށް އަރާފައެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، ގަދަ ހޫނުގެ ސަބަބުން ކުރު މުއްދަތުގައި ސިއްޙަތަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިވެދާނެއެވެ. އޭގެ ތެރޭގައި ލޯ ދުޅަވެ ދިލަނެގުން، މާބޮޑަށް ވަރުބަލިވެ ގައިން ވަރުދޫވުން، ޑީހައިޑްރޭޓްވުން (ހަށިގަނޑުން ފެން މަދުވުން)، މަސްތަކުގައި ވާންވެ ރިއްސުން، ބޮލުގައި ރިއްސުމާއި އެނބުރުން އެރުން އަދި ހޫނުވުމުގެ ސަބަބުން ހަމުގައި ބިހިނެގުން ހިމެނެއެވެ.

މީގެ އިތުރުން، ހޫނުގަދަވުމުގެ ސަބަބުން ސިއްޙަތަށް ނުރައްކާތެރި ހާލަތްތައް ކުރިމަތިވެދާނެ ކަމަށް އެ އެޖެންސީން ބުނެއެވެ. އެގޮތުން ހީޓް އެގްޒޯސްޝަން، ހީޓް ސްޓްރޯކް، ހޭނެތުން ނުވަތަ ވާނުވާ ނޭނގޭ ހާލަތަށް ދިއުމުގެ އިތުރުން ހިތާއި ފުއްޕާމޭ އަދި ކިޑްނީގެ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ ހާލަތު އިތުރަށް ގޯސްވުން ހިމެނެއެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ލަސްނުކޮށް ކުއްލި ފަރުވާ ހޯދުމަށް ވަނީ އިރުޝާދު ދީފައެވެ.

ހީޓް ސްޓްރޯކް ޖެހުމުގެ އަލާމާތްތައް

ވާނުވާ ނޭނގުން ނުވަތަ ހޭނެތުން

ހަށިގަނޑުގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދިއުން

ހަންގަނޑު ރަތްވެ، ހޫނުވުން (ހަންގަނޑު ހިކިފައި ނުވަތަ ދަލުން ތެމިފައި ހުރުން)

ވިންދު އަވަސްވުން

ހީޓް އެގްޒޯސްޝަންގެ އަލާމާތެއް ފެނިއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައް

އަވަހަށް ހިޔާވާ ތަނަކަށް ބަދަލުވުން.

ލައިގެން ހުރި އަންނައުނު ދޫކޮށްލުން.

ހަށިގަނޑުގައި ފިނިފެން އުނގުޅައި ފިނިކުރުން.

ހޭހުރިނަމަ ބޯން ފެން ދިނުން. (ހާލަތު ގޯސްވާނަމަ އަވަހަށް ޑޮކްޓަރީ ފަރުވާ ހޯދުން)

ހީޓް ސްޓްރޯކެއް ޖެހިއްޖެނަމަ އަޅަންޖެހޭ ކުއްލި ފިޔަވަޅުތައް

ލަސްނުކޮށް އެމަޖެންސީ ޚިދުމަތްތަކަށް ގުޅައި އެހީތެރިކަން ހޯދުން.

ވަގުތުން އެމީހަކު ހިޔާ ދިމާލަކަށް ނުވަތަ އޭސީ ކޮށްފައިވާ ތަނަކަށް ގެންދިއުން.

ހަށިގަނޑު ފިނިކުރުމަށްޓަކައި އިތުރު އަންނައުނުތައް ބޭލުން ނުވަތަ ދޫކުރުން.

ތެތް، ފިނި ފޮތިގަނޑެއް ނުވަތަ ތުވާއްޔެއް ހަށިގަނޑުގައި އެޅުން.

އަނގައިގެ މަގުން އެއްވެސް އެއްޗެއް ބޯން ނުދިނުން.

ބަލިމީހާގެ ހާލަތަށް ވަރަށް ބޮޑަށް ސަމާލުވެ، ހާލަތު ރަނގަޅުވޭތޯ ނުވަތަ ގޯސްވޭތޯ ބެލުން.

މި ދުވަސްވަރު އަވީގައި ގިނަވަގުތު ނޫޅުމަށާއި، ގިނައިން ފެން ބުއިމަށާއި، ހޫނުން ރައްކާތެރިވުމަށް ސިއްޙީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.