ގައުމީ އިންޖިނިއަރުން ދުވަހާއި ގުޅިގެން މިރޭ ބޭއްވި "އިންޖިނިއަރސް އެވޯޑް 2026" ގައި އެންމެ ގިނަ އެވޯޑާއެކު ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެެއް ލިބިއްޖެ އެވެ.
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
އެގޮތުން ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑާއި ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް ވަނީ ލިބިފަ އެވެ. ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް ލިބުނީ ހދ. ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ، 100% އަވިން ހަކަތަ އުފައްދައިގެން ހިންގާ، ތިމާވެއްޓަށް ގެއްލުންދޭ ވިހަ ގޭސްތައް ބޭރުނުކުރާ (ޒީރޯ އެމިޝަން) ފެން އުފައްދާ ނިޒާމަށެވެ.
އިންޖިނިއާސް އެވޯޑްސް ހަފްލާގައި އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ވަނީ ބޮޑު ޝަރަފެއް ލިބިފައި
އަދި ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް ލިބުނީ ރ. ދުވާފަރުގައި ގާއިމްކޮށްފައިވާ އިންޓެގްރޭޓަޑް ޔުޓިލިޓީ ސަރވިސް މޮޑެލްއަށެވެ. ދުވާފަރުގެ މި މޮޑެލްއަކީ ބޯފެން އުފައްދައި ފޯރުކޮށްދިނުން، ނަރުދަމާގެ ނިޒާމު، ކުނި މެނޭޖުކުރުން،ކަރަންޓުގެ ޙިދުމަތް، ވާރޭފެން ރައްކާކުރުން އަދި އިއާދަކުރަނިވި ހަކަތައިގެ ހައްލުތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭ މޮޑެލެކެވެ.
އިންޖިނިއާސް އެވޯޑްސް ހަފްލާގައި އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ވަނީ ބޮޑު ޝަރަފެއް ލިބިފައި
މީގެ އިތުރުން، އިންޑިވިޖުއަލް ކެޓަގަރީން، އެމްޑަބްލިއުއެސްސީގެ ރިސްކް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ، ޑރ. ފުރުޤާން އިބްރާހީމަށް ވަނީ “އިންޖިނިއާ އޮފް ދަ އިޔާ އެވޯޑު” އަދި “އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާރޗް އެވޯޑު” ލިބިފަ އެވެ.
އިންޖިނިއާސް އެވޯޑްސް ހަފްލާގައި އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ވަނީ ބޮޑު ޝަރަފެއް ލިބިފައި
އެމްޑަބްލިއުއެސްސީން ބުނީ މިއީ ކުންފުންޏާއި ކުންފުނީގެ ހުރިހާ މުވައްޒަފުކަށް ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ. މިއާއެކު މިއަހަރު އެންމެ ގިނަ އެވޯޑު ހޯދި ކުންފުނީގެ ޝަރަފު ފެން ކުންފުނިން ވަނީ ހޯދިފައެވެ.
އެ ކުންފުނިން ބުނީ މި ކާމިޔާބީތަކުން ދައްކުވައިދެނީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އިންޖިނިއަރިން ޙައްލުތައް ހޯދުމަށާއި، އައު އީޖާދުތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން މުޖުތަމަޢުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އެހީތެރިވުމަށް އެމްޑަބްލިޔުއެސްސީއިން ދޭ އަހައްމިއްޔަތު ކަމަށެވެ. ހަމައެހެންމެ، މިއީ ފެނާއި ނަރުދަމާގެ ދާއިރާ ހަރުދަނާކުރުމަށް މިކުންފުނީގެ އިންޖިނިއަރުންނާއި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތާއި ފަންނީ ގާބިލުކަން ހާމަވެގެންދިޔަ ކަމެއް ކަމަށް ވެސް ބުންޏެވެ.
އިންޖިނިއާސް އެވޯޑްސް ހަފްލާގައި އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ވަނީ ބޮޑު ޝަރަފެއް ލިބިފައި
އެމްޑަބްލިޔުއެސްސީގެ މައިގަނޑު އަމާޒަކީ އިންޖިނިއަރިންގެ ދާއިރާއިން މަތީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމާއެކު، ދިރާސާތަކާއި އީޖާދީ މަސައްކަތްތަކަށް އިންވެސްޓްކޮށް، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުން ކަމުގައި އެ ކުންފުނިން ބުނެ އެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކޮށްދިނުމުގައި ދެމިތިބުމައް ކުރަމުން އަންނަ މަސައްކަތްތަކުގެ މުހިންމު ބައެއް ކަމަށް ވެސް ބުންޏެވެ.
އެ ކުންފުނިން ވަނީ ޑރ. ފުރުޤާން އިބްރާހީމް ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާފަ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists