ރައީސް މުޢިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
11 Sep 2026 | 10:08
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ކަމަށެވެ.

މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި، މި ދަތުރުފުޅުގައި މެލޭޝިއާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. މި ވާހަކަފުޅުތަކުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެއެވެ.

މީގެއިތުރުން، މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދު ގެ އިތުރުން، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ބޮޑުވަޒީރުގެ އަރިހަށް ވަކިވަކިން އިޙްތިރާމުގެ ޒިޔާރަތްތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 58 އަހަރު ފުރިފައިވާއިރު، ދެ ޤައުމުގެ ދެމެދުގައި އަދި ދެ ޤައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމާއި، މަތީ ފަންތީގެ ބައްދަލުވުންތަކުގެ އިތުރުން ތަރައްޤީގެ އެކި ދާއިރާތަކުން ދެމިގެންވާ ގާތް ރަޙްމަތްތެރިކަމެއް ވަނީ ޤާއިމުކުރެވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
11 Sep 2026
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ކަމަށެވެ.
11 Sep 2026
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން ފަށައިފި
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފިއެވެ.
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.