އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ އަޑުގެ ރޭގެ އެޕިސޯޑުގައި މީހަކު ވަނީ ގެދޮރު އެޅުމަށް ލޯނު ނަގާއިރު އިކުއިޓީގެ ގޮތުގައި ގިނަ ފައިސާ ބަހައްޓަންޖެހޭކަބް ފާހަގަކޮށްފައެވެ. އަދި، އެ އަދަދަށް ފައިސާ ހަމަނުވެ، ލޯނު ނުނެގޭތީ އެކަމާވެސް ކަންބޮޑުވުންފާޅުކުރި އެވެ.
އެ ކަމާގުޅިގެން ރައީސް ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށް ބައެއް ދަތިތައް ހުރި ނަމަވެސް ހައްލު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.
އަޅުގަނޑުމެން އެބަ ބަލަން އިކުއިޓީ ޕޭމަންޓް ދެއްކޭ ކަހަލަ ސިސްޓަމެއް ހެދޭތޯ. އެންމެ ގިނަ މީހުންނަށް ބޭނުންވާނީ އެކަން. އެކަމަކު ވަރަށް ގިނަ މީހުން، ޚާއްސަކޮށް މާލެ ސަރަހައްދުގެ ގިނަ މީހުން ބޭނުންވާ ކަމެއްވީމާ ވަގުތު ނަގަނީ. ވަރަށް ބައިވަރު ފަންޑިން އެކަމަށް ބޭނުންވާތީ. އެހެންނަމަވެސް އެކަން އެބަ ކުރިއަށްދޭ
ރައީސް މުޢިއްޒު
މީގެ އިތުރުން ފޭސް 3 ގެ ފެނާއި ނަރުދަމާއާއި މަގު ހެދުމުގެ މަސައްކަތް ލަސްވުމުގެ ސަބަބުން އިމާރާތް ކުރުމުގައި ދަތިކަން ހުރިކަންވެސް ފާހަގަކުރުމުން ރައީސް ވަނީ އެކަން ލަސްވާތީ ދަތިތައް ދިމާވާނެކަން ގަބޫލުކުރައްވާ ކަމަށެވެ.
އެހެންކަމުން މަސައްކަތް އަވަސް ކުރުމަށް އެޗްޑީސީން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists