އާސެނަލް އާއި ސަންޑަލޭންޑް ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: އާސެނަލް
ކުޅިވަރު
13 Sep 2026 | 13:56
ސަންޑަލޭންޑް ބަލިކޮށް، އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ސަންޑަލޭންޑް ބަލިކޮށް މޮޅުވުމުގެ ސިލްސިލާ އާސެނަލުން ދަމަހައްޓައިފިއެވެ.

ސަންޑަލޭންޑްގެ ދަނޑުގައި ކުޅުނު މިމެޗް އާސެނަލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއިންނެވެ. މެޗްގައި އާސެނަލަށް ގޯލް ހުޅުވާލަދިނީ، 58 ވަނަ މިނެޓް ތެރޭގައި ބްރޫނޯ ގިމަރޭސް އެވެ. މިއީ އޭނާ އާސެނަލަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ. އޭގެ ކުރިން ސަންޑަލޭންޑަށް ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. އެއީ އާސެނަލްގެ އެޒްރީ ކޮންސާ، ސަންޑަލަންޑްގެ ޑެން ބަލާޑް ހިފެހެއްޓުމާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީ އެކެވެ. ނަމަވެސް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މި ޕެނަލްޓީ ދިފާއުކޮށްފައެވެ.

މެޗުގެ ފަހުކޮޅު ސަންޑަލަންޑުން ނަތީޖާ ހަމަހަމަކުރުމަށް ވަރުގަދަ ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް، އާސެނަލްގެ ކީޕަރު ރާޔާ ވަނީ ނޯޑީ މުކިއޭލޭ ފޮނުވާލި ނުރައްކާތެރި އެ ހަމަލާއެއް ދިފާއުކޮށްފައެވެ. އާސެނަލުން މެޗުގެ ނަތީޖާ ކަށަވަރުކުރީ އިތުރު ވަގުތުގެ ތެރޭގައި ބުކާޔޯ ސަކާ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މި ޕެނަލްޓީއަކީ ރެއިނިލްޑޯ މަންޑާވާ، ސަކާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މި ފައުލާ ގުޅިގެން ރެއިނިލްޑޯއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.