ޕީޖީއަށް ޗައިނާއިން މަރުހަބާ ދެންނެވުން- ފޮޓޯ/ ޕީޖީ އޮފީސް
ހަބަރު
14 Sep 2026 | 12:51
ޕީޖީ ޢައްބާސް ޝަރީފް ޗައިނާއަށް; މުުހިންމު އެއްބަސްވުމެއްގައި ސޮއިކުރައްވާނެ

ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕްރޮސެކިއުޓަރ ޖެނެރަލް (ރިޓަޔަޑް) އުސްތާޛު ޢައްބާސް ޝަރީފް މިއަދު ވަފުދަކާ އެކު ޗައިނާގެ ވެރިރަށް ބެއިޖިންގަށް ވަޑައިގެންފިއެވެ.

ޕީޖީ ޢައްބާސް ޝަރީފާއި ވަފުދުގެ ބޭފުޅުންނަށް ބެއިޖިންގް އެއާޕޯޓުން މަރުޙަބާ ދެންނެވީ ޗައިނާގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ޝީ ވެއިޒޮންގެވެ.

ޕީޖީ އޮފީހުން ބުނީ، މި ދަތުރުފުޅުގައި ޗައިނާގެ ޕްރޮސެކިއުޓަރ ޖެނެރަލް ޔިންގް ޔޮންގާ ޕީޖީ ޢައްބާސް ޝަރީފް ބައްދަލުކުރައްވައި ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓާއި ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ބެއިޖިންގް މުނިސިޕަލް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ޗީފް ޕްރޮސެކިއުޓަރ ޒޫ ޔާޕިންގާއި ޝާންޒީ ޕްރޮވިންޝަލް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ޗީފް ޕްރޮސެކިއުޓަރ ވެންގް ޒޫގުއާންގާ ވެސް ޕީޖީ ބައްދަލުކުރައްވާ ގޮތަށް ރޭވިފައިވާ ކަމަށްވެސް ބުންޏެވެ.

ޕީޖީގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަޙުމޫދު ސަލީމާއި، ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ޢާއިޝަތު މުޙައްމަދާއި، ޑައިރެކްޓަރ ޖެނެރަލް އާމިނަތު ވަޙީދާއާއި، ޑައިރެކްޓަރ މީޑިއާ އެންޑް ޕަބްލިކް ޕްރޮސެކިއުޓަރ އަޙުމަދު ޝަފީޢުއާއި، ޑައިރެކްޓަރ އިވެންޓްސް އެންޑް ޕަބްލިކް ޕްރޮސެކިއުޓަރ ސުލްޠޯނާ އާދަމެވެ.

ޕީޖީ ޢައްބާސް ޝަރީފްގެ ރަސްމީ ދަތުރުފުޅު ނިމުމަކަށް އަންނާނީ 18 ސެޕްޓެމްބަރު 2026 ގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.